14 މާޗް 2021
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފެށި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ފިހާރައެއް ރޭ މާލޭގައި ހުޅުވައިފި އެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީވުމުގެ ގޮތުން ފެށި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ)ގެ ފިހާރައެއް ރޭ މާލޭގައި ހުޅުވައިފި އެވެ.
މި ފިހާރަ ހުޅުއްވައިދެއްވީ ޖަޕާނުން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު ކެއިކޯ ޔަނާ އެވެ. މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީ އާއި ބީސީސީގެ އިސް އޮފިޝަލުން ވެސް ބައިވެރިވެ ވަޑައިގަތެވެ.
"އޮތެންޓިކް މޯލްޑިވްސް"ގެ ނަމުގައި ހުޅުވި މި ފިހާރައަކީ ދިވެހިންގެ އުފެއްދުންތަކަށް ހާއްސަކޮށްގެން ހުޅުވި ފިހާރައެކެވެ. މި ފިހާރަ ހުޅުވާފައި ވަނީ އޯކިޑް މަގުގެ ޔުނިވާސަލް ބިލްޑިންގެ ގްރައުންޑް ފްލޯގަ އެވެ.
މި ފިހާރައިން ވިއްކާނީ ދިވެހިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދައްކުވައިދޭ ތަކެއްޗެވެ. މީގެ ތެރޭގައި ދިވެހިންގެ ކުރެހުންތަކާއި އަތްތެރި މަސައްކަތްތައް ހިމެނެ އެވެ. އަދި ފަރުނީޗަރު ހަދާ މީހުންނަށް އެތަކެތި ޝޮކޭސް ކުރުމަށް "ޝޯރޫމް ކޯނާ"އެއް ވެސް ވަނީ ހަދައިފަ އެވެ.
އޮތެންޓިކް މޯލްޑިވްސްގެ މާލޭގެ ފިހާރައިން ވިއްކާ ދިވެހިންގެ އުފެއްދުންތަކެއް ބަޔަކު ބަލާލަނީ-- ފޮޓޯ: ބީސީސީ
ބީސީސީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި އޮތެންޓިކް މޯލްޑިވްސްގެ އިތުރު ދެ ފިހާރައެއް ހުޅުލެ އާއި ހުޅުމާލޭގައި ހުޅުވައިފަ އެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިއުޓީ ފްރީގައި ހުޅުވި ފިހާރައިގައި މިހާތަނަށް 60 އަށްވުރެ ގިނަ ދިވެހިންގެ އުފެއްދުންތައް އަންނަނީ ވިއްކަމުންނެވެ. އަދި ހުޅުމާލޭގައި ހުޅުވި ފިހާރައިގައި 50 އަށްވުރެ ގިނަ މީހުންގެ އުފެއްދުންތަކަށް ވަނީ ޖާގަ ދީފަ އެވެ.
އެ ކުންފުނިން ބުނީ ކުރިއަށް އޮތްތާނގައި ޖާގަ ލިބޭ ވަރަކުން ދިވެހި އިތުރު އުފެއްދުންތަކަށް ފުރުސަތު ދޭނެ ކަމަށެވެ. އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި މީހުންނަށް ފުރުސަތު ހޯދައި ދިނުމަށް އެކި ރަށްރަށުގައި ވެސް ފިހާރަތަކަށް ހުޅުވާނެ ކަމަށް ބީސީސީން ބުންޏެވެ.
ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތަކަށް ނުދީ ހަތް ބިލިއަން
ހުޅުމާލޭގައި ހެދި ކޮންޓެއިނާ ވޯކިން ސްޕޭސް ހުޅުވައިފި
އެސްއެމްއީ ހަބްގެ ކާބޯތަކެތީގެ ކިއޮސްކްތަައް ކުއްޔަށް
ކުދި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާގެ ފަންޑެއް
އެސްޑީއެފްސީން 283 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި
އެސްއެމްއީގެ ސިޔާސަތަށް އަމަލު ކުރަން ފަށަނީ
އެސްއެމްއީ ބޭންކު: ހަރުދަނާ އުސޫލެއް ބޭނުންވާނެ
ގެޓްސެޓް ލޯނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ގެޓްސެޓް ލޯނަށް ކުރިމަތިލުމަށް ހުޅުވާލައިފި
ބީޑީސީގެ ހިދުމަތްތައް އަދިވެސް ހިލޭ ދޭނެ: މިނިސްޓްރީ