08 އެޕްރީލް 2021
މިރުހުގެ އަގު ރޯދަ މަހު ކޮންޓްރޯލްކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏަސް ދަތުރުވެރިންގެ މާރުކޭޓުގައި އަގު ކޮންޓްރޯލްނުވާނެ ކަމަށް އެ ތަނުގައި ވިޔަފާރިކުރާ ބައެއް މީހުން ބުނެފި އެވެ.
މިރުހުގެ އަގު ރޯދަ މަހު ކޮންޓްރޯލްކުރަން ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް ބުންޏަސް ދަތުރުވެރިންގެ މާރުކޭޓުގައި އަގު ކޮންޓްރޯލްނުވާނެ ކަމަށް އެ ތަނުގައި ވިޔަފާރިކުރާ ބައެއް މީހުން ބުނެފި އެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީގެ ތަރުޖަމާނު މަބްރޫކު އަޒީޒު ވިދާޅުވީ ކާއްޓާއި މިރުހުގެ އަގު މައްޗަށް ދިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން، ދަނޑުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރުން އުފެއްދި ކުންފުނި، އެގްރޯ ނެޓުން 363 ދަނޑުވެރިޔަކާ އެކު، އަގު ހިފެހެއްޓުމަށްޓަކައި އެއްބަސްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ދަނޑުވެރިން އުފައްދާ ތަކެތި އެންމެ ފުޅާ ދާއިރާއެއްގައި ވިއްކާ މާރުކޭޓުގެ ވިޔަފާރިންގެ ހިޔާލު ސަރުކާރާ ތަފާތެވެ. ދަތުރުވެރިންގެ މާރުކޭޓުގައި ވިޔަފާރިކުރާ މީހަކު ބުނީ ދަނޑުވެރިން މާރުކޭޓުގެ ގޮޅިތަކަށް މިރުސް ވިއްކަނީ ތަފާތު އަގުތަކުގައި ކަމަށެވެ. އެހެންވެ ފައިދާއެއް ލުމަށް ފަހު މާރުކޭޓުން ވިއްކާނެ އަގު ކަނޑައަޅާނީ އެ މީހުން އަމިއްލައަށް ކަމަށާއި އެކަމާ ސަރުކާރަށް ބުނެވޭނެ އެއްޗެއް ނޯންނާނެ ކަމަށް އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ސަރުކާރުގެ މިހާރުގެ ޕްލޭނުގެ ދަށުން އަގު ކޮންޓްރޯލް ކުރެވޭނީ ހަމައެކަނި އެގްރޯ ނެޓު މެދުވެރިކޮށް ވިއްކާ ތަކެތިން އެކަންޏެވެ.
"މިހާރު ބަލައިލައި ފިޔާ އަލުވި ފަދަ ތަކެއްޗަށް ވެސް. އެސްޓީއޯ މެދުވެރިކޮށް އަގު ކޮންޓްރޯލްކުރަން ސަރުކާރުން އުޅޭ. އެކަމަކު ފިހާރަތަކުގެ އަގު ކޮންޓްރޯލް ކުރެވޭތޯ؟ ހަމަ އެގޮތަށް މިރުހުގެ އަގު ވެސް ކޮންޓްރޯލެއް ނުކުރެވޭނެ،" ވިޔަފަރިވެރިޔާ ބުންޏެވެ.
އެތަނުގައި ވިޔަފާރި ކުރާ އެހެން މީހަކު ބުނީ މި ދުވަސްވަރު މިރުހުގެ އަގު އެއް ހަމައެއްގައި ހުއްޓަސް ކުރިއަށް އޮތް ދެތިން ހަފުތާއެއްގެ ތެރޭގައި އަގު އުފުލޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެއީ މިހާރު މިރުސް ލިބުމުގައި ދަތިތަކާ ދިމާވާތީ ކަމަށް އޭނާ ބުންޏެވެ.
"ރޯދައިގެ ހަ މަސް ކުރިން ވަރަށް ތިޔާގިކޮށް މިރުސް ލިބެމުން އައީ. އެހެންވެ އެހާ އަގުހެޔޮކޮށް ވިއްކަމުން އައީ. އެކަމަކު މިހާރު ދަތި އެބަވޭ އަނެއްކާ ވެސް. އެހެންވެ އަގު ބޮޑުވާނެއޭ ބުނެވޭނީ. ސަރުކާރުން ނިންމިއަސް ގެއްލުމުގައި އަޅުގަނޑުމެންނަށް ވިޔަފާރިއެއް ނުކުރެވޭނެއެއްނު،" އޭނާ ބުންޏެވެ.
މިވަގުތު ބާޒާރުގައި މިރުސް ކިލޯއެއްގެ އަގުު އުޅެނީ 200ރ. އާއި 400ރ. އާ ދެމެދުގަ އެވެ. އަދި 100 ގްރާމް އުޅެނީ 35ރ. އާއި 40 އާ ދެމެދުގަ އެވެ. މީގެ ތެރެއިން ރޯދަ މަހު އެންމެ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަނޑޫދޫ މިރުސް ހުރީ 100 ގްރާމް 40ރ. އަށެވެ.
ދުވަހަކު ނުވާ ވަރަށް ކަނޑޫދޫ މިރުސް އަގު ހެޔޮވެއްޖެ
ކަނޑޫދޫ މިރުސް މިފަހަރު ވަރަށް އަގުހެޔޮ!
ކަނޑޫދޫ މިރުސް ދެ ގުނަ އަގުބޮޑުކޮށް!
އަގުބޮޑު ކަނޑޫދޫ މިރުސް ސޭލް އަޅުވާފައި!
12ރ. އަށް ލިބުނު ކަރާ މިހާރު 25ރ. އަށް!
ހީކުރި ގޮތާ ޚިލާފަށް އަގު ހެޔޮ ރޯދަމަހެއް!
މާދަމާ ރޯދަ، ބާޒާރުގެ އަގުތައް ހުރީ ކިހިނެއް؟
ތާށިވި ބޯޓުގައި ރޯދަ އަށް ގެންނަ ބައިވަރު މުދާ ހިމެނޭ
ރޯދަ މަހު ރަސްމީ މަސައްކަތު ގަޑިއަކީ 9 އިން 1 އަށް
ތަރުކާރީ/މޭވާގެ ވިޔަފާރިތައް ރަޖިސްޓަރީ ކުރުން ލާޒިމް