Roadha Mihaaru
އައްޑޫގެ އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ

އައްޑޫގެ އެކްސިޑެންޓުގައި ޒަހަމްވި މީހާ މަރުވެއްޖެ

18 މާޗް 2021

އައްޑޫ ލިންކް ރޯޑްގައި މިއަދު ހެނދުނު ސައިކަލަކުން ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ މަރުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ ލިންކް ރޯޑްގައި މިއަދު ހެނދުނު ސައިކަލަކުން ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބުނު މީހާ މަރުވެއްޖެ އެވެ.

ހަންކެޑެ ހިސާބުގައި ހިނގި ހާދިސާގައި، ސ. ހިތަދޫ ސަންރީފް، ފާތިމަތު އަސްމާގެ ބޯ ފެޅި އެތެރެއަށް ލޭ އެޅި ކޮނޑާއި މޭ ކަށިގަނޑަށް ވެސް ގެއްލުންވެފައިވެ އެވެ.

އޭނާ މަރުވީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށެވެ.

މެދު އުމުރުގެ އަންހެން މީހާ އަށް އަނިޔާވީ ހިތަދޫގައި ހުންނަ އައްޑޫ ހައި ސްކޫލަށް ދަރިފުޅު ލާފައި އެނބުރި ގެ އަށް ދިޔަ މަގުމަތީގަ އެވެ.