Roadha Mihaaru
ހިތަދޫ ކުރީގެ ބަނދަރު ހަދަން އެމްޓީސީސީ އަށް!

ހިތަދޫ ކުރީގެ ބަނދަރު ހަދަން އެމްޓީސީސީ އަށް!

01 އެޕްރީލް 2021

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ހިތަދޫ ކުރީގެ ބަނދަރު ތަރައްގީ ކުުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޑިޒައިން އެންޑް ބިލްޑް އުސޫލުން އައްޑޫ ހިތަދޫ ކުރީގެ ބަނދަރު ތަރައްގީ ކުުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި މި ރަސްމިއްޔާތުގައި ވަނީ މިކަމާ ގުޅޭ ރަސްމީ ލިޔުންތަކުގައި ސޮއިކޮށްފަ އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރީ ޕާމަނަންޓް ސެކްރެޓަރީ ޒީނިއާ އަހުމަދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއި ކުރީ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމެވެ.

މި ޕްރޮޖެކްޓަށް 54 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ހިތަދޫގެ ކުރީގެ ބަނދަރު އަލުން ތަރައްގީ ކުރަން އެމްޓީސީސީ އަށް ދިނީ އެއް އަހަރު ދުވަހަށެވެ.

މި މަޝްރޫއުގެ ދަށުން 800 މީޓަރުގެ ސޭންޑް ބްރޭކްވޯޓާ އަކާއި 284 މީޓަރުގެ އެއްގަމު ތޮށީގެ އިތުރުން 57 މޫރިން ރިންގްގެ އިތުރުން 14 ބަނދަރު ބައްތި ހަރުކުރާނެ އެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގައި ޕޭމެންޓެއްގެ އިތުރުން ނެރު ބައްތި ޖެހުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މި ޕްރޮޖެކްޓްގެ ދަށުން ބަނދަރުތެރެ 3.5 މީޓަރަށް ފުން ކުރާނެ އެވެ. އަދި ނެރު ސަރަހައްދު ހަތަރު މީޓަރަށް ފުން ކުރާނެ އެވެ.