09 ނޮވެމްބަރ 2016
ރާއްޖޭގެ އެންމެ ބޮޑު ދެ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާ ފައިދާ ސަރުކާރަށް ނުދޭތާ ދެ އަހަރުވެއްޖެ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ދެ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އަދި ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ހިއްސާ ފައިދާ ސަރުކާރަށް ނުދޭތާ ދެ އަހަރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހެޅުއްވި ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓް ފޮތުގައިވާ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) ހިންގާ އެމްއޭސީއެލްގެ އިތުރުން އެސްޓީއޯ އަދި އެމްޓީޑީސީން ވެސް ހިއްސާގެ ފައިސާގެ ފައިދާ މިދިޔަ އަހަރާއި މިއަހަރު ސަރުކާރަށް ދައްކާފައެއްނުވެ އެވެ.
ބަޖެޓް ފޮތުގައިވާ ގޮތުން އެމްއޭސީއެލް އިން ޑިވިޑެންޑްގެ ގޮތުގައި އަންނަ އަހަރު ސަރުކާރަށް 561.6 މިލިއަން ރުފިޔާ ދައްކާނެ އެވެ. އަދި 2018 ވަނަ އަހަރު އެ ކުންފުނިން 841.5 މިލިއަން ރުފިޔާ، 2019 ވަނަ އަހަރު 940.5 މިލިއަން ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ދައްކާނެ ކަމަށް ވެސް ބުނެފައިވެ އެވެ. މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑު ޑިވިޑެންޑެއް ދައްކާ ކުންފުންޏެވެ.
އެމްއޭސީއެލް އިން ފާއިތުވި ދެ އަހަރު ޑިވިޑެންޑް ދައްކާފައިނުވާއިރު، އެއާޕޯޓް ހިންގަން އިންޑިއާގެ ޖީއެމްއާރާއެކު ވެފައިވާ އެއްބަސްވުން އުވައިލުމުން ބަދަލުގެ ގޮތުގައި 270 މިލިއަން ޑޮލަރު ދައްކަން ވަނީ ޖެހިފަ އެވެ. ނަމަވެސް އެ ފައިސާ ދައްކާ ނިންމަން ޖެހެނީ ކޮންއިރަކު ކަމެއް މިހާތަނަކަށް ނުބުނެ އެވެ.
ބަޖެޓް ފޮތުގައިވާ ގޮތުން، ސަރުކާރުގެ 81.6 ޕަސެންޓް ހިއްސާ އޮންނަ އެސްޓީއޯ އިން 71.1 މިލިއަން ރުފިޔާ އަންނަ އަހަރު ދައްކާނެ އެވެ. އަދި 2018 ވަނަ އަހަރު ދައްކާނެ ކަމަށް ލަފާކޮށްފައި ވަނީ 74.7 މިލިއަން ރުފިޔާ އެވެ.
އެސްޓީއޯއިން ދެ އަހަރު ޑިވިޑެންޑް ސަރުކާރަށް ދައްކާފައިނުވާއިރު، މިދިޔަ ޖޫން މަހުގެ ހަތަރު ވަނަ ދުވަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މިދިޔަ އަހަރުގެ ފައިދާ އިން ހިއްސާއަކަށް 57ރ. ބަހަން ފާސްކޮށްފައިވެ އެވެ.
ސަރުކާރުގެ 47 ޕަސެންޓް ހިއްސާ އޮންނަ އެމްޓީޑީސީން ވެސް އަންނަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި 6.2 މިލިއަން ރުފިޔާ ދޭނެ ކަމަށް ބަޖެޓް ފޮތުގައި ހިމަނާފައިވެ އެވެ. އެ ކުންފުނިން 2009 ވަނަ އަހަރުގެ ފަހުން ހިއްސާގެ ފައިދާ ބަހާފައެއް ނުވެ އެވެ.
ސަރުކާރު ހިއްސާވާ 10 ކުންފުންޏަކުން ސަރުކާރަށް އަންނަ އަހަރު ޑިވިޑެންޑް ދައްކާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މިދިޔަ އަހަރު އެސްއޯއީތަކުން 5.4 ބިލިއަންގެ ފައިދާ
އައްޑޫ އެއާޕޯޓްގެ އެސްޓީއޯގެ ހިއްސާ ދޫކޮށްލަން ނިންމައިފި
ނަތީޖާއާ އެކު ކުންފުނިތައް އުންމީދީ ބަދަލަކާ ދިމާއަށް
އެސްޓީއޯގެ ހިއްސާގެ ފައިދާ ދޫކުރުން ބުރާސްފަތި ދުވަހު
ފެނަކައިގެ ހާލަތު ރަނގަޅުކުރަން އެހެން ހައްލެއް ހޯދަނީ
އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 25،000ރ.
ފެނަކައަކީ ފައިދާވާ ކުންފުންޏަކަށް ހެދޭނެ: އެސްޓީއޯ
އެސްއޯއީތަކުގެ ގެއްލުން 2 ބިލިއަނަށް ވުރެ މަތީގައި!
ސަރުކާރުގެ ކުންފުނިތައް ރަނގަޅުކުރާނެ މީހަކު ހޯދަނީ
އެސްޓީއޯގެ އާމްދަނީ އިތުރު، އެކަމަކު ފައިދާ ދަށަށް