02 އެޕްރީލް 2017
ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ 25 މިލިއަން ރުފިޔާގެ ގެޓްސެޓް ލޯނު ޕްރޮގްރާމަށް ކުރިމަތިލާން އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
ޒުވާން ވިޔަފާރިވެރިން އުފެއްދުމަށް ސަރުކާރުން ކުރިއަށް ގެންދާ 25 މިލިއަން ރުފިޔާގެ ގެޓްސެޓް ލޯނު ޕްރޮގްރާމަށް ކުރިމަތިލާން އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
އެ ޕްރޮގްރާމްގެ މެނޭޖަރު މަހީލް ޖަލީލް ވިދާޅުވީ މީގެ ދެ އަހަރު ކުރިން ސަރުކާރުން ފެށި ލޯނު ޕްރޮގްރާމަށް ހުށަހަޅާ ފޯމްތައް މި މަހުގެ 16 އިން 27 އަށް ބަލައިގަންނަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އެކަމަށް އެދޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ލޯނު ޕްރޮގްރާމަށް ކުރިމަތިލެވެނީ އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އަދި އެކަމަށް އެދޭ ޒުވާނުންނަށް 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއް ލޯނުގެ ގޮތުގައި ދޭން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
"ގެޓްސެޓްގެ ފުރަތަމަ ރައުންޑަށް ޒުވާނުންގެ ޝައުގުވެރިކަން ވަރަށް ބޮޑަށް ލިބުނު. އަދި ސަރުކާރުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ރައީސްގެ ބެލުމުގެ ދަށުން މި ޕްރޮގްރާމް ކުރިއަށް ގެންދަނީ،" މަހީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލޯނަށް އެދޭ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމަށް ފަހު ވަރަށް އަވަހަށް ލޯނު ދޫކުރަން ފަށާނެ އެވެ.
ގެޓްސެޓް ލޯނަށް ހުށަހެޅެނީ މަދުވެގެން ދެ މީހަކު ގުޅިގެން ފަށާ ވިޔަފާރިތަކަށެވެ.
ގެޓްސެޓް ލޯނަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
އިތުރު ވަޒީފާތައް ގެއްލި، ކުދި ވިޔަފާރިތައް ފުނޑިދާނެ
ގެޓްސެޓް ލޯނުގެ ފޯމުތައް ބަލައިގަންނަން ފަށައިފި
ވެރިކަމާ ހަވާލުވިއިރު ވިޔަފާރިތަކަށް ނުދީ ހަތް ބިލިއަން
ޑޮލަރުގެ އަގު ހަމައަކަށް އަޅުވަން މަސައްކަތް ފަށާނަން
ސައުދީއާ އެކު 40 މިލިއަން ޑޮލަރުގެ އެއްބަސްވުމެއް
އެސްއެމްއީތަކަށް 1.3 ބިލިއަންގެ ލޯނު ދޫކޮށްފި
އަހަރު ނިމޭއިރު 2019ގެ އިގްތިސާދީ ހާލަތަށް ދެވޭނެ
ލޯނު ދެއްކުން ދޮޅު އަހަރަށް ފަސްކޮށްްދޭން ގޮވާލައިފި
ދިވެހިންނަށް އިންޒާރެއް: ފަރުވާކުޑަކުރެވޭނެ ކަމެއް ނޫން