27 ފެބުރުއަރީ 2021
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަހުމަދު މުނާޒް ހަމަޖައްސައިފި އެވެ.
ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އަހުމަދު މުނާޒް ހަމަޖައްސައިފި އެވެ.
ބުރާސްފަތި ދުވަހު މުނާޒް އެ މަގާމަށް އައްޔަންކުރުމާ ބެހޭގޮތުން ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް "މިހާރު" އަށް ވިދާޅުވީ ހިންގާ ގަވާއިދުގެ ތެެރެއިން އެ މަގާމަށް ރައީސާއި ބޯޑުން ބޭނުންވާ މީހަކު އައްޔަންކުރެވޭ ކަމަށާއި އެކަމަކު ބޭނުންވީ އެ އަށް ވުރެން ބޮޑަށް ހުޅުވާލެވިގެން އެކަން ކުރުމަށް ކަމަށެވެ.
"މިއީ މިހާތަނަށް ބޭއްވުނު އެންމެ އޯޕަން ޕްރޮސަސް ކަންނޭނގެ ކުޅިވަރު އެސޯސިއޭޝަނެއްގެ ސެކްރެޓަރީ ޖެނެރަލް އަކަށް. ހިންގާ ގަވާއިދު އޮތްގޮތުން ރައީސް އަށް މީހަކު އައްޔަންކުރެވޭ. އެކަމަކު ބޭނުންވީ އެންމެ ރަނގަޅު މީހެއް ހޯދަން،" ފައިސަލް ވިދާޅުވި އެވެ.
ސެކްރެޓަރީ ޖެނެރަލެއް ހޯދުމުގެ މަސައްކަތުގައި ކްރިކެޓް ބޯޑުން ކުރީ އިއުލާނެކެވެ. ޖުމްލަ ހަ މީހުން ކުރިމަތިލިއިރު، އޭގެ ތެރެއިން ހަތަރު މީހަކު ޝޯޓްލިސްޓު ކުރެވުނެވެ. އެ އަށް ފަހު އެ މަގާމަށް މުނާޒް އައްޔަންކުރީ ތިން މަރުހަލާއަކުން ކަންތައްތައް ބެލުމަށް ފަހު އެވެ. އެއީ ލިޔުމުގެ އެސަސްމަންޓަކާއި ޕްރެޒެންޓޭޝަނެއްގެ އިތުރުން އިންޓަވިއު އަށް ބަލައި މާކްސްތަކެއް ދީގެންނެވެ.
"މި ހުރިހާ ޕްރޮސަސް އެއްގެ ތެރެއިން އެންމެ މަތިން މާކްސް ލިބުނީ މުނާޒް އަށް. މުނާޒަކީ ކްރިކެޓް ކުޅުންތެރިއެއް. ސީބީއެލް ކްލަބްގެ ރައީސް ވެސް މެ. އެހެންވީމަ ކްރިކެޓްގެ ތަޖުރިބާ ވެސް ހުންނާނެ. ބޭނުންވީ ބޯޑުގެ ވިޝަން ހަގީގަތަަކަށް ހަދަން އެހީތެރިވެދޭނެ އެސްޖީ އެއް،" ފައިސަލް ވިދާޅުވި އެވެ.
ކްރިކެޓް ބޯޑުން ބުނީ މުނާޒަކީ ގިނަ އަހަރުތަކެއް ވަންދެން ކްރިކެޓް ކުޅުމުގެ ތަޖުރިބާގެ އިތުރުން ކްލަބްގެ އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކުގައި ވެސް މަސައްކަތްކޮށްފައިވާ މީހެއް ކަމަށާއި އޭނާގެ ފަރާތުން ކްރިކެޓް ބޯޑަށް ގިނަ ފައިދާތަކެއް ކުރާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ކްރިކެޓް ބޯޑުގެ އިންތިހާބު ކާމިޔާބު ކުރެއްވި ފައިސަލް ވަނީ އެ އެސޯސިއޭޝަން ހިންގުމުގައި އާ ޕްލޭންތަކެއް ހަދައި ގިނަ ކަންކަން ބަދަލުކުރުމުގެ މަސައްކަތްތަކެއް ފަށައިފަ އެވެ.
އެ ގޮތުން މިދިޔަ ނޮވެމްބަރު މަހު ކްރިކެޓް ބޯޑުން ވަނީ ކުރިއަށް އޮތް ހަތަރު އަހަރުގެ މަސައްކަތްތައް ބައްޓަން ކުރާނެ ގޮތްތަކެއް ކަނޑައެޅުމަށާއި ޕްލޭންތައް އެކުލަވާލުމުގެ ގޮތުން 120 ދުވަހުގެ މުހިއްމު މަސައްކަތްތަކެއް ފަށައިފަ އެވެ. މި މަސައްކަތަކީ ރާއްޖޭގައި ކްރިކެޓް ކުރިއެރުވުމަށާއި މިހާރުގެ ހިންގާ ކޮމިޓީން ކުރަން ބޭނުންވާ މަސައްކަތް ވީ އެންމެ ރަނގަޅު ގޮތަކަށް ރޭވިގެންދާނެ ގޮތަކަށް ތައްޔާރުވުމަށް ކުރެވޭ މުހިއްމު ކަމެެކެވެ.
ކްރިކެޓްގެ ރައީސް ފައިސަލް ދެވަނަ ދައުރަކަށް ހޮވައިފި
ގައުމީ ތައްޓާއެކު ކްރިކެޓްގެ ރަސްކަން ސީބީއެލަށް
ގައުމީ ކްރިކެޓް ޓީމަށް ލަންކާގެ ކޯޗެއް
ބޭރަށް ނުދެވުނަސް ދެރައެއް ނެތް، ލިބުނީ ބޮޑު ޝަރަފެއް
މާލެ އާއި ފުވައްމުލަކުގައި ކްރިކެޓް ގިނަ މުބާރާތްތަކެއް
ވަސީމް އަކްރަމްގެ އިރުޝާދު ދިވެހި ކުޅުންތެރިންނަށް
ޓީ20 ޕްރެޒިޑެންޓްސް ކަޕް ސީބީއެލް ކާމިޔާބުކޮށްފި
ތައިލެންޑު ބަލިކޮށް، ރާއްޖޭން އުންމީދެއް ހޯދައިފި
ކްރިކެޓް މުބާރާތްތައް އަހަރަކަށް ފަހު އަލުން ފަށަނީ
އޭސީސީ އެގްޒެކެޓިވް ބޯޑުގެ ޑިރެކްޓަރަކަށް ފައިސަލް