Roadha Mihaaru
އައްޑޫގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

އައްޑޫގައި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ

10 މާޗް 2018

އައްޑޫ ލިންކް ރޯޑުގައި މީގެ އިރުކޮޅެއް ކުރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

އައްޑޫ ލިންކް ރޯޑުގައި މީގެ އިރުކޮޅެއް ކުރިން ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

ލިންކް ރޯޑުން ހިތަދޫގައި ހުންނަ ކުނިކޮށި ކައިރިން ކާރަކާއި ސައިކަލެއް ޖެހި ހިނގި މި އެކްސިޑެންޓުގައި މަރުވީ ސ. ހިތަދޫ ނޫމުގުމާގޭ މުހައްމަދު ރަޝްމު ރިޔާޒް 29، އެވެ.

އައްޑޫ ލިންކް ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވި މީހާ ދުއްވި ސައިކަލް ވަރަށް ބޮޑަށް ހަލާކުވެފައި.---ފޮޓޯ: އައްޑޫލައިވް

އައްޑޫ ލިންކް ރޯޑުގައި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވި މީހާ ދުއްވި ސައިކަލް ވަރަށް ބޮޑަށް ހަލާކުވެފައި.---ފޮޓޯ: އައްޑޫލައިވް

ހިތަދޫ ހޮސްޕިޓަލުން ބުނީ، އެކްސިޑެންޓު ހިނގިއިރު ސައިކަލް ދުއްވަން އިން ރަޝްމު އެތަނަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށެވެ. އޭނާ ހޮސްޕިޓަލަށް ގެންދިޔަ ވަގުތު އާންމުން ނަގާފައިވާ ފޮޓޯތަކުން އެނގޭ ގޮތުގައި ހަށިގަނޑުގެ ބައެއް ތަންތަން ބިންދައިގެން ގޮސް ބޮޑެތި އަނިޔާތަކެއް ވަނީ ވެފަ އެވެ.

އައްޑޫގައި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވި ރަޝްމު

އައްޑޫގައި މިރޭ ހިނގި އެކްސިޑެންޓުގައި މަރުވި ރަޝްމު

"ކާރުގައި ތިބި ތިން މީހުންނަށް ވެސް އަނިޔާވެގެން މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި،" ހިތަދޫން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މި އެކްސިޑެންޓުގައި ޖެހުނު ސައިކަލާއި ކާރު ވެސް ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ކާރުގެ ކުރީކޮޅު އެއްކޮށް ހަލާކުވެފައިވާއިރު ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ވި އެވެ.