11 ނޮވެމްބަރ 2016
އެމެރިކާގެ ކޮލެޖެއްގައި އުޅޭ ދަރިވަރަކު ކާރުގައި ކިޓްކެޓް ޗޮކްލެޓެއް ބާއްވާފައި އޮއްވައި ވަގަށް ނެގުމުން، ކިޓްކެޓް ކުންފުނިން އެ ދަރިވަރަށް 6500 ކިޓްކެޓް ހަދިޔާއަކަށް ދީފި އެވެ.
އެމެރިކާގެ ކޮލެޖެއްގައި އުޅޭ ދަރިވަރަކު ކާރުގައި ކިޓްކެޓް ޗޮކްލެޓެއް ބާއްވާފައި އޮއްވައި ވަގަށް ނެގުމުން، ކިޓްކެޓް ކުންފުނިން އެ ދަރިވަރަށް 6500 ކިޓްކެޓް ހަދިޔާއަކަށް ދީފި އެވެ.
ކަންސަސް ސްޓޭޓް ޔުނިވަސިޓީގެ ދަރިވަރެއް ކަމަށްވާ ހަންޓަ ޖޮބިންސް ނޫހަކަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ ކިޓްކެޓް ވަގަށް ނެގީ މިދިޔަ މަހު ފަހުކޮޅު ކާރުގެ ކަޕް ހޯލްޑާ ތެރޭގައި ބާއްވާފައި ޔުނިވަސިޓީ އިމާރާތުގެ ތެރެއަށް ވަން ވަގުތު އެވެ. ކިޓްކެޓް ވަގަށް ނެގި މީހާ ނޯޓެއް ބާއްވާފައި އޮތެވެ.
"އަހަންނަށް ކިޓްކެޓް ވަރަށް މީރެވެ. އެހެންވެ ކާރުގެ ދޮރު ހުޅެވޭތޯ ބެލި އިރު ހުރީ ތަޅު ނުލަ އެވެ. ކިޓްކެޓް ނޫން އެހެން އެެއްވެސް އެއްޗެއް ނުނަގަމެވެ. މައާފްކުރާށެވެ. އަހަރެން މި ހުރީ ވަރަށް ބަނޑުހައިވެފަ އެވެ." ވަގުގެ ނޯޓްގައި ލިޔެފައިވެ އެވެ.
ޖޮބިންސް އަށް އެތައް ބައިވަރު ކިޓްކެޓެއް ލިބުނީ ވަގު ކަލޭގެ ބޭއްވި ނޯޓްގެ ފޮޓޯއެއް ޓްވީޓްކުރުމާ އެކު ސޯޝަލް މީޑިއާގައި ވައިރަލް ވެގެން ދިއުމަށް ފަހުގަ އެވެ. ކިޓްކެޓް އުފައްދާ ހާޝީ ކުންފުންޏަށް މި ޕޯސްޓް ފެނުމުން ޖޮބިންސް އަށް 6500 ކިޓްކެޓް ބާ ފޮނުވި އެވެ. އޭނާ މި ހުރިހާ ކިޓްކެޓްތަކެއް ކާރުގައި ބަހައްޓައިގެން އޭނާގެ އެކުވެރިންނަށް ބަހާ ހުސްކޮށްލީ އެވެ.
ޗޮކޮލެޓް ޓޭންކަކަށް ވެއްޓުނު ދެ މީހުން ސަލާމަތްކޮށްފި
ޗޮކްލެޓްގެ ވިޔަފާރިން ރަޝިއާ އަށް ބޮޑު ކުރިއެރުމެއް
މިލްކާ ޕެކްގެ ކުލަ ކޮޕީކުރި ކަމަށް ބުނެ އިންޒާރު ދީފި
ކެޑްބަރީ ޗޮކްލެޓްގެ ސައިޒް ކުޑަކުރާތީ ފާޑުކިޔަނީ
ޔޫކޭގައި "ސްނިކާޒް" ޗޮކްލެޓް "މެރަތަން" ގެ ނަމަށް
މި ޖޯޑުގެ ޒަމާންވީ ގުޅުމުގެ ސިއްރަކީ ހާޝީސް ޗޮކްލެޓް
ނެސްލޭގެ ބްރޭންޑްތަކެއް 2.8 ބިލިޔަނަށް ވިއްކާލަނީ
ލަންކާގެ ޕްރިމިއަމް ރެވެލޯ ޗޮކްލެޓް ރާއްޖޭގެ މާކެޓަށް
ސީރިއާގެ އާ ވެރިންނާ އެބަ ވާހަކަ ދައްކަން: އެމެރިކާ
ޕިރަމިޑުން ރެވެލޯ ޗޮކްލެޓުގެ ރަހަ ބަލާލަން ދެނީ