10 ފެބުރުއަރީ 2021
ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުގެ ތެރެއިން ދިރާގު ދިވެހި ޕްރިިމިއާ ލީގު ހުއްޓާލަން ޖެހިފައި ވާތީ އެކަމާ އަލުން ވިސްނައި ހައްލެއް ހޯދައިދޭން، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ސިއްހީ ކަމާބެހޭ އިދާރާތަކަށް އިލްތިމާސެއް ކޮށްފި އެވެ.
ކޮވިޑް-19ގެ ކޭސްތައް މާލެ ސަރަހައްދުގައި ގިނަވާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުގެ ތެރެއިން ދިރާގު ދިވެހި ޕްރިިމިއާ ލީގު ހުއްޓާލަން ޖެހިފައި ވާތީ އެކަމާ އަލުން ވިސްނައި ހައްލެއް ހޯދައިދޭން، ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ސިއްހީ ކަމާބެހޭ އިދާރާތަކަށް އިލްތިމާސެއް ކޮށްފި އެވެ.
ލީގުގެ ކުޅުން ހުއްޓާލާފައި އޮންނަތާ ހަފްތާއެއް މިއަދަށް ހަމަވިއިރު، ފުރަތަމަ ޑިވިޝަނުގައި ހިމެނޭ އަށް ކްލަބްގެ ގިނަ ކުޅުންތެރިންތަކެއް ހިމެނޭ ގޮތަށް މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ކްލަބް ވެލެންސިއާގެ ކެޕްޓަން ދަގަނޑޭ ބުނީ ފުޓްބޯޅައަށް ދެރައެއް ލިބޭ ކޮންމެ ފަހަރަކު އެންމެން އެކައްޗެއް ކިޔައި އެއްގޮތެއްގައި ނުކުމެ ކުރާ މަސައްކަތަކީ ތައުރީފް ހައްގު މަސައްކަތެއް ކަމަށެވެ.
"ކޮވިޑް-19އާ ދެކޮޅަށް ސިއްހީ ދާއިރާގެ މީހުން އެ ކުރާ މަސައްކަތަށް ވެސް ޝުކުރު އަދާކުރަން. އަޅުގަނޑު އެދެނީ ލީގާއި ޕްރެކްޓިސް ހުއްޓާލާފައި މިހެން އޮތުމުން މި ލިބޭ ގެއްލުންތައް ކުޑަކުރެވޭތޯ މަސައްކަތްކުރުން. އަދި ވީ އެންމެ އަވަހަކަށް ރަސްމީ އިދާރާތަކުން ވިސްނައި މިކަމަށް ހައްލެއް ހޯދައިދިނުމަށް. އުއްމީދަކީ ވީ އެންމެ އަވަަހަށް ޕްރެކްޓިސްތަކާއި ފުޓްބޯޅައިގެ ކަންކަން ފެށޭގޮތް ވުން،" ދަގަނޑޭ ބުންޏެވެ.
ކުޅުންތެރިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ފުޓްބޯޅައިގެ ހައްގުގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ކުރައްވާ މަސައްކަތް އަގުވަޒަންކުރާކަމަށް ވެސް ދަގަނޑޭ ބުންޏެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމުގެ ސީނިއާ ކުޅުންތެރިން ބައިވެރިވި އެވެ. އޭގެ ތެރޭގައި ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން ގިނަ އެވެ.
ޖުމްލަ ގޮތެއްގައި ހުރިހާ ކުޅުންތެރިންގެ ވިސްނުމަކީ ވެސް އެޗްޕީއޭ އާއި އެފްއޭއެމުން މަޝްވަރާކޮށް ފުޓްބޯޅަ ކްލަބްތަކަށް ކަނޑައަޅާފައިވާ ގައިޑްލައިންތަކަށް އިސްލާހު ގެނެސްގެން ވިޔަސް ވީ އެންމެ އަވަހަށް ފުޓްބޯޅަ ހަރަކާތްތައް ފެށުމެވެ. ނުކުޅެ ހޭދަވާ ކޮންމެ ދުވަހާ އެކު، މާލީ ގޮތުންނާއި މެޗު ފިޓްނަސް އަށް ބޮޑެތި އަސަރުތަކެއް ކުރާ ކަމަށް ބުނެ ކުޅުންތެރިން ކަންބޮޑުވުން ފާޅުކުރި އެވެ. ކުރިއަށް ވޯލްޑް ކަޕް ކޮލިފައިން އާއި އޭއެފްސީ ކަޕްގެ މެޗުތަކެއް ހުރިއިރު ރާއްޖެ ތަމްސީލްކުރާ ކުޅުންތެރިން މަސައްކަތް ހުއްޓާލައިގެން ތިބެންޖެހުމުން އޭގެ ގެއްލުން ރާއްޖޭގެ ކުޅިވަރަށް ވެސް ވާކަމަށް ކުޅުންތެރިން ބުންޏެވެ.
ބޭނުމީ އަޝްފާގު ރިކަވާވެގެން މެޗުތަކުގައި ކުޅެން: އާތީ
ދަގަނޑޭގެ ކަކޫ އޮޕަރޭޝަން ކޮށްފި
ދަގަނޑޭ އޮޕަރޭޝަންކުރަނީ، ދެން ދަނޑުން ނުފެނިދާނެ؟
ދަގަނޑޭ އަށް މަޖިލިސް ރައީސްގެ ގެކޮޅުގެ އިސް މަގާމެއް
ދުނިޔޭގެ ހެޓްރިކް ލިސްޓުގެ ތިން ވަނައިގައި ދަގަނޑޭ
ކުޑަމޫސަ، ދަގަނޑޭ؛ މޮޅީ ކާކު؟ މަސްހުނި ހިޔާލުތަކެއް
އެފްއޭއެމް ރައީސް ކަމަށް ދަގަނޑޭ ވާދަކުރަނީ؟
ދަގަނޑޭގެ ރެކޯޑާ ޗެތުރީ އެއްވަރު ކޮށްފި
ކްރިކެޓަށް މަރުދޭ އިންޑިއާގައި ޗެތުރީއަށް އޮތް ލޯބި
ދަގަނޑޭ ހައްޖަށް، ސާފް ޗެމްޕިއަންޝިޕުން ނުފެންނާނެ