07 މާޗް 2021
ގައުމާއި ދަރިވަރުންނަށް އެންމެ ރަނގަޅުވާނީ އެ ބައެއްގެ އަމިއްލަ އިމްތިހާނެއް އޮތުން ކަމަށް ވާތީ ރާއްޖޭގެ ވެސް އަމިއްލަ އިމްތިހާނެއް ދިނުމުގެ ވިސްނުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
ގައުމާއި ދަރިވަރުންނަށް އެންމެ ރަނގަޅުވާނީ އެ ބައެއްގެ އަމިއްލަ އިމްތިހާނެއް އޮތުން ކަމަށް ވާތީ ރާއްޖޭގެ ވެސް އަމިއްލަ އިމްތިހާނެއް ދިނުމުގެ ވިސްނުން އެބަހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނިއުސް ކޮންފަރެންސްގައި "މިހާރު"ން ކުރި ސުވާލަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ އެ ގައުމެއްގެ އަމިއްލަ އިންތިހާނެއް އޮތުމުގެ ސަބަބުން ކިޔަވާ އެއްޗަކާ ވަރަށް ބޮޑަށް ދިމާވާ ކަމަށެވެ. އެކަމުން ދަރިވަރުންނަށް ފައިދާތަކެއް ވެދާނެ ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ، އަޅުގަނޑުމެންގެ އުއްމީދަކީ ރާއްޖޭގެ އެގްޒަމިނޭޝަން ސިސްޓަމް، ލޯކަލް އެގްޒަމިނޭޝަން ސިސްޓަމަކަށް ހެދުން. ނަމަވެސް އަދި އަޅުގަނޑުމެން އެ ގޮތަށް ކަންކުރާކަށް ނިންމާފައެއް ނުވޭ،" އޮންލައިންކޮށް ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވި އެވެ.
"ދުރު މުސްތަގުބަލުގައި މި ހިޔާލުތަކެއް ވިސްނުންތަކެއް އެބަހުރި. ނަމަވެސް އަދި އަޅުގަނޑުމެން ކެމްބްރިޖު އެޑެކްސެލްއާ އެކު ކުރިއަށްދާ ގޮތަށް އޮތީ،"
ރާއްޖޭގައި އެންމެ ޒަމާނުއްސުރެ އޯ ލެވެލްގައި ހަދަނީ ކެމްބްރިޖު އިމްތިހާނެވެ. އޭ ލެވެލްގައި ހަދަނީ އެޑެކްސެލް އިމްތިހާނެވެ.
އަވަށްޓެރި ގައުމުތަކުން ވެސް އަންނަނީ އެ މީހުންގެ އަމިއްލަ އިމްތިހާނު ދެމުންނެވެ. އޭގެ ތެރެއިން އެއް ގައުމަކީ ސްރީ ލަންކާ އެވެ. އެ ގައުމުގެ ލޯކަލް އިމްތިހާނު ބޮޑަށް ބިނާވެފައިވަނީ ދީނާއި ސަގާފަތާ ވަރަށް ބޮޑަށް ގުޅޭގޮތަށެވެ. އެހެންވެ، އިނގިރޭސި ފިޔަވައި އެހެން ހުރިހާ މާއްދާއެއް ކިޔަވައިދެނީ ސިންހަޅަ ބަހުންނެވެ.
ޕްރިންސިޕަލުން އެދެނީ އޭ ލެވެލް އިމްތިހާނު ފަސްކުރަން
"ސްކޫލަށް ފޮނުވާ، ރައްކާތެރިކަން ޔަގީންކޮށްދޭނަން"
ސްކޫލްތައް އަންނަ މަހުގެ 1 ގައި ހުޅުވަނީ
އެންމެ އަވަހަށް ވެސް ސްކޫލްތައް ހުޅުވޭނީ އަންނަ މަހުގެ 14 ގައި
ދިރާސީ އާ އަހަރުގެ ކިޔެވުމާއެކު ނާސްތާ ދޭން ފަށާނެ
ތައުލީމީ ސިޔާސަތުގެ ތަފާތު: ފޮތްތައް އެއްބަޔަކަށް؟
"ބޮޑު ސަމާލުކަމެއް ދޭންވީ ކުދިންގެ ރައްކާތެރިކަމަށް"
ބޮޑުޗުއްޓީ ބަދަލުކުރަން ބޭނުން ނަމަ ސަރުކާރުން ވިސްނާނެ
ސްކޫލު ބަންދުވާއިރަށް ފޮތްތައް ލިބޭނެ: މިނިސްޓަރު
އިތުރުކުރި ހަ މަހުގެ ބޭނުން ނުހިފި ބޭކާރު؟