13 ނޮވެމްބަރ 2016
ރޯމް (ނޮވެމްބަރު 13) – ވޯލްޑް ކަޕް ކޮލިފައިން ޔޫރަޕް ޒޯނުގެ ގްރޫޕް ޖީ ގައި ރޭ ލިޗެސްޓެއިން އަތުން 4-0 އިން އިޓަލީ މޮޅުވިއިރު މެސެޑޯނިއާ އަތުން 4-0 އިން ސްޕެއިން މޮޅުވެއްޖެ އެވެ.
ރޯމް (ނޮވެމްބަރު 13) – ވޯލްޑް ކަޕް ކޮލިފައިން ޔޫރަޕް ޒޯނުގެ ގްރޫޕް ޖީ ގައި ރޭ ލިޗެސްޓެއިން އަތުން 4-0 އިން އިޓަލީ މޮޅުވިއިރު މެސެޑޯނިއާ އަތުން 4-0 އިން ސްޕެއިން މޮޅުވެއްޖެ އެވެ.
ދެ ޓީމަށް ވެސް 10 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެއް ވަނަ ލިބެނީ ސްޕެއިނަށެވެ. އިޓަލީ ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އިޒްރޭލެވެ. ރޭ އަލްބޭނިއާ އަތުން 3-0 އިން މޮޅުވި އިޒްރޭލް ވަނީ ނުވަ ޕޮއިންޓް ހޯދައިފަ އެވެ.
ލިޗެސްޓެއިން އަތުން އިޓަލީ މޮޅުވިއިރު ތަފާތު ދެއްކީ ޒުވާން ކުޅުންތެރިޔާ އަންދްރޭ ބެލޮއްޓީ އެވެ. އޭނާ ވަނީ ދެ ލަނޑު ޖަހައި އެއް ލަނޑު ޖަހައި މަގުފަހިކޮށްދީފަ އެވެ. އަނެއް ދެ ލަނޑު ޖެހީ ޗީރޯ އިމޮބިލޭ އަދި އަންދްރޭ ކަންޑްރޭވާ އެވެ.
އިޓަލީން 4-2-4 ގެ އާ ފޯމޭޝަނަކަށް ކުޅުނުއިރު ކޯޗު ޖިއެމްޕިއޭރޯ ވެންޗޫރާ ބުނީ އަށެއްކަ ލަނޑު ޖަހާނެ ފުރުސަތު ލިބުނު ކަމަށާއި އެކަމަކު ޖުމްލަކޮށް ކުޅުންތެރިންގެ މަސައްކަތާއި އެޓިޓިއުޑާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
މެސެޑޯނިއާ އަތުން ސްޕެއިން މޮޅުވިއިރު ފުރަތަމަ ގޯލަކީ މެސެޑޯނިއާގެ ވެލްކޮސްކީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ސްޕެއިނުގެ އަނެއް ތިން ލަނޑު ޖެހީ ވިޓޯލޯ އާއި ނަޗޯ މޮންރެއަލް އަދި އަޑުރިޒެވެ.
ސްޕެއިނުން ރޭ ކުޅުނީ އަންދްރޭ އިނިއެސްޓާ އާއި ޖެރާޑް ޕީކޭ އާއި ސާޖިއޯ ރާމޯސް އަދި ޖޯޑާ އަލްބާ ނެތި އެވެ. ކޯޗު ހުލެން ލޮޮޕެޓެގުއީ ބުނީ އެ ކުޅުންތެރިން ނެތުމުން އާ ކުޅުންތެރިންނަށް ފުރުސަތު ލިބުނު ކަމަށާއި މި މެޗުގައި ފެނިގެން ދިޔައީ ޓީމެއްގެ ގޮތުގައި ކުޅެ ކާމިޔާބު ހޯދިތަން ކަމަށެވެ.
އިޓަލީ އާއި ޖަރުމަނު މޮޅުވިއިރު، ސްޕެއިން އެއްވަރު
ސްޕެއިނަށް ލަނޑުގެ އީދެއް، އިޓަލީ ޕްލޭއޮފާ ދިމާލަށް
އިޓަލީ ބަލިކޮށް ސްޕެއިން ވޯލްޑް ކަޕާ ދިމާލަށް
އިޓަލީއާ ދެކޮޅަށް ސްޕެއިނުން "ފޯލްސް ނައިން"؟
އިޓަލީން މޮޅަށް ކުޅުނު ސްޕެއިން ހިފަހައްޓައިފި
ތަފާތު ބޮޑު މޮޅަކުން ސްޕެއިން ކޮލިފައިން ފަށައިފި
ޗެމްޕިއަނުން ދެމިގަތީ ފަހު ވަގުތު
ޗެމްޕިއަން އިޓަލީ ބަލިކޮށް ސްޕެއިން ދެވަނަ ބުރަށް
ޔޫރޯ 24: އިޓަލީއަށް ސްޕޭން، ފްރާންސަށް ނެދަލެންޑްސް
އިޓަލީ އަށް ނުވި، ސްޕެއިން އަނެއްކާ ވެސް ފައިނަލަށް