Roadha Mihaaru
ކޮވިޑް-19: އައްޑޫން އަލަށް 7 ކޭސް، އެކްޓިވް 32

ކޮވިޑް-19: އައްޑޫން އަލަށް 7 ކޭސް، އެކްޓިވް ކޭސް 32 ގައި

24 ފެބުރުއަރީ 2021

އައްޑޫން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 76 އަށް އެރި ނަމަވެސް މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 32 ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އައްޑޫން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދު 76 އަށް އެރި ނަމަވެސް މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 32 ކަމަށް އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯސީ) އިން ބުނެފި އެވެ.

ޕޮޒިވް ކޭސްތަކުގެ އަދަދު 32 އަށް ދަށްވި ނަމަވެސް އިއްޔެ ވަނީ ޕޮޒިޓިވް ހަތް ކޭސް އަލަށް ފެނިފަ އެވެ.

އައްޑޫގައި މިހާރު ކޮވިޑްގެ ތިން ކްލަސްޓާއެއް ހިމެނެ އެވެ. އެއީ ވަކިން އޮންނަ ހުޅޫމީދޫ އެމްޓީސީސީ ސައިޓުން ބިދޭސީންތަކެއް ޕޮޒިޓިވްް ކްލަސްޓާ އާއި މިދިޔަ ހަފުތާގެ ތެރޭގައި ހުޅުމީދޫގެ ކޮމިއުނިޓީ ތެރެއިން ޕޮޒިޓިވް ބަޔަކު ފެނުނު ކްލަސްޓާގެ އިތުރުން ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާ އެވެ.

ބިދޭސީ ކްލަސްޓާ އިން 26 މީހަކު ޕޮޒިޓިވްވި ނަމަވެސް އޭގެ ތެރެއިން 24 މީހަކު މިދިޔަ ހަފުތާގައި ބަލިން ރަނގަޅުވެފައިވެ އެވެ. މީދޫ ކޮމިއުނިޓީ ކްލަސްޓާގައި މިހާރު ޕޮޒިޓިވް 8 ކޭސް ހިމެނެ އެވެ. އެއީ މުޅިން ވެސް ދިވެހިންނެވެ. އޭގެ ތެރެއިން އެކަކު ރޭ ވަނީ ހިތަދޫ ކޮވިޑް ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފަ އެވެ.

މިހާތަނަށް އައްޑޫން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވީ ގުޅިފައިވާ އަވަށްތަކުގެ ކްލަސްޓާއިންނެވެ. އޭގެ ޖުމްލަ އަދަދަކީ 42 އެވެ. އެއީ ހިތަދޫން 21، ފޭދޫން 17 އަދި މަރަދޫފޭދޫން 4 ކޭސް އެވެ. މިހާތަނަށް މަރަދޫން ކޮވިޑްގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެ އެވެ.

އައްޑޫން ބަލި ޖެހުނު 76 މީހުންގެ ތެރެއިން 44 ރަނގަޅުވެ، ޕޮޒިޓިވް ކޭސްތަކުގެ އަދަދު 32 އަށް އަށް ތިރިވި އިރު މިހާރު ވެސް އެޑްމިޓްކޮށްގެން ފަރުވާ ދޭ މީހުންގެ އަދަދަކީ މިހާރު 2 އެވެ. މިހާތަނަށް އައްޑޫން ހަ މީހަކު އެޑްމިޓްކުރި އެވެ. އެޑްމިޓްކޮށް ފަރުވާދޭ މީހުންގެ ހާލަތު ގޯސް ނޫން ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

އައްޑޫގައި މި މަހުގެ 1 އިން ފެށިގެން ކޮވިޑް ވެކްސިން ދެމުން އަންނަ އިރު މިހާތަނަށް 4،700 އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައިވެ އެވެ. އަދި މިއަދު އުމުރުން 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖަހަން ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.

ކޮވިޑް ޖެހުނު މީހުންތަކެއް އައްޑޫން ފެނުމާ ގުޅިގެން އަދިވެސް އައްޑޫ އޮތީ މޮނިޓަރިންގެ ހާލަތުގަ އެވެ. ނަމަވެސް މި މަހުގެ 9 އިން ފެށިގެން އިއުލާންކޮށްފައި އޮތް ރޭގަނޑުގެ ކާފިއު ވަނީ މި ރެއިން ފެށިގެން ގުޅިފައިވާ އަވަށްތަކުގައި އުވާލަން ނިންމައިފަ އެވެ.