Roadha Mihaaru
ފަރާ/ސަނާ: ވިޔަފާރި ބަނދަރުގެ ސަގާފަތަށް އައި ބަދަލު

ފަރާ އާއި ސަނާ: ވިޔަފާރި ބަނދަރުގެ ސަގާފަތް ބަދަލުކޮށްލައިފި

06 އެޕްރީލް 2021

އެންމެ ކުޑައިރު ވެސް، އާއްމުކޮށް އަންހެން ކުދިން ގެންގުޅޭ ޒާތުގެ ތަކެއްޗަށް، ފަރުހަތު އިބްރާހިމް (ފަރާ)ގެ ހިތެއް ނުކިޔަ އެވެ. ކުޅެން ވެސް އޭނާ ބޭނުންވީ ކާރެވެ. ނޫނީ ކޮންމެވެސް ޒާތެއްގެ ދުއްވާ އެއްޗެކެވެ. ބޮޑުވަމުން ދިޔަ އިރު ވެސް މާލޭގެ މަގުމަތިން ބަރު ވެހިކަލެއް ފެނިއްޖެ ނަމަ ހުއްޓިގެން ބަލަން ހުރެވެ އެވެ. އެފަދަ އުޅަނދެއް ދުއްވުމަކީ އޭނާގެ ހުވަފެނެކެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ލަހުން ނަމަވެސް، ފަރާ މިހާރު ވަނީ އޭނާގެ އުއްމީދު ހާސިލްކޮށްފަ އެވެ. ފޯކްލިފްޓާއި ޑަމްޕަރާއި ބޮޑެތި ލޮރީ ފަދަ އުޅަނދުތައް ދުއްވުމުގެ ލައިސަންސް ހޯދި ފުރަތަމަ ދިވެހި އަންހެނަކީ އޭނާ އެވެ. މާލޭގެ ވިޔަފާރި ބަނދަރުގައި، ފޯކްލިފްޓުގައި މުދާބާލާ އުޅޭތާ މިހާރު އަހަރެއް ވެއްޖެ އެވެ.

ސަނާ ފޯކްލިފްޓު ދުއްވަނީ: ބަރު އުޅަނދު ދުއްވުމަކީ އޭނާގެ ހުވަފެނެއް-- މިހާރު ފޮޓޯ: ނިޝާން އަލީ

ސަނާ ފޯކްލިފްޓު ދުއްވަނީ: ބަރު އުޅަނދު ދުއްވުމަކީ އޭނާގެ ހުވަފެނެއް-- މިހާރު ފޮޓޯ: ނިޝާން އަލީ

"މިއީ ހަމަ ހުވަފެނެއް ސީދާވުން. ވަރަށް ކުރާހިތުން ކުރާ މަސައްކަތެއް މިއީ،" ދ. ރިނބުދުއަށް އުފަން ދެ ކުދިންގެ މަންމަ ބުންޏެވެ.

ފަރާ އެންމެ ފުރަތަމަ މަސައްކަތް ކުރީ، ޓްރާންސްޕޯޓް އޮތޯރިޓީގައި ވެހިކަލް އެގްޒަމިނޭޓާއަކަށެވެ. ލައިސަންސް ދޫކުރެވޭ ވަރަށް ކާރާއި ސައިކަލް ފަދަ އުޅަނދުތައް ދުއްވަން އިނގޭތޯ ބަލަނީ އޭނާގެ ކުރިމަތީގަ އެވެ. އެކަމުގެ ތެރޭގައިި އުޅެމުން ފަރާ ވެސް ބޭނުންވީ ވީހާ ވެސް ގިނަ ވައްތަރުގެ ވެހިކަލް ދުއްވަން ދަސްކުރާށެވެ.

ސަނާ މަސައްކަތުގައި އަރާމުކޮށްލަން ލިބުނު ވަގުތުކޮޅެއް: އޭނާ ބުނީ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް --ފޮޓޯ: ނިޝާން އަލީ/މިހާރު

ސަނާ މަސައްކަތުގައި އަރާމުކޮށްލަން ލިބުނު ވަގުތުކޮޅެއް: އޭނާ ބުނީ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށް --ފޮޓޯ: ނިޝާން އަލީ/މިހާރު

ހެވީ ވެހިކަލް ދުއްވަން ދަސްކޮށްދިނުމާއި ވިޔަފާރި ބަނދަރުގައި އުޅަނދު ދުއްވުމުގެ ތަމްރީނު ޕްރޮގްރާމެއް، މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލު) އިން ފެށީ އެ ދަނޑިވަޅު އެވެ. މިހާރު އޭނާއަކީ އެ ޕްރޮގްރާމުން ފާސްވެ، އެމްޕީއެލްގެ ބަރު ވެހިކަލްތައް އޮޕަރޭޓް ކުރާ ހީވާގި އަންހެނެކެވެ.

ވިޔަފާރި ބަނދަރުގައި މާ ގިނަ ދުވަހު އެކަނި މަސައްކަތްކުރާ އަންހެނަކަށް ވާކަށް ފަރާއަކަށް ނުޖެހުނެވެ. އުމުރުން 24 އަހަރުގެ ހައްވާ ސަނާއަކީ ވެސް މިހާރު، ބަނދަރު މަތީ ހެވީ ވެހިކަލް ދުއްވާ ޒުވާނެކެވެ.

ފަރާ، ފޯކްލިފްޓަށް އަރަން ތައްޔާރުވަނީ: ވިޔަފާރި ބަނދަރުގައި އުޅޭ އެހެން މީހުންގެ އިހުތިރާމް ވެސް ވަނީ ލިބިފައި -- މިހާރު ފޮޓޯ: ނިޝާން އަލީ

ފަރާ، ފޯކްލިފްޓަށް އަރަން ތައްޔާރުވަނީ: ވިޔަފާރި ބަނދަރުގައި އުޅޭ އެހެން މީހުންގެ އިހުތިރާމް ވެސް ވަނީ ލިބިފައި -- މިހާރު ފޮޓޯ: ނިޝާން އަލީ

ތ، ކިނބިދުއަށް އުފަން ސަނާ އަކީ ވެސް، އެންމެ ކުރިއްސުރެ ބޮޑެތި ވެހިކަލް ދުއްވަން ލޯބިކުރި މީހެކެވެ. ރަހުމަތްތެރިއެއްގެ އަތުގައި ހުރި ބޮޑު ސައިކަލެއް ގެނެސްގެން، އެ ދުއްވުމަކީ އޭނާ އެންމެ ކުރާ ހިތުން ކުރި އެއް ކަމެވެ. މީގެ ކުރިން އޭނާ އޮފީސްތަކުގައި ވަޒީފާ އަދާކުރިޔަސް އެއީ އޭރު "މަޖުބޫރުވެގެން" ކަމަށް ސަނާ ބުންޏެވެ.

"ވަރަށް ފޫހިވި އޮފީހަށް ދާން. ހީވަނީ މަޖުބޫރުކޮށްގެން ކުރުވާ ކަމެއްހެން،" ދެ ދަރިން އެކަނި ބަލަމުން އަންނަ ޒުވާނާ ބުންޏެވެ.

ފޯކްލިފްޓާއި އެކްސްކަވޭޓަރާއި ޑަމްޕަރު ފަދަ އުޅަނދުތައް ދުއްވުމަކީ މިހާރު ސަނާ އާއި ފަރާއަށް އެއްވެސް ކަމެއް ނޫން --މިހާރު ފޮޓޯ: ނިޝާން އަލީ

ފޯކްލިފްޓާއި އެކްސްކަވޭޓަރާއި ޑަމްޕަރު ފަދަ އުޅަނދުތައް ދުއްވުމަކީ މިހާރު ސަނާ އާއި ފަރާއަށް އެއްވެސް ކަމެއް ނޫން --މިހާރު ފޮޓޯ: ނިޝާން އަލީ

"މިހާރު ކޮންމެ ދުވަހަކު ވެސް މަސައްކަތަށް ނުކުންނަނީ ވަރަށް އެކްސައިޓް ވެގެން ހުރެ. ހަމަ ކުރާ ހިތުން މިކަން މި ކުރަނީ."

ސަނާ އާއި ފަރާގެ މަސައްކަތް ފެށެނީ ހެނދުނު 7:30ގަ އެވެ. އެންމެ ފުރަތަމަ ޖެހެނީ، ބޭރު ގައުމުތަކުން މުދާ ހިފައިގެން، ބަނދަރަށް ކައިރި ކުރާ ބޯޓުތަކުން ބާލާ މުދާ، ޕެލެޓަށް އަޅާށެވެ. އަދި ފޯކްލިފްޓުގައި އެ ޕެލެޓް ގެނެސް ގުދަން ކުރަނީ އެވެ. ދެން ގުދަނުގައި ހުރި އެކި ކުންފުނިތަކުގެ މުދާ، އަނެެއްކާވެސް ލޮރީތަކާ ހަމައަށް ގެންގޮސް، މަސައްކަތް ނިންމާލަނީ ހަވީރު 3:30ގަ އެވެ.

ސަނާގެ ފޯކްލިފްޓަށް މުދާތަކެއް އަރުވައިގެން ގެންދަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

ސަނާގެ ފޯކްލިފްޓަށް މުދާތަކެއް އަރުވައިގެން ގެންދަނީ-- މިހާރު ފޮޓޯ: ނިޝާން އަލީ

ސަނާ އާއި ފަރާ ވެސް ބުނިގޮތުގައި މިއީ ބުރަ، ހުއްޓުމެއް ނެތި ކުރަން ޖެހޭ މަސައްކަތެކެވެ.

އެ ދެ އަންހެނުން ފިޔަވައި، ވިޔަފާރި ބަނދަރުގައި މުޅިން ވެސް އުޅެނީ ފިރިހެނުންނެވެ. ފޯކްލިފްޓެއްގައި، ފުރަތަމަކޮޅު މީހުންގެ ތެރެއަށް ނުކުންނަން ސަނާ ޖެހިލުން ވިޔަސް، މިހާރު އޭނާއަށް އެއްވެސް ހާސްކަމެއް ނެތެވެ. ތަނުގައި އުޅޭ ހުރިހާ އެންމެން ވެސް އެ މީހުންނަށް އިހްތިރާމްކުރެ އެވެ. އަންހެނުންނަށް ވީތީ ތަފާތެއް ނުކުރެ އެވެ. ވަރަށް ބޮޑަށް އެހީވެ، އަޅާލާ ކަމަށް އެ މީހުން ބުންޏެވެ.

ފަރާ ފޯކްލިފްޓެއް ދުއްވަނީ: އޭނާއަކީ ކުޑައިރުއްސުރެ ވެސް ބަރު ވެހިކަލްތަކަށް ލޯބިކުރި ޒުވާނެއް --މިހާރު ފޮޓޯ: ނިޝާން އަލީ

ފަރާ ފޯކްލިފްޓެއް ދުއްވަނީ: އޭނާއަކީ ކުޑައިރުއްސުރެ ވެސް ބަރު ވެހިކަލްތަކަށް ލޯބިކުރި ޒުވާނެއް --މިހާރު ފޮޓޯ: ނިޝާން އަލީ

"އަޅުގަނޑު ދެކޭގޮތުގައި އެ މީހެއްގެ އަހުލާގާއި އަގު ހިފަހައްޓައި، ގަދަ އަޅައި މަސައްކަތް ކުރާ ނަމަ އެންމެން ވެސް އިހްތިރާމް ކުރާނެ. މިހާތަނަށް އަޅުގަނޑުމެންނާ ދިމާއަށް އަދި މީހަކު އެއްޗެކޭ ނުބުނޭ،" ފަރާ ކިޔައިދިނެވެ.

ފަރާ (ކ) އާއި ސަނާ: މިއީ ރާއްޖޭގައި ބަރު ވެހިކަލް ދުއްވާ ހަމައެކަނި ދެ އަންހެނުން--މިހާރު ފޮޓޯ: ނިޝާން އަލީ

ފަރާ (ކ) އާއި ސަނާ: މިއީ ރާއްޖޭގައި ބަރު ވެހިކަލް ދުއްވާ ހަމައެކަނި ދެ އަންހެނުން--މިހާރު ފޮޓޯ: ނިޝާން އަލީ

ފޯކްލިފްޓާއި އެކްސްކަވޭޓަރާއި ލޯޑަރު ފަދަ ބޮޑެތި އުޅަނދުތައް ދުއްވައިގެން މި ޒުވާން ދެ އަންހެނުން ތާރީހުގެ ތެރެއަށް އެވަނީ ވަދެފަ އެވެ. އަންހެނަކަށް ވީތީ ވަކި ކަމެއް ނުކުރެވޭނެއޭ ހިތަށްއެރުމަކީ މާޒީ އެވެ. ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ބަނދަރަކީ ހަމައެކަނި ފިރިހެނުންނަށް ހާއްސަ ތަނެއް ކަމުގެ ސަގާފަތް ބަދަލުވެއްޖެ އެވެ. ރަނގަޅު މުސާރައެއް ލިބޭ އަދި އަންހެނުން ވެސް މަސައްކަތްކުރަން ރަނގަޅު ދާއިރާތައް ރާއްޖޭގައި އަދިވެސް އެބަ ހުރިކަން ފަރާ އާއި ސަނާ އެ ވަނީ ސާބިތުކޮށްދީފަ އެވެ.