Roadha Mihaaru
އައްޑޫގައި އެކްސިޑެންޓުވި ޒުވާނާ މަރުވެއްޖެ

އައްޑޫގައި އެކްސިޑެންޓުވި ޒުވާނާ މަރުވެއްޖެ

19 މާޗް 2017

އިއްޔެ މެންދުރު ފަހު ސ. މަރަދޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓުގައި، ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާނާ ރޭ މަރުވެއްޖެ އެވެ.

އިއްޔެ މެންދުރު ފަހު ސ. މަރަދޫ ލިންކް ރޯޑްގައި ހިނގި އެކްސިޑެންޓުގައި، ބޮލަށް ސީރިއަސް ގެއްލުންތަކެއް ލިބުނު ޒުވާނާ ރޭ މަރުވެއްޖެ އެވެ.

ސ. ހިތަދޫ ސޮޑާގެ/މޮޑަންހައުސް މުހައްމަދު އަޒީމް 29، މަރުވީ އިތުރު ފަރުވާ އަށް މާލެ ގެނެސް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށް ރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު އެވެ.

އަޒީމްގެ ބޯ ފަޅައިގެން ގޮސް، ސިކުނޑި އަށް ވެސް ވެސް ލޭ އެޅުނެވެ. އޭނާ ސައިކަލުން ވެއްޓި ބިންމަތީގައި ބޯ ޖެހި، ބޯ ފަޅައިގެން ގޮސް ގިނަ އަދަދަކަށް މަގުމައްޗަށް ލޭ ވެސް ފައިބައިފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އަޒީމް އެކްސިޑެންޓްވީ ބާރު ސްޕީޑްގައި ސައިކަލް ދުއްވާފައި ދަނިކޮށް ކޮންޓްރޯލް ނުވެ ވެއްޓިގެންނެވެ.