ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށްލައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ތިބޭ މައްސަލައިގެ ފާޑުކިއުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްދު ދެއްވައިފި އެވެ.
10 މާޗް 2021
ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަނި ޖަލަށްލައި އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އަމަލީ ގޮތުން އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ގޭ ބަންދުގައި ތިބޭ މައްސަލައިގެ ފާޑުކިއުންތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ރައްދު ދެއްވައިފި އެވެ.
ރައީސް އޮފީހުން ވާޗުއަލްކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބާއި ޒިޔަތު ގޭ ބަންދަށް ބަދަލުކުރީ ސިއްހީ ލިއުމެއް އޮވެ އިޖުރާއަތުގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. ގާނޫނާ ޚިލާފު ކަމެއް އެކަމުގައި ނެތް ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ގޮތުގައި އަދީބު ގޭ ބަންދަށް ބަދަލުކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށެވެ. އޭނާ ގޭބަންދަށް ބަދަލުކުރަން ޖެހުނީ ނިދަން ބޭނުންކުރާ މެޝިން ޖަލުގައި ބެހެއްޓޭނެ ގޮތެއް ނެތުމުންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އަދީބާއި ޒިޔަތު ގޭގައި ބަހައްޓަންޖެހޭ ކަަމަށް ޑޮކްޓަރު ދެއްވާފައިވާ ފަދަ ލިއުމެއް ޔާމީންގެ ލިބިފައެއް ނެތެވެ. އެމަނިކުފާނާ ގުޅިގެން ޑޮކްޓަރުން ލަފާ ދެއްވާފައި އޮތީ ޓެސްޓްތަކެއް ހަދަން ބޭރަށް ފޮނުވަން ކަމަށާއި އެ ފުރުސަތު ޔާމީނަށް އެރުވި ކަމަަށް ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ފުރުސަތު ޔާމީން ބޭނުން ނުކުރެއްވީ ކަމަށެވެ.
"އޭގެ ފަހުން ސިއްހީ އެއްވެސް ކަމެއްގައި ރައީސް ޔާމީން ފަރުވާއެއް ހޯދުމަށްޓަކައި އަދިއެއް އަޅުގަނޑަކާ ހިސާބަކަށް ނާދޭ، އެދިފައި އޮތް ކަމެއްވިއްޔާ އެ ކަމެއް ވާނީ ކޮށްދީފައި،" ރައީސް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު އަމިއްލަ އެކައުންޓަށް ޖަމާކޮށް އަސްލު އޮޅުވާލައި މަންފާ ހޯދިކަން ޝަރީއަތަށް ސާބިތުވެގެންނެވެ. އެއީ ޚިޔާނާތުގެ ފައިސާ ކަމަށް ޝައްކުވާ އެއް މިލިއަން ޑޮލަރު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު އޮޅުވާލުމުންނެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލްސާއެއްގައި.
މީގެ އިތުރުން މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ އުފުލައި ޖަލަށް ހުކުމް އިއްވާފައިވާ ޔާމީންގެ މައްޗަށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ދައުވާ އުފުލައި ޝަރީއަތް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަގެންދެ އެވެ. އެކަމަކު އެ ދައުވާތަކަށް ޔާމީން އިންކާރު ކުރެއްވި އެވެ.
ޔާމީންގެ ޕާޓީ، ޕީޕީއެމާއި ޕީއެންސީން ތުހުމަތުކުރާ ގޮތުގައި އެ މަނިކުފާނު ޖަލަށް ލީ ސިޔާސީ މަގްސަދެއްގަ އެވެ. ޔާމީންގެ ވަކީލުން ވެސް ވިދާޅުވި ގޮތުގައި އަސާސީ ހައްގުތަކާއި މިނިވަންކަމާއި ހަމަހަމަކަމާއި އިންސާފު، އެއްވެސް ތަފާތުކުރުމެއް ނެތި ކޮންމެ ރައްޔިތަކަށް ގާނޫނުއަސާސީން ކަށަވަރުކޮށްދީފައި ވިޔަސް ޔާމީންގެ ހައްގުތައް ވެސް ދަނީ ނިގުޅައިގަންނަމުންނެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅުވައި ޔާމީން އެކަނި ޖަލަށް ލައިގެން އުޅުމަކީ ވެސް ސަރުކާރުން އެމަނިކުފާނާ ދޭތެރޭގައި ނުހައްގުން އަމަލުކުރަމުންދާ ކަމެއް ކަން ހާމަވާ ކަމަށް ވެސް ވަކީލުން ވިދާޅުވެ އެވެ.
ޔާމީންގެ ވަކީލުން ވިދާޅުވެފައި ވަނީ އަދީބަށް ޣައިރު ގާނޫނީ ލުއިތަކެއް ދިނީ ސަރުކާރުން އަދީބާ އެކު ހެދި ސިއްރު އެއްބަސްވުމުގެ ދަށުން "ހަދިޔާއެއް"ގެ ގޮތުގައި ކަމަށެވެ. ޣައިރު ގާނޫނީ އެ ލުއިތަކުގެ ބަދަލުގައި، އެ އެއްބަސްވުމުގެ ދަށުން އަދީބު ކުރައްވާ ކަމަކީ ޔާމީނާ ދެކޮޅަށް ހެކި ބަސް ދެއްވުން ކަމަށް ވެސް ވަކީލުން ވިދާޅުވެފައިވެ އެވެ.
ކޮރަޕްޝަންގެ މޫތައް އާ ކޮމިޝަނަށް ލުހެލެވޭނެ؟
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
ރެހެންދި ފްލެޓުގެ ފުޓޭޖް ނެގީ 2015 ގައި: ހަމީދު
ރައީސަށް އެމްއެމްޕީއާރުސީގެ ތަހުގީގު ލަހެއް ނޫން!
ޒީރޯ ޓޮލަރެންސާއެކު ކޮރަޕްޝަން ރިޕޯޓްކުރުން އިތުރުވެއްޖެ
މެމްބަރުންގެ ބަސް: ހިޔާނާތްތައް ބެލުމުގައި ފެއިލްވެއްޖެ
ގަސްދުގައި ލިޔެކިއުންތައް ގެއްލުވާލާފައިވޭ: އަސްއަދު
ޓީއެމްއޭއަށް ޓާމިނަލް ދޭން ނިންމި ގޮތާ އޭސީސީ ދެކޮޅު
ރައީސްގެ ކަންބޮޑުވުމާ ގުޅިގެން އޭސީސީން މަޝްވަރާ އަށް