23 މާޗް 2021
ސްޓޮކްހޯލްމް، ސްވިޑެން (މާޗް 23) - މީގެ ފަސް އަހަރު ކުރިން ސްވިޑަން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އަލުން ގައުމީ ޓީމު ޖޯޒީގައި މީޑިއާއާ ކުރިމަތިލި ފުރަތަމަ ފަހަރު ނޫސްވެރިންގެ ސުވާލުތަކާ ހެދި އޭނާ އަށް އަސަރުކޮށްފި އެވެ.
ސްޓޮކްހޯލްމް، ސްވިޑެން (މާޗް 23) - މީގެ ފަސް އަހަރު ކުރިން ސްވިޑަން ގައުމީ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އަލުން ގައުމީ ޓީމު ޖޯޒީގައި މީޑިއާއާ ކުރިމަތިލި ފުރަތަމަ ފަހަރު ނޫސްވެރިންގެ ސުވާލުތަކާ ހެދި އޭނާ އަށް އަސަރުކޮށްފި އެވެ.
ފްރާންސްގައި 2016 ވަނަ އަހަރު ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ފަހު އިބްރަހިމޮވިޗް ގައުމީ ޓީމުން ރިޓަޔާކުރީ 116 މެޗުން 62 ގޯލު އެ ޓީމަށް ޖަހައިދިނުމަށް ފަހު އެވެ. އޭރު ރަނގަޅު ފޯމެއްގައި ހުރެ އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލީ ސްވިޑަންގެ ފުޓްބޯޅަ ފެޑެރޭޝަނާ ހިޔާލު ތަފާތުވުންތަކެއް އުޅޭތީ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ.
އާންމުކޮށް މީޑިއާގެ ސުވާލުތަކަށް ޖެހިލުންކުޑަ ވަރުގަދަ ޖަވާބުތަކެއް ދޭ އުމުރުން 39 އަހަރުގެ އިބްރަހިމޮވިޗަށް ރޮވުނީ ގައުމީ ޓީމަށް އެނބުރި އައުމާ މެދު އޭނާގެ އާއިލާ އިން ދެކޭ ގޮތް އޮޅުންފިލުވަން ނޫސްވެރިން ސުވާލުތައް ކުރަން ފެށުމުންނެވެ. ފުރަތަމަ ދެ ސުވާލަކަށް އިބްރަހިމޮވިޗަށް ޖަވާބެއް ނުދެވުނެވެ. އެކަމަކު ފަހުން ހިތްވަރު ކޮށްފައި އޭނާ ވަނީ އެއް ސުވާލަށް ޖަވާބުދީފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން އިބްރަހިމޮވިޗް.-- ފޮޓޯ: އޭއެފްޕީ
"ތިއީ ރަނގަޅު ސުވާލެއް ނޫން އަހަން. އަހަރެންގެ ވިންސެންޓް (އިބްރަހިމޮވިޗްގެ 13 އަހަރުގެ ދަރިފުޅު) ހަގީގަތުގައި ވެސް ހުރީ ރޮވިފައި އެ މީހުން ދޫކޮށްފައި އަހަރެން އައުމުން. އެކަމަކު މިއީ އަހަރެން ކޮށްދޭން ބޭނުން ގައުމީ ހިދުމަތެއް،" ރޮވިފައިހުރެ އިބްރަހިމޮވިޗް ނޫސްވެރިންނަށް ބުނެދިނެވެ.
އޭސީ މިލާނަށް ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ އިބްރަހިމޮވިޗް ގައުމީ ޓީމަށް ކުޅުން ހުއްޓާލި އެންމެ ބޮޑު ސަބަބަކީ އާއިލާ އަށް ވަގުތު ދިނުން ކަމަށެވެ. އެކަމަކު އަލުން ގައުމީ ޓީމުން އޭނާ އަށް ފުރުސަތު ދޭން ނިންމުމުން އޭގެ ބޭނުން ހިފަން ނިންމީ ކެރިއަރުގެ ފަހު ކޮޅުގައި ވެސް ގައުމަށް ހިދުމަތެއް ކޮށްދޭން ލިބޭ ފުރުސަތެއް ދޫކޮށްލަން ބޭނުންނުވާތީ ކަމަށް އިބްރަހިމޮވިޗް ބުންޏެވެ.
"ގައުމީ ޓީމު ޖޯޒީގައި ކުޅެން ލިބޭ ކޮންމެ މެޗަކީ ފަހުރުވެރިކަމާ އެކު އަހަރެން ބޭނުންހިފާނެ ފުރުސަތެއް،" ސްވިޑަން ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ފޯވާޑް ކަމަށްވާ އިބްރަހިމޮވިޗް ބުންޏެވެ.
އިބްރަހިމޮވިޗް އަލުން ސްވިޑަން ގައުމީ ޓީމާ ގުޅުނު އެންމެ ބޮޑު ސަބަބަކީ މި އަހަރުގެ ޔޫރޯގައި ރަނގަޅު ނަތީޖާތަކެއް ނެރެން ސްވިޑަން ޓީމަށް އެހީތެރިވުމުގެ ގޮތުންނެވެ. އެކަމަކު އޭގެ ކުރިން އޭނާ ގައުމީ ޓީމު ޖޯޒީގައި މި މަހު ކުޅޭ ތިން މެޗުގައި ކުޅޭނެ އެވެ. އެ ގޮތުން އޭނާ ކުޅޭ ފުރަތަމަ މެޗަށް ވެގެންދާނީ ވޯލްޑް ކަޕް ކޮލިފައިންގައި ބުރާސްފަތި ދުވަހުގެރޭ ޖޯޖިއާއާ ދެކޮޅަށް ކުޅޭ މެޗުގަ އެވެ.
އިބްރަހިމޮވިޗް ބުނީ ގައުމީ ޓީމުގައި އޭނާއާ މެދު އަމަލުކުރަންވީ އެހެން ކުޅުންތެރިންނެކޭ ވެސް އެއްގޮތަށް ކަމަށާއި އޭނާ އަށް ވަކި ހާއްސަ ގޮތެއް އޮވެގެން ނުވާނެ ކަމަށެވެ.
އުމުރުން 41 އަހަރުގައި އިބްރަހިމޮވިޗް ގައުމީ ޓީމަށް
39 އަހަރުގެ އިބްރަހިމޮވިޗް އަލުން ސްވިޑަން ޓީމަށް
ދަނޑު ބޭރުން ބެކަމާއި އިބްރަހިމޮވިޗްގެ ޗެލެންޖެއް
އިބްރަހިމޮވިޗް ވޯލްޑް ކަޕުން ނުފެންނާނެ
ވޯލްޑް ކަޕުގައި ކުޅުމާ މެދު އިބްރަހިމޮވިޗް ވިސްނަނީ
"އަހަރެން ނެތުމުން ސްވިޑަންގެ ފެންވަރު ދަށްވެއްޖެ"
ޔޫރޯ އަށް ފަހު އިބްރަހިމޮވިޗް ގައުމީ ޓީމާ ދުރަށް
މައްސަލަ ޖެހުނު ނަމަ ޗިއެލިނީ އޮންނާނީ ހޮސްޕިޓަލުގައި
ވިސްނަންވީ އިބްރަހިމޮވިޗާ މެދު އެކަންޏެއް ނޫން: ކޮންޓޭ
ބަޑީގެ ހަމަލާއަކާހެދި ޔޫރޯ ކޮލިފައިން މެޗު ހުއްޓާލައިފި