12 ނޮވެމްބަރ 2016
ދުނިޔެ މިހާރު ކުރިއަރަމުންދާ އުސޫލަށް ބަލާ ނަމަ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ލަސް ކުރެވެން ނެތް ކަމަށާއި މަޝްރޫއުތައް ލަސްވެއްޖެ ނަމަ ރާއްޖެ ބާކީވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ދުނިޔެ މިހާރު ކުރިއަރަމުންދާ އުސޫލަށް ބަލާ ނަމަ ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ލަސް ކުރެވެން ނެތް ކަމަށާއި މަޝްރޫއުތައް ލަސްވެއްޖެ ނަމަ ރާއްޖެ ބާކީވެގެންދާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.
ރ. ދުވާފަރުގައި ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ކުރިން އަހަރުތަކެއް ހޭދަވެގެން ނިންމަމުން އައި މަޝްރޫއުތައްް މަދު ހަފުތާތަކެއްގެ ތެރޭގައި މިހާރު ނިންމަމުން ގެންދެވެ އެވެ. މިހާރު މަޝްރޫއުތައް ހިނގަމުންދާ ގޮތް އަވަސް ކަމުން ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުންގެ ޝަކުވާއަކީ އެ ހުރިހާ ކަމަކަށް "ވަގުތު ނެތޭ، ވަގުތު ނެތޭ" ބުނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަކު ދުނިޔެ ހިނގަމުންދާ އުސޫލަށް ބަލާއިރު ތަރައްގީގެ މަޝްރޫއުތައް މަޑުޖައްސާލެވެން ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކަށް ނެތް ދުވަސްވެފައި އޮތް ސާރިދޯޅެއްގެ ލަސްކަން މަތީގައި ތިބެވޭކަށް ޖާގައެއް. އަޅުގަނޑުމެން ޖާގަ ހޯދަން މިޖެހެނީ ޅަނދޮޅު ފުއްލާގެ ބާރުން. މި ޖާގަ ނުހޯދޭ ކަމަށް ވަންޏާ ބަޖެޓްގެ ބުރަހެލިކަމާ އެކީ ސަރުކާރުގެ ވިސްނުމަކަށް އަދި ރައްޔިތުންގެ އުއްމީދަކަށް ފުރުސަތެއް ނެތް. އަދި ކުރިއަރަމުންދާ ގައުމުތަކުގެ ތަރައްގީއާ އަރާ ހަމަ ނުކުރެވޭތީ ސަފުން ބާކީވެގެން މިދަނީ. ޝިކާރަވެގެން މިދަނީ،" ރައީސް ވިދާޅުވި އެވެ. "އަޅުގަނޑުމެން ބޭނުމެއް ނުވޭ ޝިކާރަ ވާކަށް. އަޅުގަނޑުމެން ބޭނުންވަނީ އެހެން ތަންތަނުގެ ފަހަތުން ގޮސް ޝިކާރަ ކުރަން."
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހަޅާފައިވާ މިދަނޑިވަޅުގައި ރައީސް ޔާމީން ވިދާޅުވީ ދައުލަތުގެ ބަޖެޓަކީ މަޝްރޫއުތައް ހަލުވިކަމާ އެކު ކުރިއަށް ގެންދެވޭ ފަދަ ބަޖެޓަކަށް ވާންޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ ބޭނުންވާ ތަރައްގީ ބޭނުންވާ ހަލުވިމިނުގައި ނުގެންދެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ކުށްކުރާ މީހުންނަށް އަދަބު ދިނުމަށް ވުރެ ބޮޑަށް ކުށް ކުރަން ފުރުސަތު ނުލިބޭ ގޮތަށް ކަންކަން ބަދަލު ކުރުން ކަމަށެވެ. ޒުވާނުން ގެދޮރުވެރި ކުރުވުމުގެ ސިިޔާސަތަކީ އޭގެ އެއް ސިޔާސަތު ކަމަށާއި ގެދޮރުގެ ދަތިކަމަކީ ކުށް ކުރުމާއި އިޖްތިމާއީ މައްސަލަތަކަށް ވަރަށް ބޮޑަށް މަގުފަހި ކުރާ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އެންމެ ނުވަތަ ދެ ކޮޓަރި އެޕާޓްމެންޓެއްގައި ދެ ފެމިލީ ނުވަތަ ތިން ފެމިލީ އުޅޭއިރު ޒުވާނުންގެ އިހުސާސްތައް ހުންނާނެ ގޮތް ވިސްނަވާ. ތުއްތު ކުދިންގެ އިހުސާސް ހުންނާނެ ގޮތް ވިސްނަވާ. މިހާ ދަތި ހާލުގައި އުޅޭ ކަމަށް ވަންޏާ އެކިއެކި ކުށްތަކަށް އަރައިގަތުމުގެ ވިސްނުން އަންނާނެ. އަދި މި ކުދިންގެ ނާޖާއިޒް ފައިދާ ނަގާނެ ބަޔަކު އަބަދުވެސް އުޅޭނެ،" ރައީސް ވިދާޅުވި އެވެ.
މާލޭގައި ޕާކުތަކާއި މައިޒާންތައް ސަރުކާރުން އިތުރު ކުރުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި ޕީޕީއެމްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެ ޖަލްސާގައި ވަނީ އަލަށް އެ ޕާޓީއާ ގުޅުނު މީހުންގެ ފޯމްތައް ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ.
ޕީޕީއެމްގެ މެނިފެސްޓޯ ތަންފީޒުކުރަނީ ކިހާ ވަރަކަށް؟
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
ހިދުމަތުގައި ވެވުނު މިންވަރަކުން ދެމިހުންނާނަން: ރައީސް
ޕީޕީއެމްގެ މެނިފެސްޓޯ: "އާމްދަނީ ދެ ގުނަ މައްޗަށް"
ރައީސް ޔާމީންގެ އުންމީދުތައް މާ ކުރީގައި
ކައްދޫ އެއާޕޯޓު ބޮޑު ކުރަން ރައީސް ވައުދުވެވަޑައިގެންފި
އަޅުގަނޑަކީ ވަރަށް ވަތަނީ މީހެއް: ރައީސް ޔާމީން
ރައީސް ޔާމީން ނ. އާއި ރ. އަތޮޅަށް