08 އެޕްރީލް 2021
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޕޯޓޯ އަތުން 2-0 އިން ޗެލްސީ ރަށުން ބޭރުގައި މޮޅުވުމުން، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.
ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ޕޯޓޯ އަތުން 2-0 އިން ޗެލްސީ ރަށުން ބޭރުގައި މޮޅުވުމުން، އެ ޓީމުގެ ކޯޗު ތޯމަސް ޓުޗެލް އަށް ވަނީ ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.
ޗެލްސީ މި މެޗަށް ނުކުތުމުގެ ކުރިން އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވެސްޓް ބްރޮމް އަތުން 5-2 އިން ޗެލްސީ ވަނީ ބަލިވެފަ އެވެ. މިއީ ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ބަލިވި ފުރަތަމަ މެޗެވެ.
ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ އަށް ލަނޑު ޖަހައިދިނީ މޭސަން މައުންޓާއި ބެން ޗިލްވެލް އެވެ. މިއީ މި ދެ ކުޅުންތެރިން ޗެމްޕިއަންސް ލީގުގައި ލަނޑު ޖެހި ފުރަތަމަ ފަހަރެވެ.
މި މެޗުގެ ނަތީޖާއާއެކު، ޗެލްސީ އަށް ވަނީ ހަތް އަހަރުގެ ތެރޭގައި ފުރަތަަމަ ފަހަރަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ޖާގައެއް ލިބުމުގެ ފުރުސަތު ބޮޑުވެފަ އެވެ.
"އަހަންނަށް ވަރަށް ބޮޑު ޔަގީންކަމެއް އޮތް މި މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެކަމާމެދު،" ޓުޗެލް ބުންޏެވެ. " އެ މެޗަށް ފަހު (ވެސްޓް ބްރޮމް މެޗު) ކުޅުންތެރިން ރަނގަޅު ކުޅުމެއް ދައްކާނެކަން އަހަންނަށް އެނގޭ."
ޓުޗެލް ބުނީ ވެސްޓް ބްރޮމް އަތުން ބަލިވި މެޗަށް ފަހު، ރޭގެ މެޗުން ޗެލްސީން ހޯދީ ވަރަށް މުހިންމު ނަތީޖާއެއް ކަމަށެވެ. އަދި ޕޯޓޯ ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށް އޭނާ ބުންޏެވެ.
ސަޕޯޓަރުންނާ އެއްގޮތަށް އަހަރެމެނަށް ވެސް ތަކުލީފު ބޮޑު
ޔުވެންޓަސް ކަޓުވާލުމަށް ފަހު ވިޔަރެއާލް ކުއާޓާ އަށް
ސިޓީ ބަލިކޮށް، ޗެލްސީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފި
ޗެލްސީގައި އަނިޔާގެ މައްސަލައެއް ނެތް: ޓުޗެލް
ޗެލްސީ ސެމީ އަށް
ޓުޗެލްގެ އަމާޒު ތައްޓަށް
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ހެޓްރިކް ހީރޯ މަޑުއޭކޭ މަޖުބޫރުވުމުން މައާފަށް އެދިއްޖެ
ޗެލްސީގެ ހުށަހެޅުން ދޫކޮށްލައި އޮމޯޑިއޮން ޕޯޓޯ އަށް
އެތުލެޓިކޯ އާއި ޗެލްސީގެ ނިމުމެއް ނެތް މަޝްވަރާތަކެއް