16 ފެބުރުއަރީ 2021
ބާސެލޯނާ (ފެބްރުއަރީ 16) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހޯދަން ޕީއެސްޖީން ވަރަށް ފާޅުކޮށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެކަމުގެ ސަބަބުން މިރޭގެ މެޗަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
ބާސެލޯނާ (ފެބްރުއަރީ 16) - ބާސެލޯނާގެ ތަރި ލިއޮނަލް މެސީ ހޯދަން ޕީއެސްޖީން ވަރަށް ފާޅުކޮށް މަސައްކަތްކުރަމުން ދިޔަ ނަމަވެސް އެކަމުގެ ސަބަބުން މިރޭގެ މެޗަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފި އެވެ.
މި ސީޒަނުގެ ނިޔަލަށް ބާސެލޯނާ ކޮންޓްރެކްޓްގައި ހުރި މެސީ ހޯދަން ޝައުގުވެރިވާކަމަށް ސީދާކޮށާއި ނުސީދާ ގޮތްގޮތަށް ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އަންނަނީ ތަކުރާރުކޮށް ނޫސްވެރިންގެ ބައްދަލުވުންތަކުގައި ވާހަކަދައްކަމުންނެވެ. އަދި ޕީއެސްޖީގެ ޑިރެކްޓަރު ލިއޮނާޑޯ ވެސް ވަނީ މެސީ އަށް ޝައުގުވެރިވާ ކަމަށް ބުނެފަ އެވެ.
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ޕީއެސްޖީއާ ދެކޮޅަށް ބާސެލޯނާ ދަނޑުގައި ކުޅޭ މެޗުގައި މެސީ އޭނާގެ މޮޅު ކުޅުން ދައްކާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ކޫމަން ވަނީ ބުނެފަ އެވެ.
"އަހަންނެއް ގަބޫލެއް ނުކުރަން ޕީއެސްޖީގެ އެ [ޓްރާންސްފާ] ވާހަކަތަކުން މެސީ އަށް އަސަރެއް ކުރާނެ ކަމަކަށް. މެސީ ހުރީ ބާސެލޯނާގައި. އަހަރެން ގަބޫލުކުރާ ހިތް އޮތީ މެސީ އިތުރު އަހަރުތަކެއް ވަންދެން ބާސެލޯނާގައި މަޑުކުރާނެ ކަމަށް،" ކޫމަން ބުންޏެވެ.
ކޫމަން ބުނީ ޒުވާން ކުޅުންތެރިންނާ އެކު ބާސެލޯނާ މި ވަގުތު އޮތީ ވަރަށް ރަނގަޅު ރޫހެއްގައި ކަމަށާއި އެ ޓީމަށް ބަލިނުކުރެވޭނެވަރުގެ ޓީމެއް އޮތް ކަމަށް ނުދެކޭ ކަމަށެވެ. މީގެ އެންމެ ބޮޑު ހެއްކަކީ ޗެމްޕިއަންސް ލީގުގައި މި ފަހަރު ބާސެލޯނާގެ ނަތީޖާތަށް ކަމަށް ކޫމަން ބުންޏެވެ.
"ބާސެލޯނާ އަށް ވުރެން މާ މޮޅު ޓީމެއް އަހަންނަކަށް ނުފެނޭ. މި ޓީމުގައި ބަދަލުކުރަން ޖެހޭ މާ ގިނަ ކަމެއް ނެތް. މި ތިބި ޒުވާން ކުޅުންތެރިން މަސައްކަތްކޮށްފިނަމަ ނުވާނެ ކަމެއް ނެތް. އެކަން ދަނޑުމަތީގައި އެބަ ފެނޭ،" ކޫމަން ބުންޏެވެ.
ޗެމްޕިއަންސް ލީގުގެ 2016-2017 ވަނަ އަހަރުގެ ސީޒަނުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ޕީއެސްޖީ ދަނޑުގައި އެ ޓީމުން ބާސެލޯނާ އަތުން 4-0 އިން މޮޅުވި އެވެ. އެކަމަކު ބާސެލޯނާ ދަނޑުގައި ކުޅުނު ދެ ވަނަ ލެގުގެ މެޗުގެ ފަހު އަށް ވަރަކަށް މިނިޓް ތެރޭ ތިން ގޯލު ޖަހައި 6-1 އިން މޮޅުވެގެން ބާސެލޯނާ ވަނީ މުބާރާތުގެ ކުއާޓާ އިން ފުރުސަތު ހޯދައިފަ އެވެ. އެ ފަހަރު ޕީއެސްޖީ ކަޓުވާލުމުގައި ބާސެލޯނާގެ ތަރި އަކީ ނޭމާ އެވެ. އެ ސީޒަނަށް ފަހު ނޭމާ ވަނީ ދުނިޔޭގެ ރެކޯޑް އަގަކަށް (222 މިލިއަން ޔޫރޯ އަށް) ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. މިއީ ޕީއެސްޖީ އަށް ނޭމާ ބަދަލުވި ފަހުން ބާސެލޯނާ އާއި ޕީއެސްޖީގެ ފުރަތަމަ ކުރިމަތިލުމެވެ. އެކަމަކު އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނޭމާ ނުކުޅެނޭ އެވެ.
"އަހަރެމެން ވިސްނަން ޖެހޭނެ ޓީމަކުން އެހާ މުހިއްމު ކުޅުންތެރިއަކު (ނޭމާ) ނުލައި ނުކުންނާނީ ކިހާ ތައްޔާރުވެގެންތޯ. އަހަރެންގެ އުއްމީދަކީ ދެތިން ހަފްތާ ފަހުން ދެ ވަނަ ލެގު ކުޅޭއިރު އޭނަ (ނޭމާ) އަށް މި މެޗުގައި ކުޅެވުން. އެއީ މޮޅު ކުޅުންތެރިން ކުޅެގެން ފުރިހަމަ މެޗެއް ފެންނާނީ،" ކޫމަން ބުންޏެވެ.
ބާސެލޯނާ ދަނޑުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަނޑިން މިރޭ 1 ޖަހާއިރު އެވެ.
މެސީ އާއި ނޭމާއަށް ބަޔާން ކައިރީ ގަދައެއް ނުވެވުނު
މެސީ އަނިޔާގައި، ބެންފީކާ މެޗުގައި ނުކުޅެވޭނެ
މެސީގެ "ޕެނަންކާ" ޕެނަލްޓީން ޕީއެސްޖީ އެއްވަނަ އަށް
މެސީގެ ޕީއެސްޖީން "އޮއިލް ކްލެސިކޯ" ކާމިޔާބުކޮށްފި
ތިން ފޯވާޑުންނަށް ޕީއެސްޖީ މޮޅުކޮށް ނުދެވުނު
މެސީ، ނޭމާ އަދި އެމްބާޕޭ އެކުގައި މިރޭ ފެނިދާނެ
"ނަތީޖާ އަނބުރާލުމަކީ ބާސެލޯނާ އަށް ކުރެވޭނެކަމެއް"
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
ޕީއެސްޖީގެ ނާކާމިޔާބުގެ ޒިންމާ އެމްބާޕޭ ނަގައިފި
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް