ރައީސްކަމުން ވަކިވެވަޑައިގަތަސް އެމަނިކުފާނަށް ވެވަޑައިގެންނެވި މިންވަރަކުން ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
24 ސެޕްޓެމްބަރ 2018
ރައީސްކަމުން ވަކިވެވަޑައިގަތަސް އެމަނިކުފާނަށް ވެވަޑައިގެންނެވި މިންވަރަކުން ރައްޔިތުންގެ ހިދުމަތުގައި ދެމިހުންނަވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށް، ފުރަތަމަ ފަހަރަށް ދިވެހި ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ކުރިމަތިލެއްވިއިރު، ރާއްޖެ އޮތީ ވަރަށް ނާމާންކަމާއި ނާއުންމީދުގެ ތެރޭގައި ކަމަށެވެ. އަދި އެމަނިކުފާނުގެ އަމާޒަކަށް ވީ ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި ކަންކަން ހައްލުކޮށް ދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
ދިވެހި ގައުމާ މުހާތަބް ކުރެއްވުމަށް ފަހު، ރައީސް ޔާމީން ވަޑައިގަންނަވަނީ. - ފޮޓޯ: ރައީސް އޮފީސް
"އޭގެ ތެރޭގައި ރަށްރަށަށް ދިމާވާ ކަންކަމުގެ ތެރޭގައި ނަރުދަމާ، ސާފު ބޯފެން ލިބުން، ބަނދަރު، މަދަރުސާ ހެދުން. މިކަހަލަ ކޮންމެ ކަމަކީ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާ އަންނަ ކަންތައް، އަޅުގަނޑު ގަބޫލުކުރަނީ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކު މިކަހަލަ އަސާސީ ހިދުމަތްތައް މާލޭގައި ދެވޭ ފެންވަރަށް ލިބެންވާނެ ކަމަށް،" ރައީސް އޮފީހުގައި ހުންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން، އެމަނިކުފާނުގެ ވެރިކަމުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތްޕުޅު ކުރެއްވި ކަން ރައީސް ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވި ގޮތުގައި ޒުވާނުންނަށް ބޭނުންވާ ހުރިހާ ކަމެއް ހަމަޖައްސައިދީފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަކީ އަބުރުވެރިކަމާއި ކަރާމާތް ލިބިގެންވާ ބައެއް ކަން ހާމަކޮށްދީ، ޒުވާނުންނަށް އިތުބާރު ހޯދައި ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، އެމަނިކުފާނުގެ ސަރުކާރުގައި ޒުވާނުން ކުށް ކުރުން މަދުވި ކަމަށް ވިދާޅުވި އެވެ.
އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ވޯޓު ލައްވަނީ -- ފޮޓޯ؛ ރައީސް އޮފީސް
"ޒުވާނުންގެ ހާލަތު ރަނގަޅު ކުރުމަށް އަޅުގަނޑު ފަށާފައި ހުރި މަޝްރޫއުތަކާއި ނިމެމުންދާ މަޝްރޫއުތަކާއި އަދި ކުރިއަށް އޮތް އަޅުގަނޑުގެ ތަސައްވުރު،" ޒުވާނުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން އަންނަ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވި ގޮތުގައި، އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދެވީ އެއްވެސް ގިންތިއަކަށް ތަފާތު ކުރުމެއް ނެތި، ކޮންމެ ގިންތިއަކަށް ވެސް އެންމެ ބޮޑަށް ބޭނުންވާ ކަންކަމަށް އިސްކަން ދެއްވައިގެންނެވެ. އަދި އެއްވެސް ރަށެއްގެ އާބާދީއަކަށް ތަފާތު ކުރުމެއް ގެންގުޅެފައި ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑު ހިތަށްއަރާ، ދެން އަޅުގަނޑު ދިވެހި ރައްޔިތުންނަށް ކޮށްދެވެން އޮތީ ކޮން ހިދުމަތެއް ބާއޭ؟ އަޅުގަނޑަށް ދިމާވި ހުރިހާ ގޮންޖެހުންތަކާ އެކީގައި މަސައްކަތް ކުރީ ރާއްޖޭގެ މަސްލަހަތު، ރާއްޖެއަކީ އިގްތިސާދީ ގޮތުން ފުދުންތެރި ވަރުގަދަ ގައުމަކަށް ހެދޭތޯ. މީގެ ނަތީޖާ ފެންނަން އެބަ އޮތް،" އެމަނިކުފާނުގެ އިހްލާސްތެރި މަސައްކަތް ބަލައިގަންނަ ބަޔަކު ވެސް ތިބި ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވަނީ، އެމަނިކުފާނުގެ ޓީމުން ކުރެއްވި މަސައްކަތްތަކަށް، ރައްޔިތުންގެ ހައްގުގަ އާއި ބާރުމިނުގައި އިބޫ ވެސް ކޮށްދެއްވަން އެދިވަޑައިގެންފަ އެވެ.
ސަރުކާރުން އަދަދުތައް ކިޔަނީ އޮޅުވާލައިގެން: ޝިޔާމް
ބަޖެޓު ނެތް ކަމަށް ޔާމީން ވިދާޅުވީ ލަވައަކުން
އިބޫއާ އެކު އުދާސްތައް ފިލައިފި، ކެމްޕޭން ކުރަންވީ: ރައީސް
ހުސް ވާހަކަތަކެއް، ތަންފީޒެއް ނުކުރެވުނު: ޔާމީން
ޔާމީނަށް ލުއި ދެވޭނީ ކޯޓު މަރުހަލާ ނިމުމުން: ރައީސް
ޗައިނާއާ ބެހޭ ނަމަ ދިވެހިންނަށް ހިތިވާނެ: ޝިޔާމް
ޔާމީންގެ ދިފާއުގައި ޖަމީލް: ސުވާލަކީ އެއީ ކީއްވެ؟
ޔާމީންގެ މައްސަލައިގައި އިދިކޮޅުން ރައީސްގެ އަރިހަށް
ހުރިހާ ކަމަކަށް އަތްބާނައި ނިޒާމް ފުނޑާލައިފި: ޔާމީން
ހީލަތާއި ބޮޑު ކޮރަޕްޝަން އޮތީ މި ސަރުކާރުގައި: ޔާމީން