06 އެޕްރީލް 2021
އަންނަ ހަފުތާގައި ފަށާ ރޯދަ މަހަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ކްލިއާ ކުރުމުގައި ދަތި ނުވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އަންނަ ހަފުތާގައި ފަށާ ރޯދަ މަހަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ކްލިއާ ކުރުމުގައި ދަތި ނުވާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި ރޯދަ މަސް ފަށާނީ އަންނަ އަންގާރަ ދުވަހު އެވެ.
އެ މަހަށް އެމްޕީއެލުން ވާ ތައްޔާރީތަކާ ގުޅޭގޮތުން ބޭއްވި މީޑިއާ ބްރީފިންއެއްގައި ޝާހިދު ވިދާޅުވީ، މިދިޔަ އަހަރާ އަޅާ ބަލާއިރު މި އަހަރުގެ ރޯދަ މަހަށް ގެންނަ މުދާ އިތުރު ކަމަށެވެ. ނަމަވެސް ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އެމްޕީއެލުން ވަމުން އައި ތައްޔާރީތަކާއެކު، މުދާ ބޭރުކުރުމުގައި ހުރި ދަތިތަކަށް ހައްލު ލިބޭނެ ކަަމަށް އޭނާ ވިދާޅުވި އެވެ.
އެމްޕީއެލުން ވަނީ ރޯދަ މަހަށް ތައްޔާރުވުމުގެ ގޮތުން އެ ކުންފުނީގެ ކާގޯ އޮޕަރޭޝަނަށާއި ކްލިއަރެންސަށް ބޭނުންވާ މުވައްޒަފުން އިތުރުކޮށް، މުދާ ބޭރުކުރުމުގައި ބޭނުންކުރާ އުޅަނދުތައް މަރާމާތު ކޮށްފަ އެވެ. ކާގޯ ބާލާ ސަރަހައްދުގެ ޕޭވްމަންޓު ހަލާކުވެފައި އޮތުމުގެ ސަބަބުން އެތަން ވެސް މިހާރު ވަނީ މަރާމާތުކޮށް ނިންމާލައިފަ އެވެ.
ޝާހިދު ވިދާޅުވިގޮތުގައި ފާއިތުވި އަހަރުތަކުގައި ރޯދަ މަހު އެންމެ ބޮޑަށް ދިމާވާ ދައްޗަކީ މުދާ ބޭލުމަށް ފަހު ރައްކާ ކުރާނެ ޖާގަ މަދުވުމެވެ. ނަމަވެސް މި އަހަރު އެ މައްސަލަ އަށް ވެސް ހައްލު ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މުދާ ބާލާފައި ގުދަނުގައި ސްޓޯ ކުރާއިރު ޖާގައިގެ ދަތިކަން ވެސް އެބަ އާދޭ ހާއްސަކޮށް ރޯދަ މަހާ ދިމާކޮށް. އެހެންވެ މިހާރު އަޅުގަނޑުމެން ވާނީ ވަގުތީ ގޮތުން އިތުރު ސްޓޯރޭޖެއް ހަދާފައި. މިވަގުތު އިންނާނެ އިތުރު ދެ ކޮންޓެއިނާ އެތަނަށް އެލޮކޭޓުކޮށް، ގުދަން ފުރޭ ކަމަށް ވަންޏާ އެ ދެ ކޮންޓެއިނާ ތެރޭގައި ވެސް މުދާ ސްޓޯ ކުރެވޭ ގޮތް ހަދާފައި،" ޝާހިދު ވިދާޅުވި އެވެ.
ޕޯޓު ސަރަހައްދުގައި ކޮންޓެއިނާތައް ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު
ރޯދަ މަހު އެމްޕީއެލުގެ މަސައްކަތުގެ ރަސްމީ ގަޑިތައް ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން ހަވީރު 4:00 އަށް ރޭގަނޑު 9:00-10:30 އަށެވެ. ނަމަވެސް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާ ކުރަން ޖެހިއްޖެ ހާލަތެއްގައި ބަންދު ދުވަސްތަކުގައި ވެސް އޮޕަރޭޝަން ކުރިއަށް ގެންދާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"ބޮޑަށް ހަލާކުވާ ކަހަލަ ކާބޯތަކެތި ހިފައިގެން ބޯޓެއް އައިސްފި ކަމަށް ވަންޏާ ބަންދު ދުވަހަކަށް ވިޔަސް އިތުރު ގަޑި އަށް މުވައްޒަފުން ނެރެގެން މުދާ ބޭލުމާއި މުދާ ކްލިއާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. ރޯދަ މަހުގެ ތެރޭގައި ވެސް މިގޮތަށް ކަންތައް ކުރިއަށް ދާނެ،" އޭނާ ވިދާޅުވި އެވެ.
މުދާ އަވަހަށް ކްލިއާ ކުރުމަށް ހުޅުމާލެ ޕޯޓަށް މުދާ ގެންދިއުމުގައި ވެސް އެމްޕީއެލުން ވަނީ ވިޔަފާރިވެރިންނަށް ލުއިތަކެއް ދީފަ އެވެ. ހުޅުމާލެ އަށް މިހާރު މުދާ ގެންދާ އަގު ވަރަށް ބޮޑުތަނުން ކުޑަ ކޮށްފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެމްޕީއެލުން އަންނަނީ މި ރޯދަ މަހަށް ހާއްސަ ކޮށްގެން މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގައި މަސައްކަތް ކުރާ މަޖޫރީންނާއި ޑްރައިވަރުން މަޑުކުރާ ސަރަހައްދު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އެ ތަނުގެ މަތީ ބައި އޭސީކޮށް، ނަމާދު ކުރެވޭ އިންތިޒާމު ހަމަޖައްސާއިރު ތިރީ ބައިގެ މަރާމާތުތަކެއް ވެސް ކުރިއަށް ދާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ރޯދަމަހަށް ގެނައި ހުރިހާ ޝިޕްމަންޓެއް ކްލިއާކޮށްފި
މަހަކު ގެންނަ ކޮންޓެއިނާ 6،000 އަށް އިތުރުވާނެ
އިގުތިސާދީ ހެޔޮބަދަލު ވަޖީހު ދެއްކެވީ ގްރާފުން
އެމްޕީއެލްގެ ޑިވިޑެންޑްގެ ގޮތުގައި 67.5 މިލިއަން
މުދާ ބޭރުކުރަން އާ ވެހިކަލްތަކެއް، އަވަސް ވާނެ
2018 އިން ފެށިގެން ދިޔައީ ތެލުގެ ވައްކަން ކުރަމުން
އެމްޕީއެލް ފްލެޓަށް ފައިސާ ދެއްކުމަށް އިތުރު ލުޔެއްދީފި
ޑައުންޕޭމަންޓެއް ނެތި ކުރިއަށް ދާން އުނދަގޫ:އެމްޕީއެލް
އެމްޕީއެލް އެޕްރެންޓިސްޝިޕްގެ ބައިވެރިންނަށް ވަޒީފާ
އެމްޕީއެލް ފްލެޓުތަކަށް އަންނަ އަހަރު ކުރީކޮޅު ވަދެވޭނެ