Roadha Mihaaru
ކޮންމެ ދިވެއްސެއްގެ ސިއްހީ މައުލޫމާތު ހިމެނޭ ރެކޯޑެއް

ކޮންމެ ދިވެއްސެއްގެ ސިއްހީ މައުލޫމާތު ހިމެނޭ ރެކޯޑެއް ހަދަނީ

07 އެޕްރީލް 2021

ކޮންމެ ދިވެއްސެއްގެ ވެސް ސިއްހީ ހުރިހާ މައުލޫމާތު ހިމެނޭ ރެކޯޑެއް ގާއިމުކޮށް، ގަވައިދުން އެ އަޕްޑޭޓްކޮށް ބަލަހައްޓާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮންމެ ދިވެއްސެއްގެ ވެސް ސިއްހީ ހުރިހާ މައުލޫމާތު ހިމެނޭ ރެކޯޑެއް ގާއިމުކޮށް، ގަވައިދުން އެ އަޕްޑޭޓްކޮށް ބަލަހައްޓާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅުވައިގެން އޭނާ ދެއްވި ހިތާބެއްގައި ވިދާޅުވީ، މި ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން، އާއްމުންގެ ގިނަ ސިއްހީ މައުލޫމާތުތަކެއް އެއްކޮށްފައިވާ ކަމަށެވެ. އެއީ ކޮވިޑުން ރައްކާތެރިވުމަށް ހިންގި "ކޮވިޑް އިޖާބަ" ޕްރޮގްރާމާއި ކޮވިޑް ވެކްސިންގެ ތެރެއިން އެއްކޮށްފައިވާ ޒާތީ ސިއްހީ މައުލޫމާތުތަކެވެ.

މިނިސްޓަރު ވިދާޅުވިގޮތުގައި މި މައުލޫމާތުތައް، ޑިޖިޓަލް ޑޭޓާބޭސްތަކުގަ އާއި މި ފަދަ ޕްލެޓްފޯމްތަކުގައި ރައްކާތެރިކަމާއެކު ބަލަހައްޓާނެ އެވެ. އެ މައުލޫމާތުތަކުގެ އަލީގައި، ރައްޔިތުންނަށް ދޭ ސިއްހީ ހިދުމަތްތައް ތަރައްގީ ކުރާނެ ކަމަށް ނަސީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހުރިހާ ދިވެހިންގެ ސިއްހީ މައުލޫމާތު ހިމެނޭ ރެކޯޑް، މި އަހަރު ނިމުމުގެ ކުރިން ގާއިމުކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މީހުންގެ ސިއްހީ ހުރިހާ މައުލޫމާތެއް، އެއްތަނަކުން ފެންނަ ނިޒާމު، ދުނިޔޭގެ ގިނަ ގައުމުތަކެއްގައި ވެސް ގާއިމްކޮށްފައި ވެ އެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް މި ފަދަ ރެކޯޑެއް ގާއިމްކޮށްފައެއް ނެތެވެ.