Roadha Mihaaru
ދަނޑު ބޭރުން ބެކަމާއި އިބްރަހިމޮވިޗްގެ ޗެލެންޖެއް

ދަނޑު ބޭރުން ބެކަމާއި އިބްރަހިމޮވިޗްގެ ޗެލެންޖެއް

07 ޖުލައި 2018

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ސްވިޑަން އާއި އިންގްލެންޑް ކުޅޭއިރު، މި ދެ ޓީމުގެ ކުރީގެ ދެ ތަރިން ކަމަށްވާ އިންގްލެންޑުގެ ޑޭވިޑް ބެކަމް އާއި ސްވިޑަންގެ ޒަލަޓަން އިބްރަހިމޮވިޗްގެ ޗެލެންޖެއް ކުރިއަށްދާނެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ނިއު ޔޯކް، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 7) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ ސްވިޑަން އާއި އިންގްލެންޑް ކުޅޭއިރު، މި ދެ ޓީމުގެ ކުރީގެ ދެ ތަރިން ކަމަށްވާ އިންގްލެންޑުގެ ޑޭވިޑް ބެކަމް އާއި ސްވިޑަންގެ ޒަލަޓަން އިބްރަހިމޮވިޗްގެ ޗެލެންޖެއް ކުރިއަށްދާނެ އެވެ.

މިރޭގެ މެޗުގެ ކުރިން އިބްރަހިމޮވިޗް ވަނީ ޓްވިޓާ މެދުވެރިކޮށް ބެކަމަށް ޗެލެންޖެއް ކޮށްފަ އެވެ.

"އިންގްލެންޑް މޮޅުވެއްޖެނަމަ އަހަރެން ޑޭވިޑް ބެކަމް އަށް ދުނިޔޭގައި އޭނާ ބޭނުންވި ކޮންމެ ތާކުން ކާން ދޭނަން. އެކަމަކު ސްވިޑަން މޮޅުވެއްޖެނަމަ ބެކަމް ޖެހޭނެ އަހަންނަށް އައިކިއާ (ގޭތެރޭގެ ސާމާނު އުފައްދާ ސްވިޑަންގެ ކުންފުންޏެއް) އިން ބޭނުން އެއްޗެއް ގަނެދޭން،" ބެކަމްގެ ޓްވިޓާ އެކައުންޓް ޓެގްކޮށްފައި އިބްރަހިމޮވިޗް ކުރި ޓްވީޓުގައިވެ އެވެ.

އިބްރަހިމޮވިޗްގެ ޓްވީޓަށް ބެކަމް ޖަވާބު ދިނީ އިންސްޓަގްރާމް މެދުވެރިކޮށެވެ.

"ސްވިޑަން މޮޅުވެއްޖެނަމަ އަހަރެން އިބްރަހިމޮވިޗް ގޮވައިގެން ދާނަން އައިކިއާ އަށް. ގޮސް ލޮސް އެންޖެލެސްގައި ހުރި އޭނާގެ ގެއަށް ބޭނުންވާ އެއްޗެއް ގަނެދޭނަން. އެކަމަކު އިންގްލެންޑް މޮޅުވެއްޖެނަމަ އިބްރަހިމޮވިޗް ޖެހޭނެ ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް ކުޅޭ މެޗެއްގައި އިންގްލެންޑް ޖޯޒީގައި ލައިގެން ދަނޑަށް ގޮސް ހާފް ޓައިމްގައި ފިޝް އެންޑް ޗިޕްސް އެއް ކާން،" ބެކަމް އިންސްޓަގްރާްމްގައި ލިޔުނު ޕޯސްޓެއްގައިވެ އެވެ.

އިބްރަހިމޮވިޗާއި ބެކަމް ކުޅުނުއިރު އިންގްލެންޑާއި ސްވިޑަން ވަނީ ވޯލްޑް ކަޕުގައި ދެ ފަހަރެއްގެ މަތިން ކުރިމަތިލައިފަ އެވެ. ދެ ފަހަރު ވެސް ކުޅުނީ ގްރޫޕް ސްޓޭޖުގަ އެވެ. ދެކުނު ކޮރެއާ ޖަޕާނުގައި 2002 ވަނަ އަހަރު އޮތް ވޯލްޑް ކަޕުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އަދި 2006 ވަނަ އަހަރުގެ މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

އިންގްލެންޑާ ދެކޮޅަށް އިބްރަހިމޮވިޗް އެންމެ މޮޅު ކުޅުމެއް ދެއްކީ 2012 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ ފަހަރު އިބްރަހިމޮވިޗް ވަނީ އިންގްލެންޑް ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. އޭގެ ތެރެއިން އެއް ގޯލަކީ ހާފުގެ މެދަކާ ހަމައިން ޖެހި އޯވަހެޑްކިކެކެވެ.