26 ފެބުރުއަރީ 2021
އައްޑޫގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދާ ދޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވެއްޖެ އެވެ.
އައްޑޫގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދާ ދޭ މީހުންގެ އަދަދު އަނެއްކާ ވެސް އިތުރުވެއްޖެ އެވެ.
މި މަހުގެ ކުރީކޮޅު އައްޑޫން ކޮވިޑް ކޭސްތަކެއް ފެނި ބަލި ޖެހުނު ފަސް މީހަކަށް ކުރިން އެޑްމިޓްކޮށް ފަރުވާ ދިން ނަމަވެސް އެ އަދަދު ފަހުން އެކަކަށް މަދުވި އެވެ. ނަމަވެސް ރޭ އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބުނީ މިހާރު އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ އަދަދު 4 އަށް އަރާފައިވާ ކަމަށެވެ.
އައްޑޫން މިހާތަނަށް ބަލި ޖެހުނު މީހުންގެ ޖުމްލަ އަކީ 87 އެވެ. އަދި 47 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ. އެހެންވެ މި ވަގުތު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 40 އެވެ. އެއީ މީދޫން އިއްޔެ ޕޮޒިޓިވް ކޭހަކާ އެކީގަ އެވެ. އެ މީހާ އަކީ އެ އަވަށު ފުލޫ ކްލިނިކަށް ދެއްކުމުން ކޮވިޑު-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓުންގެ ތެރޭގައި ހިމެނުނު މީހެކެވެ.
މިހާރު މީދޫ ކޭސްތަކުގެ އަދަދު 10 އަށް އަރަ އެވެ. މިއީ އައްޑޫން ކުރިން ޕޮޒިޓިވް ކޭސްތައް ފެނުނު ދެ ކްލަސްޓާއާ މުޅިން ވަކި އަދި ރޭންޑަމް ސާމްޕާލްގެ ތެރެއިން ފެނުނު ކޮމިއުނިޓީ ކްލަސްޓާއެކެވެ.
Case Update (Addu City) as of 25 February 2021, 1800hrs pic.twitter.com/Y8DZ1x9Ozz
— Addu Emergency Operations Center (@EOCaddu) February 25, 2021
ހުޅުމީދޫގައި އޮތް އަނެއް ކްލަސްޓާ އަކީ ބިދޭސީންތަކެއް ޕޮޒިޓިވް ކްލަސްޓާ އެވެ. އެ ކުލަސްޓާގެ ޖުމްލަ އަދަދަކީ މިހާރު 35 އެވެ. އަދި 24 މީހަކު ބަލިން ރަނގަޅުވެފައިވެ އެވެ.
އައްޑޫގެ ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާ އިން މިހާތަނަށް ޕޮޒިޓިވް މީހުންގެ އަދަދަކީ 43 މީހެކެވެ. އެއީ ހިތަދޫން 22، ފޭދޫން 17 އަދި މަރަދޫފޭދޫ 4 އެވެ. މަރަދޫން މިހާތަނަށް ކޮވިޑް ކޭސްއެއް ފެނިފައެއް ނުވެ އެވެ.
އައްޑޫ އަދިވެސް މޮނިޓަރިންގައި އޮތް އިރު މި މަހުގެ 24 އިން ފެށިގެން ގުޅިފައިވާ އަވަށްތަކުގައި ކުރިން ރޭގަނޑު ހިންގަމުން ދިޔަ އުވާލައި ގިނަ ލުއިތަކެއް ދީފައިވެ އެވެ. އޭގެ ތެރޭގައި ކެފޭ/ރެސްޓޯރަންޓްތައް ހުޅުވައިގެން ހިދުމަތް ދިނުމާއި ޖަމާއަތުގައި ނަމާދުކުރަން ފެށުން ފަދަ ކަންކަން ހިމެނެ އެވެ.
ނަމަވެސް ހުޅުމީދޫގެ ކާފިއު މި މަހުގެ 24 އިން ފެށިގެން ހަފުތާއަކަށް އިތުރުކޮށްފައިވެ އެވެ. ކާފިއު ހިންގަނީ ރޭގަނޑު 8:00 އިން ފަތިހު 4:00 އަށެވެ.
އައްޑޫގެ ކޮވިޑް ކޭސްތައް 100 އިން ދަށަށް
އަމާޒަކީ އައްޑޫގެ ކޮންޓެކްޓް ޓްރޭސިން އަވަސްކުރުން
އައްޑޫން ކޮވިޑް ޖެހުނު އެންމެން ރަނގަޅުވެއްޖެ
އައްޑޫގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ވެއްޖެ
ކޮވިޑް-19: އައްޑޫން އަލަށް 7 ކޭސް، އެކްޓިވް 32
އައްޑޫން އިއްޔެ އެކަނިވެސް 123މީހަކަށް ކޮވިޑް ޖެހުނު
އައްޑޫގެ ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް
4 މަހަށް ފަހު އައްޑޫގެ މޮނިޓަރިން ހާލަތު އުވާލައިފި
ކައުންސިލުން ހުޅުމީދޫ ވަކިވާން ޖެހޭ ސަބަބެއް ނެތް: މޭޔަރު
ކޮވިޑްގައި އައްޑޫން 10 ވަނަ މަރު