ކ. ހުރާ އާއި އެ އަތޮޅު ދިއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 73 އަށް އަރައިފި އެވެ.
28 މާޗް 2021
ކ. ހުރާ އާއި އެ އަތޮޅު ދިއްފުށިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 73 އަށް އަރައިފި އެވެ.
ހުރައިން އެންމެ ފުރަތަމަ ކޮވިޑަށް މީހަކު ޕޮޒިޓިވްވީ މިދިޔަ ހޯމަ ދުވަހު އެވެ. އެއީ އެ ރަށުން ބަލިވެ ހާލު ބޮޑުވެގެން މާލެ ގެނައި އުމުރުން ދުވަސްވީ މީހެކެވެ. އޭގެ ފަހުން އޭނާއާ ގުޅުން ހުރި މީހުންނާއި ގުޅުން ނެތް މީހުން ވެސް ދަނީ ޕޮޒިޓިވްވަމުންނެވެ.
ހުރާ ސިއްހީ މަރުކަޒުން ބުނިގޮތުގައި މިހާތަނަށް އެ ރަށުން 52 މީހަކަށް ވަނީ ކޮވިޑް ޖެހިފަ އެވެ. އަދިވެސް ވަރަށް ގިނަ ބައެއްގެ ސާމްޕަލް ޓެސްޓު ކުރަން ފޮނުވާފައިވުމުން އެ އަދަދު އިތުރުވާނެ ކަމަށް ބެލެވެ އެވެ.
ހުރާގައި ބަލި ފެތުރު ގޮތެއް އަދި ނޭނގެ އެވެ.
"އެންމެ ފުރަތަމަ މީހާ އަށް ބަލި ޖެހުނީ ކިހިނެއް ކަމެއް އަދިވެސް ނުހޯދޭ. އެކަމަކު މިހާތަނަށް ވަކި ރަށެއްގެ ކްލަސްޓާއަކާ ގުޅުން ހުރި ކަމަކަށް ނުބެލެވޭ،" ސިއްހީ މަރުކަޒުުގެ އޮފިޝަލަކު ވިދާޅުވި އެވެ.
ރަށްރަށުގައި މިހާރު އެންމެ ބޮޑަށް ކޮވިޑް ފެތުރެމުން ދަނީ ޅ. ފެލިވަރާއި ރ. އުނގޫފާރު ކްލަސްޓާގެ ތެރެއިންނެވެ.
ދިއްފުށިން ވެސް އެންމެ ފުރަތަމަ ބަލި ޖެހުނީ، އުނގޫފާރަށް ބޭސް ފަރުވާއަށް ދިޔަ މީހެއްގެ ގައިންނެވެ. އުނގޫފާރުން ކޮވިޑް ފެނި، އެ ރަށަށް ދަތުރުކުރި އެންމެން ކަރަންޓީނުވާން އެންގުމުން، ދިއްފުށި މީހާ ވެސް ގޭގައި މަޑުކުރި އެވެ. އެކަމަކު އޭރު އޭނާ ރަށުގައި އުޅޭތާ ކުޑަދުވަސްކޮޅެއް ވުމުން، ރަށުތެރެއަށް ބަލި ފެތުރުނީ އެވެ.
ދިއްފުށީގެ 21 މީހަކަށް މިހާރު ވަނީ ކޮވިޑް ޖެހިފަ އެވެ. އިތުރު 150 ސާމްޕަލް ޓެސްޓުކުރަން ވަނީ ފޮނުވައިފަ އެވެ.
"ސާމްޕަލްތައް ޓެސްޓުކުރަން ފޮނުވާ ވަރަކަށް އެބަ ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވޭ. އެހެންވެ، އަދިވެސް އިތުރުވާނެ ކަމަށް ބެލެވެނީ،" ކައުންސިލްގެ މެމްބަރު މުހައްމަދު ސާޖިދު ވިދާޅުވި އެވެ.
ރަށްރަށުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މިހާރު ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް، 52 މީހަކަށް ވަނީ ބަލިޖެހިފަ އެވެ.
ރަށްރަށުގައި ކޮވިޑް ކޭސްތައް އަދިވެސް ވަނީ އިތުރު
ދިއްފުށިން މީހުން ސާމްޕަލް ނުދޭ މައްސަލަ ބޮޑުވެއްޖެ
ކޮވިޑް: ނައިފަރާއި ހުރާގައި ފިޔަވަޅުތައް ވަރުގަދަކޮށްފި
ހުރާ އިން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 90އަށް އަރައިފި
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ހަކުރުބަލި، ލޭމައްޗަށް ދިއުމުގެ ބައްޔަށް ބޮޑު ހޭދައެއް
ލޭ ހަދިޔާކުރުމަކީ އުފަލަކަށް ވާން ޖެހޭ: ނައިބު ރައީސް
ތެލެސީމިއާ ހޮސްޕިޓަލު އަޅަން އެއްބަސްވުމުގައި ސޮއިކޮށްފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ