Roadha Mihaaru
މި ޖޯޑުގެ ޒަމާންވީ ގުޅުމުގެ ސިއްރަކީ ހާޝީސް ޗޮކްލެޓް

މި ޖޯޑުގެ ޒަމާންވީ ގުޅުމުގެ ސިއްރަކީ ހާޝީސް ޗޮކްލެޓް

28 މެއި 2019

ޗޮކްލެޓަކީ އަބަދުވެސް ވަރަށް ބޮޑަށް ލޯތްބާ ގުޅިފައި އޮންނަ އެއްޗެކެވެ. ލޯބިވެރިންގެ މެދުގައި އެންމެ ބޮޑަށް ބަދަލު ކުރެވޭ އެކައްޗަކީ ވެސް ހަމަ ޗޮކްލެޓެވެ. މީގެ ސަބަބުން ލިބޭ ފޮނިކަމާ އެކު ގުޅުން ބަދަހިކޮށްދީ، އެކަކު އަނެކެއްގެ މައްޗަށް އޮންނަ ލޯބި އިތުރުކޮށްދެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޗޮކްލެޓަކީ އަބަދުވެސް ވަރަށް ބޮޑަށް ލޯތްބާ ގުޅިފައި އޮންނަ އެއްޗެކެވެ. ލޯބިވެރިންގެ މެދުގައި އެންމެ ބޮޑަށް ބަދަލު ކުރެވޭ އެކައްޗަކީ ވެސް ހަމަ ޗޮކްލެޓެވެ. މީގެ ސަބަބުން ލިބޭ ފޮނިކަމާ އެކު ގުޅުން ބަދަހިކޮށްދީ، އެކަކު އަނެކެއްގެ މައްޗަށް އޮންނަ ލޯބި އިތުރުކޮށްދެ އެވެ.

އެމެރިކާގެ މި ދެމަފިރިންގެ ޒަމާންވީ ގުޅުމުގެ ސިއްރަކީ ވެސް ޗޮކްލެޓެވެ. ހާޝީސް ޗޮކްލެޓެވެ. މިއީ މިހާރު އުމުރުން 100 އަހަރުގެ ކާޓިސް ޕީޓާޒް އާއި 103 އަހަރުގެ އަންހެނުން ވަޖިނިއާ ޕީޓާޒްގެ ވާހަކަ އެވެ.

ފަސް ކުދިން ތިބި އާއިލާ އިން އެ ދެ މީހުން ގުޅުން މިހާރު ވެސް ސިފަކުރަނީ އުމުރުގެ އެންމެ ޒުވާން ދުވަސްވަރު ނުވަތަ ރަން ރަމާނުގެ ގުޅުމެއްގަ ގޮތުގަ އެވެ. ކާޓިސް އާއި ވަޖިނިއާގެ އަންހެން ދަރިފުޅު ސޫޒަން ޕީޓާޒް ޓުޑޭ ފުޑަށް ކިޔައިދިން ގޮތުގައި ބައްޕަ އާއި މަންމަ ޗޮކްލެޓް ނުކާ ދުވަހެއް ހަނދާނެއް ނުވެ އެވެ.

"ކޮންމެ ދުވަހަކު ވެސް އެ ދެ މީހުން ހާޝީސް ޗޮކްލެޓް ކާނެ. އޭގެ ސަބަބުން ގުޅުން ވަރުގަދަކޮށްލީ، އުފާވެރިކަން ގެނުވާ،" 1940 ގައި ކައިވެނި ކުރި މައިންބަފައިންނާ ބެހޭ ގޮތުން އޭނާ ބުންޏެވެ. "އެ ގުޅުމުގެ ހަގީގީ ސިއްރަކީ ހަމަ ހާޝީސް ޗޮކްލެޓޭ ބުނެވޭނީ."

ކާޓިސް އާއި ވަޖިނިއާ.

ކާޓިސް އާއި ވަޖިނިއާ.

ސޫޒަން ކިޔައި ދިން ގޮތުގައި އެ މީހުން ގެއިން ދުވަހަކު ވެސް ޗޮކްލެޓް ހުހެއް ނުވެ އެވެ.

"ގެއިން ޗޮކްލެޓް ނުލިބޭ ދުވަހެއް ވެސް ހަނދާނަކަށް ނާދޭ. އަބަދު ވެސް ބަދިގޭގައި ހުންނާނެ ޗޮކްލެޓް ބާތަކާއި ކިސެސް،" އޭނާ ބުންޏެވެ. "މަންމަ އާއި ބައްޕަގެ ދުވަސް ފުރިހަމަ ވާނީ ކޮންމެ ދުވަހަކު ވެސް ކާލެވޭ ހާޝީސް ޗޮކްލެޓާ އެކު."

އެ ދެމަފިރިންގެ ކައިވެންޏަށް މިދިޔަ ހޮނިހިރު ދުވަހު 79 އަހަރު ފުރުނު އިރު، ހާޝީސްއަކީ 1984 ގައި ވުޖޫދަށް އައި ބްރޭންޑެކެވެ.