29 ސެޕްޓެމްބަރ 2021
ޕެރިސް (ސެޕްޓެމްބަރު 29) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނެލް މެސީ ޕީއެސްޖީގެ ޖޯޒީގައި ޖެހި ފުރަތަމަ ލަނޑާ އެކު 2-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.
ޕެރިސް (ސެޕްޓެމްބަރު 29) - ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ލިއޮނެލް މެސީ ޕީއެސްޖީގެ ޖޯޒީގައި ޖެހި ފުރަތަމަ ލަނޑާ އެކު 2-0 އިން މެންޗެސްޓާ ސިޓީ ބަލިކޮށްފި އެވެ.
ގުރޫޕް އޭގެ "އޮއިލް ކްލެސިކޯ"ގެ ގޮތުގައި މަޝްހޫރު މި މެޗުގެ ދެވަނަ ހާފުގައި މެސީ ޖެހި މި ލަނޑަކީ ހާފް މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް ޕެނަލްޓީ އޭރިއާ ކައިރީގައި ހުރި ކިލިއަން އެމްބާޕޭ އަށް ޖައްސާލައި، އަނބުރާ އެ ބޯޅަ ހޯދުމަށް ފަހު ގޯލުގެ މަތީ ކަނަށް ވައްދާލައިގެން ޕީއެސްޖީއަށް ކާމިޔާބު ކޮށްދިން ލަނޑެކެވެ.
ޕީއެސްޖީގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނިޓުގައި ޖެހީ އިދްރީސާ ގާނާ ގޭއި އެވެ. ކިލިއަން އެމްބާޕޭ އޭރިއާ ތެރެއަށް ވަދެ ގޯލު ކުރިމައްޗަށް ހުރަސް ކޮށްލި ބޯޅައެއް ސިޓީގެ ކައިލް ވޯކާ އަށް ރަނގަޅަށް ސާފުކޮށްނުލެވި އުޅެނިކޮށް، ކައިރީގައި ހުރި ގާނާ ގޭއި އަށް ލިބުމާއެކު އޭނާ ވަނީ ކޮންޓްރޯލް ކޮށްލައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިފަ އެވެ.
ޕީއެސްޖީ މޮޅުވި ނަމަވެސް މެންޗެސްޓާ ސިޓީން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް ގޯލާ އަމާޒުކޮށް ފޮނުވާލައިފަ އެވެ. ނަމަވެސް މި ސީޒަނުގައި އޭސީ މިލާނުން ގެނައި ކީޕަރު ޖިއަންލުއިޖީ ޑޮނަރޫމާ ވަަނީ ހުށިޔާރުކަމާ އެކު ހަމަލާތައް ދިފާއުކޮށްފަ އެވެ. މިއީ 22 އަހަރުގެ ޑޮނަރޫމާ ޗެމްޕިއަންސް ލީގު މެޗެއްގައި ކުޅުނު ފުރަތަމަ ފަހަރެވެ.
"އޮއިލް ކްލެސިކޯ" އަކީ މެދުއިރުމަތީގެ ދެ މަހުޖަނުން ހިންގާ މި ދެ ޓީމުގެ ކުރިމަތިލުމަށް ފުޓުބޯޅަ ސަޕޯޓަރުން މަޖަލަކަށް ބޭނުންކޮށް އުޅޭ ނަމެކެވެ. ޔޫއޭއީގެ ޝާހީ އާއިލާ އަށް ނިސްބަތްވާ ޝެއިޚް މަންސޫރު 2008 ވަނަ އަހަރު މެންޗެސްޓާ ސިޓީއާ ހަވާލުވިރު ގަތަރުގެ ވިޔަފާރިވެރިޔާ ނާސިރު އަލް ހަލީފީ ޕީއެސްޖީއާ ހަވާލުވީ 2011 ވަނަ އަހަރު އެވެ. އެއަށް ފަހު ބޮޑެތި ހަރަދުތަކެއް ކޮށްގެން ކުޅުންތެރިން ގެނެސް ގައުމީ ލެވެލްގައި ގިނަ ކާމިޔާބީތަކެއް އަންނަނީ ހޯދަމުންނެވެ. އެހެން ނަމަވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވޭގޮތެއް ނުވެ އެވެ.
މި ގުރޫޕުގައި ދެން ހިމެނޭ އާރުބީ ލިޕްޒިގާއި ކްލަބް ބްރޫޖެސް ބައްދަލުކުރި މެޗު 2-1 އިން ކާމިޔާބުކުރީ ބްރޫގެސް އެވެ.
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
ހާލަންޑް ފެއިލް ކޮށްލަން ބަޔަކު ބޭނުންވޭ: ގާޑިއޯލާ
އެތުލެޓިކޯއާ އެއްވަރުކުރަން ގޯލު ޖެހީ ލާޒިއޯގެ ކީޕަރު
މެސީ އާއި ނޭމާއަށް ބަޔާން ކައިރީ ގަދައެއް ނުވެވުނު
ޕީއެސްޖީއަށް ވުރެ ކުރީގައި ބެންފީކާ، ޔޫވޭ ޔޫރޮޕާ އަށް
މެސީ އަނިޔާގައި، ބެންފީކާ މެޗުގައި ނުކުޅެވޭނެ
ރެއާލާ ސިޓީއަށް މޮޅެއް، ޕީއެސްޖީ ފުއްދާލީ ޕޮއިންޓަކުން
ސިޓީ، ޕީއެސްޖީ އަދި ރެއާލްވެސް ފަހުހާފުގައި މޮޅުވެއްޖެ
އެމްބާޕޭ ފަހުވަގުތު ޖެހި ލަނޑުން ރެއާލް ބަލިކޮށްފި