31 މާޗް 2021
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިންގެ ދެވަނަ ޑޯޒަށް ފަހު، ކަރަންޓީނުވުމެއް ނެތި ރާއްޖޭގެ އެތެރޭގައި ދަތުރުތައް ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ޖަހާ ވެކްސިންގެ ދެވަނަ ޑޯޒަށް ފަހު، ކަރަންޓީނުވުމެއް ނެތި ރާއްޖޭގެ އެތެރޭގައި ދަތުރުތައް ކުރެވޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ވާޗުއަލްކޮށް ބޭއްވި މީޑިއާ ބްރީފިންއެއްގައި އޭނާ ވިދާޅުވީ، ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު، ރާއްޖޭގެ އެތެރޭގައި ދަތުރު ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ. ނަމަވެސް ވެކްސިން ޖެހުމަށް ފަހު ދަތުރު ކުރެވެނީ ސީދާ ކިތައް ދުވަސް ފަހުން ކަން އަދި ނިންމާފައި ނުވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"ކޮންކްލޫސިވްކޮށް އަޅުގަނޑަށް ނޭނގޭ ބުނާކަށް ދެވަނަ ޑޯޒް ޖަހާތާ ކިތައް ދުވަސް ފަހުންތޯ އެކަން [ދަތުރުތައް] ކުރެވޭނީ. މި ހަފުތާ ތެރޭގައި ވެސް އެކަމާ ބެހޭ މަޝްވަރާތަކެއް އެބަ ހިނގާ،" އޭނާ ވިދާޅުވި އެވެ.
ދެވަނަ ޑޯޒް ޖެހުމަށް ފަހު ދުނިޔޭގައި ވެސް ގައުމުތަކުން މިންގަނޑެއް ކަނޑައެޅުމަށްޓަކައި މަސައްކަތްތަކެއް ކުރެވޭ ކަމަށް މަބްރޫކް ވިދާޅުވި އެވެ. ދެވަނަ ޑޯޒް ޖެހުމަށް ފަހު، އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރުމަށް ލުއިތަކެއް ގެނައުމަށްޓަކައި ވެސް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ކޮވިޑް ވެކްސިން ޖަހަން ފެށީ މިދިޔަ ފެބްރުއަރީ މަހު އެކެއްގަ އެވެ. އެ ޑޯޒް ޖެހިތާ އަށް ހަފުތާއަށް ފަހު ދެވަނަ ޑޯޒް ޖަހަން ފަށާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ.
ރާއްޖޭގައި މިހާތަނަށް 235،682 މީހަކު ކޮވިޑް ވެކްސިން ޖަހާފައިވެ އެވެ.
ކޮވިޑް ދެވަނަ ފަހަރަށް ޖެހެނީ 9 މަސް ފަހުން
ވެކްސިން ނެތިގެން، 92،000 މީހުން ދެވަނަ ޑޯޒް ނުޖެހިފައި
ރަޝިއާގެ ސްޕަޓްނިކް ވީ ވެކްސިން އަދި ރާއްޖެއަކު ނެތް
"ކޮވިޝީލްޑްގެ ދެވަނަ ޑޯޒް 16 ހަފުތާ ކުރިން ޖެހޭނެ"
ޒުވާނުން ސީރިއަސްވެ ފަރުވާދޭންޖެހޭ ވަރު އިތުރުވެއްޖެ
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު
ވެކްސިނަށް ފަހު ކަސްރަތު މަޑުޖައްސާލުން ރަނގަޅު
ބޫސްޓަޑޯޒް ނުޖަހާ ނަމަ ކަރަންޓީކުރަން މަޝްވަރާކުރަނީ
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
ވެކްސިން އެކްސްޕަޔާވުމުގެ ކުރިން ޖަހައި ނިންމޭތޯ ބަލަނީ