08 އެޕްރީލް 2021
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރު ކަމާއި އެހެން ދާއިރާތަކުން 1،000 ގޮނޑި އެމްޑީޕީ ކާމިޔާބުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީގެ މޭޔަރު ކަމާއި އެހެން ދާއިރާތަކުން 1،000 ގޮނޑި އެމްޑީޕީ ކާމިޔާބުކުރާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ކައުންސިލް އިންތިހާބަށް އެމްޑީޕީން ކުރިޔަށް ގެންދާ "ރަށްވެހި ފަތިސް" ކެމްޕެއިން ނިންމާލުމަށް އެމްޑީޕީގެ މެންބަރުންނާ އެކު އއ. ރަސްދު އަށް ހުޅުމާލޭން ފުރާވަޑައިގަތުމުގެ ކުރިން ނަޝީދު ވިދާޅުވީ މިފަހަރުގެ ކައުންސިލް އިންތިހާބުގެ ކަންކަން ދިގުދެމިގެން ދިޔަ ގޮތުން އިންތިހާބު ނުބޭއްވިދާނެ ކަމުގެ ކަންބޮޑުވުން އޮތް ކަމަށެވެ.
ނަމަވެސް އެމްޑީޕީ އަކީ އެއްވެސް އިންތިހާބަކުން ބަލިވެދާނެ ނުވަތަ އުނދަގޫވެދާނެ ކަމުގެ ވިސްނުމާއި ފިކުރު ގެންގުޅޭ ޕާޓީއެއް ނޫން ކަމަށް ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީން މި އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށެވެ.
"މި އިންތިހާބުގައި 1،500 އެއްހާ ގޮނޑިއަށް އެބަ ކުރިމަތިލަން. އަޅުގަނޑަށް ޔަގީން ކަށަވަރު އޭގެ ތެރެއިން 1،000 ގޮނޑި ނަގާނަން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ކައުންސިލް އިންތިހާބުގައި ޔަގީނުން ވެސް ކާމިޔާބުކުރާނެ ދާއިރާތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ރާއްޖޭގެ ހުރިހާ ސިޓީތަކުގެ މޭޔަރުކަމެވެ.
"އައްޑު އިން ފެށިގެން އައިސް، ކުޅުދުއްފުއްޓަށް، ފުވަމުލަކާއި މާލެ މި ހަތަރު ސިޓީގެ މޭޔަރުކަން އިރާދަކުރެއްވިއްޔާ އެމްޑީޕީން ފަސޭހަކަމާ އެކު ބޮޑުތަނުން ނަގާނަން،" ނަޝީދު ވިދާޅުވި އެވެ.
އިންތިހާބުގެ ތެރޭގައި ބައެއް ފަހަރު މާޔޫސްކަން އިހުސާސް ވިޔަސް ފޯކަސް ގެއްލުވާ ނުލުމަށް ނަޝީދު އެމްޑީޕީ ކެނޑިޑޭޓުން އަރިހުން އެދިވަޑައިގަތެވެ. އަދި އެމްޑީޕީގެ ވިސްނުމާއި މިސްރާބު ގެއްލިގެން ނުވާނެ ކަމަށާއި އިންތިހާބު ނިންމާނީ ކާމިޔާބުކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.
ކެމްޕޭން ނިންމަން "އާވިލުން" ނަމުގައި ރަސްދޫގައި ޖަލްސާ ބާއްވަން މާލޭން ވަޑައިގަންނަވާ ބޭފުޅުން ތިއްބަވާނީ އެ ރަށު ފަޅުތެރޭ އުޅަނދުތަކުގަ އެވެ. އެއީ ކޮވިޑްގެ ބަލިމަޑުކަމާ ހެދި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ހެދި، ރަށްރަށަށް އަރައި ފޭބުމަށް ހުރި ހުރަސްތަކާ ހެދި އެވެ.
އަންނަ ހޮނިހިރު ދުވަހު ބާއްވާ އިންތިޚާބަކީ މިދިޔަ އަހަރު ބާއްވަން އޮތް އިންތިޚާބެކެވެ. ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ހެދި އިންތިޚާބު ފަސްކުރަންޖެހި، އާ އިންތިޚާބާ ހަމަޔަށް ވަނީ ކައުންސިލްތަކުގެ ދައުރު ދަންމާލައިފަ އެވެ.
ސަނާކިޔަން ބާރެއް ނާޅަން، އަޑުއަހަން ބޭނުންވަނީ ޝަކުވާ
ކެމްޕެއިންގައި އަޅުގަނޑު ހުރީ އެކަހެރިކޮށްފައި:އަކްރަމް
ވޯޓާ ކުޅޭ ނަމަ މަޑަކުން ނުތިބޭނަން: އިދިކޮޅު
އެމްޑީޕީ އަށް އަސްލު މި ވީ ކިހިނެއް؟
މުއިއްޒަށް އެއްބާރުލުން ދޭނަން: ނަޝީދު
އިންސާފުވެރި ނަމަ ސަރުކާރު ބަލިކުރާނަން: އިދިކޮޅު
އެމްޑީޕީން މިއަދު ވެސް ކުރީ ކެމްޕެއިން: އިދިކޮޅު
ވޯޓު ނުދިނުމަކީ ހައްލެއް ނޫން: ނަޝީދު
އަފްރާހު: ފުދުންތެރި ބަޔަކަށް ހަދައިދޭނެ
އެމްޑީޕީގެ ލާމަރުކަޒީ ހާއްޔަށް ޕީޕީއެމަށް ބިހެއް ނޭޅޭނެ