15 ނޮވެމްބަރ 2016
މިދިިޔަ އާދިއްތަ ދުވަހުގެ ރޭ އިސްލާމިކް ޔުނިވަސިޓީ ކައިރީގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، އޭނާއަށް ފަރުވާ ދެމުން އަންނަ އޭޑީކޭ އިން ބުނެފި އެވެ.
މިދިިޔަ އާދިއްތަ ދުވަހުގެ ރޭ އިސްލާމިކް ޔުނިވަސިޓީ ކައިރީގައި ހިންގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ސީރިއަސް ޒަހަމްތަކެއް ލިބުނު ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް، އޭނާއަށް ފަރުވާ ދެމުން އަންނަ އޭޑީކޭ އިން ބުނެފި އެވެ.
އެ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް މިއަދު ވިދާޅުވީ 18 އަހަރުގެ އެ ޒުވާނާ އަށް ހަމަލާދީފައިވަނީ ބޮލަށް ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ސީރިއަސް ކަމަށެވެ. އެކަމަކު ފަހުން އޭނާ އޮޕަރޭޝަންކޮށް، އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށް އަފްއާލް ވިދާޅުވި އެވެ.
އެ ޒުވާނާ ހޮސްޕިޓަލަށް ގެންދިޔައިރު އޭނާގެ ހޭ ވެސް ނެތް ކަމަށް ވެ އެވެ.
އޭޑީކޭ އިން ބުނީ ޒުވާނާގެ ހޭ މިހާރު އަރާފައިވާއިރު ފުރާނަ އަށް ނުރައްކާވާ ވަރަށް ހާލު ސީރިއަސް ނޫން ކަމަށެވެ.
"މަޑުމަޑުން އޭނާގެ ހާލު އަންނަނީ ރަނގަޅުވަމުން،" ލިބިފައިވާ ޒަހަމްތަކުގެ ތަފްސީލު ނުދެއްވައި، އަފްއާލް ވިދާޅުވި އެވެ.
މި މާރާމާރީއާ ގުޅިގެން 20 މީހަކު ހައްޔަރު ކުރި ނަމަވެސް، ތަހުގީގަށް ބޭނުންވާ މައުލޫމާތު ނެގުމަށް ފަހު ޖެހިގެން އައި ދުވަހު އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.
މަރުތޭލާއި ތޫނު ހަތިޔާރު ބޭނުން ކޮށްގެން މިދިޔަ ހަފުތާގައި ވެސް މާރާމާރީ ހިންގައި ދެ މީހަކު ވަނީ ޒަހަމްކޮށްލައިފަ އެވެ. އަދި މި ދެ މާރާމާރީއާ ގުޅިގެން ފަންސާހަކަށް މީހުން ހައްޔަރު ކުރި ނަމަވެސް އެ އެންމެން މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
މާލޭގައި މި ފަހަކަށް އައިސް މާރާމާރީތައް އިތުރުވެ، ގިނަ ބަޔަކު ހައްޔަރު ކުރި ނަމަވެސް އެއީ ގޭންގުތަކުން ހިންގާ މާރާމާރީތަކެއް ކަމެއް ބުނަން އަދި އަވަސް ކަމަށް ފުލުސް އޮފީހުން އިއްޔެ ވަނީ ބުނެފަ އެވެ.
ވަޅި ހެރުމުން ޒަހަމްވި ޒުވާނާގެ ހާލު އަދިވެސް ސީރިއަސް
މާރާމާރީގައި ޒަހަމްވި ދެ ޒުވާނުން ސީރިއަސް ހާލަތެއްގައި
މާލޭގައި ރޭ ޒަހަމްކޮށްލި ޒުވާނާ ސީރިއަސް ހާލަތުގައި
މާލޭގައި ވަޅި ހަރައި މީހަކު ޒަހަމްކޮށްލައިފި
ރަށުތެރޭގައި ހެލްމެޓް އަޅާ މީހުން ހުއްޓުވައި ފާސްކުރަނީ
ވަޅި ހަރައި ޒަހަމްކޮށްލި މީހާ އޮތީ ވެންޓިލޭޓަރުގައި
މާރާމާރީއެއްގައި މީހެއްގެ ބަނޑަށް ވަޅި ހަރައިފި
ވަޅި ހެރި މައްސަލާގައި މީހަކު ހައްޔަރެއް ނުކުރޭ
ވަޅި ހަރައި ޒަހަމްކޮށްލި ޒުވާނާ އަދިވެސް ހޭނާރާ
މާލޭގައި ދެ މާރާމާރީ؛ ތޫނު އެއްޗަކުން ވެސް ހަމަލާދިން