Roadha Mihaaru
ފުވައްމުލައް، ގުރައިދޫގެ ކުނި ނައްތާލުން ވެމްކޯ އަށް

ފުވައްމުލައް، ގުރައިދޫގައި ގިނަ ދުވަސްވެފައިވާ ކުނިތައް ވެމްކޯ އިން ނައްތާލަނީ

11 ފެބުރުއަރީ 2021

ފުވައްމުލަކާއި ކ. ގުރައިދޫގައި އެކި ދުވަސްމަތިން ޖަމާކޮށްފައިވާ ކުނި ނައްތައިލުމުގެ މަސައްކަތް ވެމްކޯ އިން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ފުވައްމުލަކާއި ކ. ގުރައިދޫގައި އެކި ދުވަސްމަތިން ޖަމާކޮށްފައިވާ ކުނި ނައްތައިލުމުގެ މަސައްކަތް ވެމްކޯ އިން ފަށައިފި އެވެ.

އެ ކުންފުނިން ކުރިއަށް ގެންދާ "އެކިއުމިއުލޭޓެޑް ވޭސްޓް ކްލިއަރިން ޕްރޮޖެކްޓް" ގެ ދަށުން ރަށްރަށުގައި ޖަމާކޮށްފައި ގިނަ ދުވަސްތަކެއް ވެފައި ހުންނަ ކުނި ނައްތައިލުމުގެ މަސައްކަތް ކުރާނެ އެވެ. މި ޕްރޮޖެކްޓްގެ ދަށުން ގުރައިދޫން 400 ޓަނުގެ ކުނި ނަގާނެ ކަމަށް ވެމްކޯ އިން ބުނެ އެވެ.

ވެމްކޯގެ ޓްވީޓް

މި ޕްރޮޖެކްޓްގެ ދަށުން އެކި ސަރަހައްދުތަކުން 25،000 ޓަނުގެ ކުނި ނައްތައިލެވޭނެ ކަމަށް ވެމްކޯ އިން ލަފާކުރެ އެވެ.

ޖަމާވެފައި ހުރި ކުނި ނައްތައިލުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެއްޓީ ހދ. ކުޅުދުއްފުށިންނެވެ. އެ ސިޓީން ވެސް މިހާތަނަށް 400 ޓަނުގެ ކުނި ނަގައިއި ބޮޑު ސަރަހައްދެއް ސާފުކޮށްފައިވާ ކަމަށް ވެމްކޯ އިން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި، އެހެން ރަށްރަށުގައި ވެސް ޖަމާވެ، ގިނަ ދުވަސްވެފައި ހުންނަ ކުނިތައް ސާފުކޮށްދީ ނައްތައިލުމުގެ މަސައްކަތްތައް ކުރާނެ އެވެ.