22 ފެބުރުއަރީ 2021
ކޮވިޑް-19 އިން ރައްކާތެރިވާން ގިނަ ބަޔަކު ވެކްސިން ޖެހުމުން، އެ ބަލި ވާނީ އާންމު ރޯގާއަކަށް ކަމަށް ޓެގް ޓީމުގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވާން ގިނަ ބަޔަކު ވެކްސިން ޖެހުމުން، އެ ބަލި ވާނީ އާންމު ރޯގާއަކަށް ކަމަށް ޓެގް ޓީމުގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް މިރޭ ވިދާޅުވެއްޖެ އެވެ.
ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު ވިދާޅުވީ ވެކްސިން ޖެހުމުގެ މަގްސަދަކީ ކޮވިޑް ޖެހުމުން މީހާއަށް ކުރިމަތިވާ އަލާމާތްތައް ދަށް ކުރުމާއި އެ ބަލި ޖެހުމުން އެޑްމިޓްކުރަން ޖެހޭ މީހުންގެ އަދަދާއި މަރުވާ މީހުންގެ އަދަދު ދަށް ކުރުން ކަމަށެވެ.
"މި ބަލި ހަގީގަތުގައި ވަކި ހިސާބަކުން ހަމަ އާންމު ރޯގާއަކަށް ވެގެންދާނީ، ގިނަ ބަޔަކު ވެކްސިން ޖަހައިފި ނަމަ،" ޑރ. ފައިސަލް ވިދާޅުވި އެވެ.
ވެކްސިންގެ އެންމެ ފުރިހަމަ ފައިދާ ކުރަން ފަށާނީ ދެވަނަ ޑޯޒް ޖަހާތާ ދެ ހަފްތާ ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
*️⃣ COVID-19 : Vaccination updates pic.twitter.com/95qtF93Dt7
— Health Protection Agency (@HPA_MV) February 21, 2021
މިހާތަނަށް ވެކްސިން ޖަހާފައިވާ މީހުންގެ ތަފާސް ހިސާބު އާންމުކުރަން އެޗްޕީއޭ އިން ކުރި ޓްވީޓެއް
ކޮވިޑް ވެކްސިން ޖަހަން ރާއްޖޭގައި ފެށީ މި މަހުގެ ފުރަތަމަ ދުވަހު އެވެ. މާލެ ސަރަހައްދުން މިއަދު 3،310 މީހުން ވެކްސިން ޖެހި އިރު ރަށްރަށުން 1،694 މީހުން ވަނީ ވެކްސިން ޖަހައިފަ އެވެ. ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު 75،013 އަށް ވަނީ އަރައިފި އެވެ.
ފައިސަލް ވިދާޅުވީ ގިނަ ބަޔަކު ވެކްސިން ޖެހުމުން، ވެކްސިން ނުޖަހާ މީހުން ވެސް ރައްކާތެރި ކުރެވޭނެ ކަމަށެވެ. މާބަންޑު މީހުންނާއި 18 އަހަރުން ދަށުގެ ކުޑަކުދިންނަކަށް ވެކްސިނެއް ނުޖަހަ އެވެ. އެ ދެ ކެޓަރީގެ މީހުންގެ ރައްކާތެރި ކަމަށްޓަކައި ވެސް އެހެން މީހުން ވެކްސިން ޖަހަން އޭނާ އިލްތިމާސް ކުރެއްވި އެވެ.
ކޮވިޑުން ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތުގައި ދެމިތިބުން މުހިއްމުކަން ފައިސަލް ފާހަގަކުރެއްވި އެވެ.
އެޗްއީއޯސީގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ވައިރަހަކީ އޭގެ ޒާތުގައި ވައިގައި ގިނަ އިރު އުޅެވޭނެ އެއްޗެއް ނޫން ކަމަށެވެ. ވައިރަހަށް ދިރިއުޅެވޭނީ "ހޯސްޓް" އެއްގެ ތެރޭގައި ކަމަށް ވުމުން، އެ ފުރުސަތު ނުދިނުން މުހިއްމު ކަމަށް ވިދާޅުވި އެވެ.
ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 18،769 އަށް އަރައިފަ އެވެ. މިއަދު ޕޮޒިޓިވްވި 157 މީހުންގެ ތެރޭގައި މާލެ ސަރަހައްދުން ޕޮޒިޓިވްވި 103 މީހުންނާއި ރަށްރަށުން ޕޮޒިޓިވްވި 20 މީހުންނާއި ރިސޯޓުތަކުން ޕޮޒިޓިވްވި 34 މީހަކު ހިމެނެ އެވެ. މި ބަލި ޖެހިގެން މިހާތަނަށް 60 މީހަކު ވަނީ މަރުވެފަ އެވެ.
ވެކްސިންޖެހި މީހުންގެ ކަރަންޓީން މުއްދަތު 10 ދުވަހަށް
12 އަހަރުން މަތީގެ ކުދިންނަށް ފައިޒާ ވެކްސިން ޖަހަނީ
90 ޕަސެންޓް މީހުން ވެކްސިން ފުރިހަމަކުރުމުން ލުޔެއް
ކޮވިޑް ވެކްސިން ޖެހުން އީދު ބަންދަށް މެދުކަނޑާލަނީ
ކޮވިޑް ރޭޓް 5 ޕަސެންޓަށްވުރެ މަތި ރަށްތައް ހާމަކުރަނީ
ވެކްސިނުން ބޮޑު ސައިޑްއިފެކްޓެއް އަދި ނެތް: އެޗުޕީއޭ
ކޮވިޑް ވެކްސިން ޖަހަން ރަޖިސްޓަރީ ކުރަން ފަށައިފި
އޮމިކްރޯންގެ ރާޅު އެތައް ގުނައެއް ހަލުއިވެދާނެ
ފުރަތަމަ ޑޯޒް ޖަހައިދޭނީ އަންނަ މަހު އެކެއްގެ ނިޔަލަށް
ހަފުލާތަކަށް ކަނޑައެޅި 30 މީހުންގެ އަދަދު އުވާލައިފި