މި މަހުގެ 21 ގައި ދެވަނަ ދަރިފުޅު ވިހޭ ފަހުން، ބަތަލާ ކަރީނާ ކަޕޫރްގެ ފޭނުން އެންމެ ބޮޑަށް އިންތިޒާކުރަނީ ދަރިފުޅުގެ ނަން އިއުލާންކުރާނެ އިރަކަށެވެ. މި ފަހަރު ވެސް އޭނާ އަށް ލިބުނީ ފިރިހެން ދަރިއެކެވެ. އެހެންވެ ފުރަތަމަ ދަރިފުޅު ތައިމޫރަށް ދިން ކަހަލަ ތަފާތު ނަމެއް، ދެވަނަ ދަރިފުޅަށް ކިޔައި، އަނެއްކާ ވެސް އެކަން މުޅި އިންޑިއާގެ ސަމާލުކަމަށް ގެނެސްފާނެތޯ މީޑިއާތަކުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.
28 ފެބުރުއަރީ 2021
މި މަހުގެ 21 ގައި ދެވަނަ ދަރިފުޅު ވިހޭ ފަހުން، ބަތަލާ ކަރީނާ ކަޕޫރްގެ ފޭނުން އެންމެ ބޮޑަށް އިންތިޒާކުރަނީ ދަރިފުޅުގެ ނަން އިއުލާންކުރާނެ އިރަކަށެވެ. މި ފަހަރު ވެސް އޭނާ އަށް ލިބުނީ ފިރިހެން ދަރިއެކެވެ. އެހެންވެ ފުރަތަމަ ދަރިފުޅު ތައިމޫރަށް ދިން ކަހަލަ ތަފާތު ނަމެއް، ދެވަނަ ދަރިފުޅަށް ކިޔައި، އަނެއްކާ ވެސް އެކަން މުޅި އިންޑިއާގެ ސަމާލުކަމަށް ގެނެސްފާނެތޯ މީޑިއާތަކުން ވެސް ދަނީ ސުވާލު އުފައްދަމުންނެވެ.
މިހާރު ހަތަރު އަހަރުގެ ތައިމޫރު އެ ނަން ވީ އެ ދުވަސްވަރު ވަރަށް ގިނަ ބައެއްގެ މަލާމާތް ވެސް ލިބުނު ނަމަކަށެވެ. އެއާ އެކު އާއިލާ އަށް އެތައް ޕްރެޝަރެއް ކުރިމަތިވެ، އެ މައްސަލާގައި ކަޕޫރް ޚާންދާނުގެ އިސް މީހުން ރުޅިގަދަވެ މީހުންނަށް ބަހުގެ ހަމަލާ ދީފައިވެ އެވެ.
ތައިމޫރު އެ ނަން ގިނަ ބަޔަކަށްވީ ވަރަށް ބީރައްޓެހި އަދި އެހާމެ ހަރުކަށި ޒާތުގެ ނަމަކަށެވެ. އަދި އެ ނަމާ އެކު ކަރީނާ އާއި ފިރިމީހާ ސައިފް އަލީ ޚާނަށް ވެސް އެތައް ބައެއްގެ މަލާމާތާއި ފުރައްސާރައާ ކުރިތިމަތިވި އެވެ. އެ ވާހަކަ ދެ ތަރިން ވެސް އެކި ފަހަރުމަތިން މީޑިއާތަކާ ވެސް ހިއްސާކޮށްފައިވެ އެވެ.
ކަރީނާ ބުނެފައިވާ ގޮތުގައި އޭނާފެ އަލަތު ދަރިފުޅަށް ތައީމޫރު ކިޔަން ބޭނުންވީ ވަރުގަދަ ނަމެއް ދިނުމުގެ ގޮތުންނެވެ. ތައިމޫރުގެ މާނަ އަކީ "ދަގަނޑުދަހަނާ" އެވެ. އެކަމާ ގުޅުވައިގެން ކަރީނާ ވަނީ އޭނާ އަކީ "އަޔަން މޭން" އުފެއްދި މީހާ ކަމަށް ބުނެ ޖޯކް ވެސް ޖަހައިފަ އެވެ.
ސައިފް ބުނެފައިވާ ގޮތުގައި ދަރިފުޅަށް ޝާއިރީ ލޯބި ނަމެއް ކިޔުމުގެ ގޮތުން "ފާއިޒް" ކިޔަން ކަރީނާ އަށް ލަފާ ދިނެވެ. އެކަމަކު އެ ނަމަކާ ކަރީނާ އެއްބަސްކުރުވޭ ގޮތް ނުވެ ތައިމޫރު ކިޔުމުން އެ ނަންވީ މުޅި އިންޑިއާ ހިލުވާލި ނަމަކަށެވެ. ތައީމޫރު ވިހޭ 2016 ގައި ސޯޝަލް މީޑިއާގައި އެ ނަމުގެ ވާހަކަ އަކީ އިންޑިއާގައި އެންމެ ގަދައަށް ދެކެވެނު އެއް ވާހަކަ އެވެ. އަދިވެސް ތައިމޫރު އެ ނަން ހަޖަމުކުރަން ބައެއް މީހުންނަށް ދައްޗެވެ.
ދެވަނަ ދަރިފުޅުގެ ނަމާ ބެހޭ ގޮތުން ސައިފް ބުނީ ނަމަކާ ގުޅޭ ގޮތުން އާއިލާގެ އެންމެންނަށް އަދި އެއްބަސްވުމަކަށް ނާދެވޭ ކަމަށެވެ. އެކަމަކު ދެވަނަ ދަރިފުޅަށް ނަން ކިޔާނީ ތައިމޫރުގެ ތަޖުރިބާ އިން ލިިބުނު ފިލާވަޅުމަތިން ހަނދާންކޮށްގެން ތިބެ ކަމަށް ބުންޏެވެ.
ސައިފްގެ އަލަތު ކައިވެންޏަށް ލިބުނު ދެ ކުދިންނަކީ ސާރާ އަލީ ޚާން، 25، އާއި އިބްރާހީމް އަލީ ޚާން، 20، އެވެ.
ލޮކްޑައުންގައި ދަސްވީ ކެއްކުމާއި ފްރާންސް ބަސް: ސައިފް
މައިދައިތައަށް ކަރީނާ އަކީ ނަމޫނާއެއް
ދަރިފުޅަށް ހަ މަސް ވުމުން ރާއްޖޭން ކަރީނާގެ ފޮޓޯއެއް
މަންމަ އާއި ބައްޕަ ވަރިވުމުން ވީ ފައިދާ: ސާރާ:
ކަރީނާގެ ދެވަނަ ދަރިފުޅަށް ކިޔަނީ ޖޭ؟
ކަރީނާ ދެވަނަ ދަރިފުޅާ އެކު
ކަރީނާ އަށް މި ފަހަރު ވެސް ފިރިހެން ކުއްޖެއް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ކަރީނާގެ ފޮތް މާބަނޑު މީހުންނަށް ހާއްސަ
ކަންބޮޑުވަނީ ދަރިފުޅަށް ވަގުތު ނުދެވިދާނެތީ: ކަރީނާ