11 މާޗް 2021
ބީއެމްއެލް އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ކޮވިޑް ރިލީފް ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
ބީއެމްއެލް އިން ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކް (އީއައިބީ)ގެ ކޮވިޑް ރިލީފް ލޯނަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ދެވަނަ ފަހަރަށް ހުޅުވާލައިފި އެވެ.
މި ލޯނު ފަންޑަށް ކަނޑައަޅާފައިވާ އަދަދު ހަމަވުމާ ގުޅިގެން، މިދިޔަ ޑިސެމްބަރު 29 ޑިސެމްބަރު ގައި ވަނީ ފޯމު ހުށަހެޅުމުގެ ފުރުސަތު ވަގުތީ ގޮތުން މެދުކަނޑާލައިފަ އެވެ. އެ ފުރުސަތުގައި ހުށަހެޅި ފޯމުތައް އިވެލުއޭޓު ކުރުމަށް ފަހު ފަންޑުގައި އިތުރު ފައިސާ ހުރުމުން އަލުން އެ ފުރުސަތު ހުޅުވާލީ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ފަންޑަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ކޮވިޑް-19ގެ ސަބަބުން ދިމާވި ގެއްލުންތަކަށް އަރައިގަތުމަށް އީއައިބީން ތައާރަފު ކުރި ލޯނެކެވެ. އެގޮތުން، 15.42 މިލިއަން ރުފިޔާ އީއައިބީން ވަނީ ރާއްޖެއަށް ދީފަ އެވެ.
އަލުން ހުޅުވި ފުރުސަތުގެ ދަށުން މި މަހުގެ ނިޔަލަށް ފޯމު ހުށަހެޅޭނެ އެވެ. ލޯނަށް އެދި ހުށަހަޅާ ފޯމާއި އެހެނިހެން ލިޔެ ކިޔުންތައް ބީއެމްއެލްގެ ވެބްސައިޓު eibreliefloan@bml.com.mv އިން ޑައުންލޯޑު ކުރެވޭނެ އެވެ.
އީއައިބީގެ ލޯނަކީ ހަ ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ދޫކުރާ ލޯނެކެވެ. އަދި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް ހަތަރު އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތެއް ލިބޭނެ އެވެ.
ބީއެމްއެލް ސްޓިމިޔުލަސް ލޯން: ސުންގަޑިއަކީ ހޮނިހިރު
ކުރިން އީއައިބީ ލޯނު ނެގި މީހުންނަށް މިފަހަރު ނުލިބޭނެ
އާދީއްތަ ދުވަހުން ފެށިފެން ސްޓިމިއުލަސް ލޯނަށް އެދެވޭނެ
ވިޔަފާރިތަކަށް 968 މިލިއަން ރުފިޔާ ދޫކޮށްފި
ވިޔަފާރިތަކަށް 750 މިލިއަން ރުފިޔާގެ މާލީ އެހީ ދީފި
ބީއެމްއެލުން ރަހުނަކާ ނުލައި ވިޔަފާރިތަކަށް ލޯނު ދެނީ
އެސްއެމްއީ ފޯރަމް ކުޅުދުއްފުށީގައި ފަށައިފި
ކްރިޕްޓޯ އެކްސްޗޭންޖްގެ ހިދުމަތެއް ނުދެން: ބީއެމްއެލް
ބީއެމްއެލް ކާޑުން ވިޔަފާރިކޮށްގެން މިމަހު 100000ރ
ސްޕޯޓްސް ސްކޮލަޝިޕް ލިބޭ އެތުލީޓު ހޮވައިފި