15 ފެބުރުއަރީ 2021
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމުގެ މައްސަލަ ނިމެންދެން، އެ މަނިކުފާނު ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަމުރުކޮށް، އެ މައްސަލައިގެ ޝަރީއަތް މިރޭ ފަށަން ނިންމައިފި އެވެ.
ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރާއްޖެ އިން ބޭރަށް ފުރާވަޑައިގަތުމުގެ ހުއްދަ ދިނުމުގެ މައްސަލަ ނިމެންދެން، އެ މަނިކުފާނު ފުރުން މަނާކުރަން ސުޕްރީމް ކޯޓުން އަމުރުކޮށް، އެ މައްސަލައިގެ ޝަރީއަތް މިރޭ ފަށަން ނިންމައިފި އެވެ.
ޖިހާދުގެ މައްޗަށް ދައުލަތުން ކުރާ ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުމުގެ ދައުވާއާ ގުޅިގެން ޖިހާދު ރާއްޖެ އިން ބޭރަށް ބޭސްފަރުވާ އަށް ވަޑައިގަންނަވަން އެދިވަޑައިގަތުމުން ދައުލަތުގެ އެދުމުގެ މަތިން ކްރިމިނަލް ކޯޓުން ވަނީ އެ މަނިކުފާނަށް އެ ހުއްދަ ނުދޭން ނިންމައި، ޕާސްޕޯޓު ހިފަހައްޓަން އަމުރުކޮށްފަ އެވެ. އެ އަމުރު ޖިހާދުގެ ފަރާތުން އިސްތިއުނާފު ކުރުމުން ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިިއުނާފު ކުރުމުން އެ ކޯޓުން އިއްޔެ ނެރުނު ވަގުތީ އަމުރުގައި ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުން ނިމުމުގެ ކުރިން ޖިހާދު ފުރާވަޑައިގެންފި ނަމަ ސުޕްރީމް ކޯޓުގެ ނިންމުމުގެ ބާރު ނުހިނގާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. އެހެންވެ، އެ މައްސަލަ އެ ކޯޓުން ނިންމަންދެން ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން އެންގީ ކަމަށް އެ އަމުރުގައިވެ އެވެ.
އެ މައްސަލައިގެ ޝަރީއަތް މިރޭ ފަށަން ސުޕްރީމް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
އެ މައްސަލަ ބައްލަވާނީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިނެވެ.
އަލަމްގީރު ކޭސް: ގިނަ ބައެއްގެ ޕާސްޕޯޓު ހިފަހައްޓައިފި
އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން އުޅުނު މީހާ ބަންދަށް
އިމިގްރޭޝަންގެ ނަމުގައި ގެއަކަށް ވަދެ ފޭރިއްޖެ
ބިދޭސީން ދިރިއުޅޭ ތަންތަން ބަލަން އޮޕަރޭޝަނެއް ފަށައިފި
މާރާމާރީ ހިންގި ހަ ބިދޭސީއަކު ރާއްޖެއިން ޑީޕޯޓްކޮށްލަނީ
ސަރަހައްދުގެ އެއް ވަަނައިގައި އަދިވެސް ދިވެހި ޕާސްޕޯޓް
100 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް އަތުލައިގެންފި
އޮޅުވާލައިގެން ރާއްޖެ އައި ބިދޭސީންތަކެއް ހުއްޓުވައިފި
ކޮންމެ އަތޮޅަކުން ޕާސްޕޯޓް ހެއްދޭނެ ގޮތް ހަދަނީ
ކޯޓުތަކުން ޕާސްޕޯޓް ދޫކުރުން ދެން ކުޅިވަރަކަށް ނުވާނެ!