Roadha Mihaaru
ލީކުކޮށްލީ ސައްހަ ލިޔުމެއް، ތަފުސީލު މާދަމާ: އުމަރު

ލީކުކޮށްލީ ސައްހަ ލިޔުމެއް، ތަފުސީލު މާދަމާ: އުމަރު

15 މާޗް 2021

އުތުރު ތިލަފަޅުގައި ރާއްޖޭގެ ކޯސްޓް ގާޑަށާއި އެމްއެންޑީއެފްގެ ވައިގެ ބަޔަށް ގާއިމުކުރާ ހާއްސަ ފެސިލިޓީޒްއާ ބެހޭ ގޮތުން ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން މިއަދު ލީކުކުރީ ސައްހަ ލިޔުމެއް ކަމަށާއި އޭގެ އިތުރު މައުލޫމާތު މާދަމާ އާންމު ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުތުރު ތިލަފަޅުގައި ރާއްޖޭގެ ކޯސްޓް ގާޑަށާއި އެމްއެންޑީއެފްގެ ވައިގެ ބަޔަށް ގާއިމުކުރާ ހާއްސަ ފެސިލިޓީޒްއާ ބެހޭ ގޮތުން ރާއްޖެ އާއި އިންޑިއާ އިން ސޮއިކޮށްފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން މިއަދު ލީކުކުރީ ސައްހަ ލިޔުމެއް ކަމަށާއި އޭގެ އިތުރު މައުލޫމާތު މާދަމާ އާންމު ކުރައްވާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އެއީ ދޮގު ލިޔުންތަކެއް ކަމަށް ރާއްޖޭގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ނަމަވެސް އޭގެ ފަހުން ކުރެއްވި ޓުވީޓެއްގައި އުމަރު ވަރަށް ޔަގީންކަމާ އެކު ވިދާޅުވީ، އެއީ ސައްހަ ލިޔުމެއް ކަމަށެވެ.

"އެއީ އިންޑިއާ އިން ފޮނުވި އެއްބަސްވުމުގެ ސްކޭން ކޮޕީއެއް،" އޭނާ ވިދާޅުވި އެވެ.

އުމަރު ވިދާޅުވާ ގޮތުގައި، އެ ޑްރާފްޓް އެގްރީމަންޓުގެ އިތުރު މައުލޫމާތު މާދަމާ އާންމު ކުރާނީ އޭނާ އިސްވެ އުފައްދާފައިވާ ސިޔާސީ އިސްލާހީ ހަރަކާތް ދިވެހި ނެޝަނަލް އެކްޝަން (ޑީއެންއޭ) އިންނެވެ.

އުމަރު އިސްވެ ދައުރު ކުރަމުން ދަނީ ދޮގު ލިިޔުންތަކެއް ކަމަށް ދިވެހި ސަރުކާރުން ބުންޏަސް އޭގެ އެއްވެސް ތަފުސީލެއް ހާމައެއް ނުކުރެ އެވެ. އެހެންވެ، އެކި ފަރާތްތަކުން މިހާރު ސަރުކާރަށް ގޮވާލަމުން ދަނީ އުމަރު ލީކުކުރީ ދޮގު ލިޔުމެއް ނެތް ނަމަ އޭގެ އަސްލު އެއްބަސްވުން ހާމަކޮށް، ތަފުސީލު ދިނުމަށެވެ.

ޑްރާފްޓް އެގްރީމަންޓުގައި ބޮޑެތި ކަންބޮޑުވުންތަކެއް

އުމަރު ލީކުކުރި ޑްރާފްޓް އެގްރީމަންޓުގައިވާ ގޮތުން ނަމަ، އުތުރު ތިލަފަޅުގައި ދިވެހި އަސްކަރިއްޔާގެ ކޮންޓްރޯލް ގެއްލޭނެ ބައެއް ބައިތައް ހިމެނެ އެވެ. އަދި، އެތަނުގެ ބޭނުން ތިން ވަނަ ޕާޓީއަކަށް (އިންޑިއާ އާއި ދިވެހި ސިފައިން ނޫން) ހޯދޭނީ، އަމިއްލަ ފަރާތްތަކަށް ކަމަށް ވެސް އެ އެގްރިމަންޓުގައި ވެ އެވެ. އޭގެ މާނައަކީ އިންޑިއާ ފިޔަވައި އެހެން ގައުމެއްގެ އަސްކަރިއްޔާ އަށް ވެސް އުތުރު ތިލަފަޅު ބޭނުންކުރުމުގެ ފުރުސަތު ބަންދުވުމެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޔޫޓީއެފް ތަރައްގީކުރަން އިންޑިއާއާ އެކު އެއްބަސްވުމަކަށް ނުދެވުނީ ވެސް ރާއްޖޭގެ ސިޔާސަދަތަށް ގެއްލުން ހުރި ކަންކަން ހުރުމުންނެވެ. އަދި ޔޫޓީއެފް އޮތް ސަރަހައްދަކީ، ބައިނަލްއަގުވާމީ ގޮތުން ވެސް މުހިންމު ޕޮއިންޓަކަށް ވެފައި، އިންޑިއާ ނޫނަސް އެހެން ބައެއް ގައުމުތަކުން ވެސް އެތަން ތަރައްގީކުރަން އެދެމުން ދާތީ، އެންމެ މަސްލަހަތު ހުރީ ސަރުކާރުން އެކަން އަމިއްލައަށް ކުރުން ކަމަށް، ޔަމީން ގަބޫލުފުޅުކުރެއްވި ކަމަށް ވެސް، އިދިކޮޅުން ބުނެ އެވެ.

އެކަމަކު މި ސަރުކާރުން ވަނީ ސީދާ އިންޑިއާ ސަރުކާރުގެ އެހީގައި ޔޫޓީއެފް ތަރައްގީކުރަަން އެއްބަސްވެ، ސޮއި ވެސް ކޮށްފަ އެވެ.

ޑްރާފްޓްގައި ހިމެނޭ އެއް ކަމަކީ ޔޫޓީއެފް "ހިންގާށާއި އިދާރީ ކަންކަމަށް އެކަށީގެންވާ ވަރަށް އިންޑިއާ ސިފަައިިންނަށް ހުއްދަ ލިބެން ޖެހޭ" ވާހަކަ އެވެ. އެގޮތުން ބަނދަރު ތަރައްގީކުރުމުގެ ކުރިން ޑިޒައިންކުރުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު ވެސް، އަދި ފެސިލިޓީ މަރާމާތުކުރުމާއި ބެލެހެއްޓުމުގައި ވެސް، އެކަމަށް އެކަށީގެންވާ ވަރަށް އިންޑިއާގެ އަސްކަރީ ފަރާތްތަކަށް ފުރުސަތު އޮންނަން ޖެހޭ ކަމަށް، ޑްރާފްޓްގައިވެ އެވެ.

ޔޫޓީއެފް ތަރައްގީކުރަނީ، ދިވެހި ސަރުކަރުގެ ލަފައާ އެކު އިންޑިއާ ސަރުކާރުން ކަނޑައަޅާ ކޮންޓްރެކްޓެއް ކަމަށް ވެސް، އޭގައިވެ އެވެ.

ޑްރާފްޓް އެގްރިމެންޓް ބުނާ ގޮތުން އުތުރު ތިލަފަޅަކީ ދިވެހިންގެ މިލްކެކެވެ. ނަމަވެސް ތަން މެނޭޖްކުރުމާއި ބެލެހެއްޓުމުގެ ޒިންމާ އުފުލާނީ ރާއްޖެ އާއި އިންޑިއާ ގުޅިގެންނެވެ. އެކަމަށްޓަކައި ކޮންމެ ގައުމަކުން މަދުވެގެން ދެ އޮފިސަރުން ހިމެނޭ ގޮތަށް ޖޮއިންޓް ރެސިޑެންޓް ޓީމް (ޖޭއާރުޓީ) އެއް އުފައްދަ އެވެ.

ޔޫޓީއެފްގެ ހިންގުމުގައި ދުވަހުން ދުވަހަށް ނަގަން ޖެހޭ ޒިންމާތައް ނަގާނީ ޖޭއާރުޓީންނެވެ.

ޔޫޓީއެފްގައި ހިމެނޭ ހުރިހާ ފެސިލިޓީއެއް، އޭގެ ތެރޭގައި ކޯސްޓް ގާޑު ބަނދަރާއި ވައިގެ ބަނދަރު ވެސް، ދެ ގައުމުގެ ސިފައިންނަށް ބޭނުންކުރެވޭނެ ކަމަށް، ޑްރާފްޓް އެގްރިމެންޓްގައި ބުނެ އެވެ. ބަނދަރު ހެދުމާއި ހިންގުމުގައި އިންޑިއާއިން ވެސް ހޭދަކުރާތީ، ޑްރާފްޓް އެގްރިމެންޓް އޮތް ގޮތުން، ބަނދަރުން އިންޑިއާއިން ހޯދާ އެއްވެސް ހިދުމަތަކަށް ޗާޖެއް ނުކުރެވޭނެ އެވެ.