09 އެޕްރީލް 2021
އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމު އަދާކުރި ހަމައެކަނި އަންހެނާ ގޯލްޑާ މިއާގެ ވާހަކަ ކިޔައިދޭ ފިލްމެއްގައި އޭނާގެ ރޯލު ކުޅެން ހޮލީވުޑްގެ މަޝްހޫރު ބަތަލާ ހެލެން މިރެން ސޮއިކޮށްފި އެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ މަގާމު އަދާކުރި ހަމައެކަނި އަންހެނާ ގޯލްޑާ މިއާގެ ވާހަކަ ކިޔައިދޭ ފިލްމެއްގައި އޭނާގެ ރޯލު ކުޅެން ހޮލީވުޑްގެ މަޝްހޫރު ބަތަލާ ހެލެން މިރެން ސޮއިކޮށްފި އެވެ.
ހޮލީވުޑް ރިޕޯޓާ އިން ބުނި ގޮތުގައި "ގޯލްޑާ" ގެ ނަން ދީފައިވާ މި ފިލްމަކީ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އިޒްރޭލުގެ ޑައިރެކްޓަރު ގައި ނެޓިވް، 47، ޑައިރެކްޓްކުރާ ފިލްމެކެވެ. އޭނާ ކުރިން ގެނެސްދީފައިވާ ފިލްމުތަކުގެ ތެރޭގައި "ސްޓްރޭންޖާޒް" އާއި "މެބުލް" އާއި "މެޖިކް މެން" އަދި "ސްކިން" ހިމެނެ އެވެ.
"ފްލޮރެންސް ފޯސްޓާ ޖެންކިންސް" އާއި "ދަ ޑަޗެސް" ފަދަ އުފެއްދުންތައް ގެނެސްދިން މައިކަލް ކޫން ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ "ގޯލްޑާ" މައިގަނޑު ޕްލޮޓް އެނބުރޭނީ 1973 ގައި ހިނގި ޔޮމް ކިޕޫރް ހަނގުރާމައިގެ ދުވަސްވަރު ގޯލްޑާ އަދާކުރި ދައުރަށެވެ.
އިޒުރޭލުގެ ހަތަރު ވަނަ ބޮޑުވަޒީރުގެ މަގާމު އަދާކުރި ގޯލްޑާ އެ މަގާމު ފުރީ 1969-1974 އަށެވެ. އޭނާ ވަނީ 1978 ގައި މަރުވެފަ އެވެ.
މި އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ޝޫޓިން ފަށަން ތައްޔާރީތައް ވަމުން އަންނަ "ގޯލްޑާ" ގެ ސްކްރީންޕްލޭ ލިޔުނީ ނިކޮލަސް މާޓިން އެވެ.
މި ފިލްމަށް މިރެން، 75، ސޮއިކުރި އިރު އޮސްކާ އެވޯޑް ވެސް ހާސިލުކޮށްފައިވާ ހުނަރުވެރި ބަތަލާގެ ކުރިއަށް އޮތް ފިލްމަކީ ޖޫންގައި ގެނެސްދޭ ފާސްޓް އެންޑް ފިއުރިއަސް ސީރީޒްގެ ނުވަ ވަނަ ފިލްމު "އެފް9" އެވެ.
މިރެން މިހާރު އަންނަނީ "ވައިޓް ބާޑް: އަ ވޮންޑަ ސްޓޯރީ" ކިޔާ ހަނގުރާމަ ފިލްމެއްގެ މަސައްކަތްކުރަމުންނެވެ.
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ޖެނިފާ އެނިސްޓަންއާ ވައްތަރު މީހެއް
ފަލަސްތީނުގެ ދިފާއުގައި އެންޑްރޫ ވާހަކަދައްކައިފި
"ސްކްރީމް 7"ގެ އެކްޓްރެސް މަސައްކަތުން ދުރުކޮށްފި
ޓޮމް ކްރޫޒް އެކްޓިން ދޫކޮށްލާކަށް ބޭނުމެއް ނުވޭ
ރީސްގެ ދަރިފުޅު ވެސް އެކްޓިން އަށް
ސާންޑްރާ ބުލޮކް އެކްޓިން އާ ދުރަށް
"ފާސްޓް 10" ގައި ޖޭސަން މޮމޯއާ ފެންނާނެ
މާވެލްގެ "މޫން ނައިޓް" ގެ އެކްޓަރަކު މަރުވެއްޖެ
"ޕެރަސައިޓް" ގެ ޑައިރެކްޓަރާ އެކު ޕެޓިންސަން