Roadha Mihaaru
ފްލެޓް ލިއުން ދޫކުރި މައްސަލައިގައި ދައުވާކުރަން ޖެހޭ

އޮޅުވާލައިގެން ލިއުން ދޫކުރި މައްސަލައިގައި ދައުވާކުރަން ޖެހޭ: ސަލީމް

04 މާޗް 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޫކޮށްފައިވާ ގޮތް ބަލައި އެކަމުގައި ގޯސް ހަދާފައިވާ ފަރާތްތަކަށް ދައުވާ ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޫކޮށްފައިވާ ގޮތް ބަލައި އެކަމުގައި ގޯސް ހަދާފައިވާ ފަރާތްތަކަށް ދައުވާ ނުކުރާތީ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ސަލީމް މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

ހިޔާ މަޝްރޫއާ ގުޅޭ ގޮތުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ އަށް މުއައްސަސާތައް ހާޒިރުކޮށް ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ސަލީމް ވިދާޅުވީ 7،000 ފްލެޓަށް އިއުލާންކުރުމަށް ފަހު، ފްލެޓް ލިބޭނެ ކަމުގެ ކަށަވަރު ކަމުގެ ލިއުން 9،500 މީހުންނަށް ކުރީގެ ސަރުކާރުން ދޫކުރުމަކީ ވަރަށް ބޮޑު އޮޅުވާލުމެއް ކަމަށެވެ.

މި ބައްދަލުވުމުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްް އާއި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު އާއި މާލޭގެ މޭޔަރު ޝިފާ މުހައްމަދު އާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުު ސުހައިލް އަހުމަދު އަދި ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ މެމްބަރު މުހައްމަދު ތޯހާ ބައިވެރިވެވަޑައިގަތެވެ.

މި ބޭޭފުޅުންނާ ސުވާލުކުރަން ލިބިވަޑައިގެންނެވި ފުރުސަތުގައި ސަލީމް ފުރަތަމަ ތަފާސްހިސާބުތަކެއް ދެއްވި އެވެ.

އޭނާ ވިދާޅުވީ އެކިއެކި މުނާސަބާތަކުގައި އިއުލާނުކުރި ހައުސިން ޔުނިޓްތަކުގެ އަދަދަކީ 21،128 ކަމަށެވެ. ހައުސިން ޔުނިޓްތައްް އަޅަން އެ ސަރުކާރުން ސޮއިކުރި އެއްބަސްވުންތަކުގެ ތެރެއިން 9،120 ހައުސިން ޔުނިޓެއްގެ ކޮންޓްރެކްޓްް ދައުރު ނިމުނު އިރު ބާތިލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށާއި އެ ސަރުކާރަށް މަސައްކަތް ނިންމުނީ 395 ހައުސިން ޔުނިޓްކަން އެނގިވަޑައިގެންފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަލީމް ވިދާޅުވި ގޮތުގައި އެއީ ސޯޝަލް ހައުސިންއެއް ނޫނެވެ.

ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ހިޔާ މަޝްރޫއުގެ މަސަައްކަތުގެ ތެރެއިން، ސަރުކާރު ބަދަލުވި އިރު ނިމިފައި އޮތީ އެންމެ 44 ޕަސެންޓް މަސައްކަތްކަމަށާއި އަނެއް 66 ޕަސެންޓް މަސައްކަތް ނިންމީ މިހާރުގެ ސަރުކާރުން ކަަމަށް ވެސް އޭނާ ސުވާލުކުރެއްވި އެވެ.

އެއަށް ފަހު ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމްއާ ސަލީމް ސުވާލުކުރެއްވީ އެ ހިސާބުތަަކާއި މައުލޫމާތުތައް ރަނގަޅުތޯ އެވެ. އަސްލަމް ވިދާޅުވީ އެ ހިސާބުތައް ރަނގަޅު ކަމަށެވެ.

އޭނާ ދެން ސުވާލުކުރެއްވީ ހިޔާ މަޝްރޫއުގެ ފްލެޓްތައް ލިބޭ ފަރާތްތައް ކަނޑައަޅައި، ސަރުކާރުން ދޫކުރި ލިއުންތައް ސައްހަތޯ އެވެ.

އެ ސުވާލަށް އެޓާނީ ޖެނެރަލް ރިފްއަތު ވިދާޅުވީ ފްލެޓް ލިބޭނެ ކަމުގެ ލިއުމުގެ ގޮތުގައި އޭރު ދޫކުރި ލިއުންތަކުގައި، އެ ލިއުން ސައްހަވުމަށްޓަކައި ފުރިހަމަކުރަން ޖެހޭ ގިނަ ކަންްތައްތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ބައެއް ކަންތައްތައް ތަފްސީލުކޮށް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި، ހިޔާ މަޝްރޫއާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި، ހިޔާ މަޝްރޫއާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

"ކަން މިހެން އޮތް އިރުގައި މިދެންނެވި ކަަންކަން ކަށަވަރުނުކޮށް މައުލޫމާތު ސާފުނުކޮށް، ހަމަ އެކަނި ދައުލަތުގެ ނިޝާން ޖަހާފައި އޮންނަ ލިއުމަކަށް ބަލާފައެއް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ އެއީީކީ ގާނޫނީ ގޮތުން އިލްތިޒާމެއް އުފައްދާނެ އަދި ހައްގެއް އުފަންކުރުވާނެ ލިއުމެއް ކަމަކަށް،" ރިފްއަތު ވިދާޅުވި އެވެ.

"އޮޅުވައިލުން، މަކަރު ހެދުން އެބަ އޮތް"

ސަލީމް ވިދާޅުވީ ވިދާޅުވީ ވެރިކަން ބަދަލުވާން ކައިރިވެފައި ވަނިކޮށް، ކުރީގެ ސަރުކާރުން ކުއްލިއަކަށް ދޫކުރި ލިއުންތަކަކީ ރައްޔިތުންނަށް ފޯލްސް ހޯޕެއް ދިނުން ކަމަށާއި އަދި އެ ލިއުންތަކުގެ ތެރެއިން ހައްގު ނޫން ފަރާތްތަކަށް ފްލެޓް ލިބޭނެގޮތް ހެދުމަކީ ބަޔަކަށް ނާޖާއިޒް މަންފާ ހޯދައި ދިނުން ކަމަށެވެ.

އެގޮތަށް ކަންތައް ކުރި މީހުންގެ ތަހުގީގުކޮށް ދައުވާ ނުކުރަކީ ކީއްވެތޯ ވެސް އޭނާ ސުވާލުުކުރެއްވި އެވެ.

"އެ ކަންތައް ކީއްވެތޯ ދައުރު ދެބައިވީ އިރު ވެސް ނުހިނގައި މިއޮތީ؟" ސަލީމް އެއްސެވި އެވެ.

އެ ސުވާލުގެ ޖަވާބުގައި ރިފްއަތު ވިދާޅުވީ އެއީ ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ ޒިންމާތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށާއި އެ ކޮމިޓީން މިހާރުވެސް އެ މަސައްކަތް އެބަކުރާ ކަމަށާއި ތަހުގީގަކާ ހަމައަށް ދާން ޖެހެނީ ކޮންކޮން ދިމާ ދިމާލަކުންތޯ ބަލަމުން އަންނަ ކަމަށެވެ. އެއީ ޖިނާއީ ތަހުގީގަކަށް ވާތީ އެކަން ކުރިއަށް ގެންދާނީ ފުލުހުންނާއި އޭސީސީން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެގޮތުން ކުރާ ތަހުގީގުން، ދައުވާ އުފުލޭނެ ޖާގަ އޮވެއްޖެއްޔާ އެކަން ކުރިއަށް ގެންދާނީ ޕްރޮސެކިއުޓާ ޖެނެރަލް ކަމަށް ވެސް ރިފްއަތު ވިދާޅުވި އެވެ.

ސުވާލު ކުރެއްވި އިރު ސަލީމް ވިދާޅުވީ ކުރީގެ ސަރުކާރުން ތައްގަނޑު ޖަހާފައި 9،500 މީހުންނަށް ލިއުމެއް ދިނީ އޮޅުވައިލުމެއް އޮޅުވައިލުމުގެ ގޮތުން ކަމަށާއި އެެހެންވީމާ އެއީ މިހާރުން މިހާރަށް ވެސް ދައުވާ ކުރެވޭނެ ކަމެއް ކަމަށެެވެ.

"ކުރީ ސަރުކާރުން ކަންތައް ކޮށްފައި އޮތް ގޮތް، ދެންމެ އެކަން ބެއްލެވި ކޮމިޓީގެ ރިޔާސަތުން އެ ވިދާޅުވީ އެއްވެސް މައުލޫމާތެއް ނެތް ފޯމްތަކަށް އެހެރީ ފަސްދޮޅަސް ފަންސާސް މާކްސް ދީފައި. އަޅުގަނޑުމެންގެ ލޯމަތީ އެހެރީ ފެންނަން. އެހެންވީމާ އެެއީ އޮޅުވައިލުމުގެ ތެރެއިން މީހަކަަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމަށް [ކޮށްފައި އޮތް ކަމެއް]. އެންޓިކޮރަޕްޝަން ގާނޫނުގެ ދަށުން މިހާރުން މިހާރަށް ވެސް މިހާރުން މިހާރަށް ވެސް ފިޔަވަޅު އެޅޭނެ ކަންތައްތައް ކަން އަޅުގަނޑުމެންނަށް ވަރަށް ސާފު. އެހެން ނަމަވެސް އެކަމެއް ނުއެއް ހިނގާ،" ސަލީމް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން ހާލަތު ބެލި މީހުންގެ ތެރެއިން، ފްލެޓަށް ކޮލިފައިވާ ކަަމށް ފެންނަ މީހުންނަށް، މި ސަރުކާރުން ރިއާޔަތް ނުކުރާނަންތޯ ވެސް އޭނާ އެއްސެވި އެވެ.

އެ ވިދާޅުވީ ބެލެވޭ ގޮތުގައި ފްލެޓް ނެތިގެން އުވައިލި ކެޓަގަރީތަކުގެ މީހުންގެ ވާހަކަ ކަމަށެވެ. ކުރީގެ ސަރުކާރުން ލިއުން ދޫކޮށްފައިވާ، އެއް ކޮޓަރީގެ ފްލެޓްގެ ކެޓަގަރީ މިހާރުގެ ސަރުކާރުން ވަނީ އުވައިލައިފަ އެވެ. އެއީ ކުުންފުނިތަކުން އެޅި އެއް ކޮޓަރީގެ ފްލެޓްތައް ސަރުކާރަށް ލިބެން ނެތިގެން ކަމަަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ.

ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވީ މުސްތަގުބަލުގައި ކުރިއަށް ގެންދާ ހައުސިން ޕްރޮގްރާމްތަކުަގައި އެެ މީހުން ބައިވެރިކުރެވޭނެ ގޮތަކާ ބެހޭ ގޮތުން ސަރުކާރުން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. މުސްތަގުބަލުގައި ކުރިއަށް ގެންދާ ހައުސިން ޕްރޮގްރާމްތަކުގައި އެކަމަކު ކުރިން ހުރި ކެޓަގަރީތައް ނުހުންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެން ވީމާ މިހާރު އެ މީހުން އިވެލުއޭޓް ކުރެވުނު ކެޓަގަރީތަކާ ދެން އަންނަ އެއްޗިއްސާ ދިމައެއް ނުވާނެ. އެހެންވީމާ އަޅުގަނޑުމެން އެބަ ޖެހޭ ކިހިނެއް ކަން މި މެޗްކުރާނީ. އެއަށް ވިސްނާފައި އެއަށް އިންސާފުވެރި ގޮތްތަކެއް އަޅުގަނޑުމެން ހޯދަން ޖެހޭނީ،" އަސްލަމް ވިދާޅުވި އެވެ.

މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވެފައި ވަަނީ ފްލެޓް ނުލިބުނު އެންމެން ބާކީ ނުވާނެ ކަމަށާއި އެ މީހުންނަށް ވެސް ސަރުކާރުން ގޮތެއް ހޯދައިދޭނެ ކަމަށެވެ.