އޮފީހެއް ނެތަސް ޓްރެވަލް އޭޖެންސީތައް ހިންގޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވައިދެއް އެކުލަވައި އާންމުކޮށްފި އެވެ.
26 ފެބުރުއަރީ 2021
އޮފީހެއް ނެތަސް ޓްރެވަލް އޭޖެންސީތައް ހިންގޭ ގޮތަށް ޓޫރިޒަމް މިނިސްޓްރީން ގަވައިދެއް އެކުލަވައި އާންމުކޮށްފި އެވެ.
މި ގަވައިދުގައި ދިވެހިންނަށް އިތުރު ފުރުސަތުތަކެއް ހުޅުވާލެވި އަލަށް މި ވިޔަފާރިއަށް ވަންނަ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ދީފައިވެ އެވެ. ކުރީގައި އަމަލުކުރަން އޮންނަ ގޮތުން، ޓްރެވަލް އޭޖެންސީއެއް ހުޅުވޭނީ އޮފީހެއް ހުރެގެންނެވެ. އަލަށް އެފަދަ މަސައްކަތެއް ފަށާ ނަމަ ޓޫރިޒަމް މިނިސްޓްރީން ގޮސް ޝަރުތުތައް ފުރިހަމަވޭތޯ ވެސް ބަލާނެ އެވެ. އެ އޮފީހަކީ އީމެއިލްކޮށް ފެކްސް ކުރެވޭނެ އިންތިޒާމުތައް ހުރި ތަނެއްތޯ ވެސް ބަލަ އެވެ.
އެކަމަކު އަލަށް ގެނައި ބަދަލާ އެކު ޓްރެވަލް އޭޖެންސީއެއް ފަށާ އިރު ޓޫރިޒަމް މިނިސްޓްރީން އެ ތަންތަން އިންސްޕެކްޓެއް ވެސް ނުކުރާނެ އެެވެ.
ޓްރެވަލް އޭޖެންސީގެ އޮފީހެއް ކޮންމެހެން ނެތް ނަމަވެސް ހިދުމަތްދޭ ފަރަތާއި ގުޅޭނެ ނަންބަރެއް އަދި އީމެއިލް އެޑްރެހެއް އޮންނަންވާނެ ކަމަށް ގަވައިދުގައިވެ އެވެ. އަދި ކުންފުންޏަށް ޖަވާބު ދާރީ ވާނެ ފަރާތެއް އައްޔަނުކޮށް އެފަރާތަކާ ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހެއް އޮތުން ލާޒިމުކޮށްފައިވެ އެވެ.
ގަވައިދުގައިވާ ގޮތުން ދަތުރު ރާވާ ހިންގުމުގެ ހިދުމަތް ދިނުމުގެ ހުއްދަ ބޭރުގެ ފަރާތްތަކަށް ނުވަތަ ރާއްޖޭ ބޭރުގެ ގައުމެއްގެ ރައްޔިތެއް ހިމެނޭ ކުންފުންޏަކަށް ނުދެވޭނެ އެވެ. މިހެން ވުމުގެ ސަބަބުން ބޭރުގެ ކުންފުނިތަކުން ރާއްޖެއަށް ވިޔަފާރި ފުޅާކުރަން ބޭނުން ނަމަ އެކަން ކުރަން ޖެހޭނީ ދިވެހި ޓްރެވަލް އޭޖެންޓަކާ ގުޅިގެންނެވެ.
ރާއްޖޭގައި 400 އަށް ވުރެ ގިނަ ޓްރެވަލް އެޖެންޓުން ތިބި އިރު ކޮވިޑާ ގުޅިގެން ގިނަ ޓްރެވަލް އޭޖެންސީތަކުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ދިވެހި ޓްރެވަލް އެޖެންޓުންނަށް އިތުރު ފުރުސަތުތައް ފަހިވެގެންދާނެ ފަދަ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށާފަ އެވެ.
ޖަރުމަނުން ވެސް އެއް ލައްކަ ޓޫރިސްޓުން
ޗަައިނާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ދެލައްކައަށް
ޓޫރިޒަމް ޓްރަސްޓު ފަންޑުގެ ގަވާއިދު އެކުލަވާލައިފި
ޓޫރިސްޓުން އައި އަދަދު 9.6 ޕަސެންޓު އިތުރު
5 އަހަރު ތެރޭ 112 ޓޫރިސްޓުން މޫދުގައި މަރުވި!
ހަލާލު ޓޫރިޒަމަށް 6 ރަށެއް، އަގުތައް މިލިއަނުން ތިރި
ޓޫރިޒަމަށް 31 ރަށް: 30-70 ޕަސެންޓް ޑިސްކައުންޓް
އަހަރުގެ މިލިއަން ވަނަ ޓޫރިސްޓަށް އިންޑިއާ ރައްޔިތެއް
"މިހާތަނަށް 13 ރަށެއް ރިސޯޓް ހަދަން ދޫކޮށްފައިވޭ"
ދެވަނައަށް އެންމެ ގިނަ ޓޫރިސްޓުން އިނގިރޭސިވިލާތުން