Roadha Mihaaru
ވެލި ފުންޏަކަށް އަރައި ޒުވާނަކަށް ބޮޑެތި އަނިޔާތަކެއް

ހިތަދޫގައި ވެލި ފުންޏަކަށް އަރައި ޒުވާނަކު ސީރިއަސް ހާލަތުގައި

03 އޯގަސްޓް 2024

އައްޑޫ ހިތަދޫގައި ފެން ހިންދާ ނިޒާމު ގާއިމު ކުރަން ކޮނެފައިވާ ވެލިފުންޏަކަށް ސައިކަލެއް އަރައި، މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫ ހިތަދޫގައި ފެން ހިންދާ ނިޒާމު ގާއިމު ކުރަން ކޮނެފައިވާ ވެލިފުންޏަކަށް ސައިކަލެއް އަރައި، މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފެން ހިންދާ ނިޒާމު ގާއިމްކުރަން މަގު ކޮނެފައިވާ ހިސާބުން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ރޭ 11:50 ހާއިރު ވެލި ފުންޏަކަށް އަރައިގެން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި ސައިކަލު ދުއްވަން އިން އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެގެން އައްޑޫ އިކުރިޓޯރިއަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އެ ފިރިހެންމީހާ އަށް ލިބިފައިވާ ގެއްލުންތައް ސާފު ނުވިޔަސް، ހޮސްޕިޓަލުން ބުނީ އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.