08 ފެބުރުއަރީ 2021
ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނި މޮނިޓަރިން އަށް ލާފައިވާ ގދ. ތިނަދޫން މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ކޮވިޑަށް ޓެސްޓުކުރަން ނެގި ރޭންޑަމް ސާމްޕަލްތަކަކުން، އެކަކު ޕޮޒިޓިވްވް ވެއްޖެ އެވެ.
ކޮވިޑްގެ ޕޮޒިޓިވް ކޭސްއެއް ފެނި މޮނިޓަރިން އަށް ލާފައިވާ ގދ. ތިނަދޫން މިދިޔަ ހޮނިހިރު ދުވަހާއި އިއްޔެ ކޮވިޑަށް ޓެސްޓުކުރަން ނެގި ރޭންޑަމް ސާމްޕަލްތަކަކުން، އެކަކު ޕޮޒިޓިވްވް ވެއްޖެ އެވެ.
މި ކޭސް ފެނުމާ ޢެކުނރަށުގެ ސްކޫލްތައް ބަންދުކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކުރަން ވަނީ ނިންމައިފަ އެވެ.
ތިނަދޫ ކައުންސިލުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ މިއަދުން ފެށިގެން، ވަކި ގޮތެއް ނިންމަންދެން ސްކޫލްތަކާއި ޓިއުޝަން ކްލާސްތަކާއި ކޮލެޖްތަކުގެ ކިޔެވުން ކުރިއަށް ގެންދަން ޖެހޭނީ އޮންލައިންކޮށް ކަމަށެވެ. އަދި ކުޑަކުދިންގެ ޕާކާއި މިއުޒިއަމް ޕާކު ވެސް ބަންދުކުރަން އަންގާފައިވެ އެވެ. ކައުންސިލުން ބުނީ މިއީ އެ ރަށުގެ އިމަޖަންސީ އޮޕަރޭޝަން ސެންޓަރުގެ ނިންމުމެއް ކަމަށެވެ.
ތިނަދޫގައި ކޮވިޑް ފެތުރިދާނެ ކަމުގެ ބިރު ބޮަޑުވެ، ރޭންޑަމް ސާމްޕަލް ނަގަން ފެށީ އައްޑޫ ގަން އެއާޕޯޓުގައި ބޭއްވި ވޯކްޝޮޕެއްގައި ބައިވެރިވި ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަހުންނެވެ. އައްޑޫން ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓްވި މީހަކު ތިނަދޫން ވަނީ ކުރިން ޕޮޒިޓިވްވެފަ އެވެ. އެހެންވެ އެ ރަށް ވަނީ މޮނިޓަރިންގަ އެވެ.
- ސައިހޮޓާ، ރެސްޓޯރަންޓްތައް އަދި ފިހާރަތަކާއި ގާޑިއާތައް ރޭގަނޑު 11:00 ގައި ބަންދުކުރުން
- ކަސްރަތު ކްލާހާއި ޖިމާއި ދުވާ ޓްރެކާއި ހުރިހާ ކުޅިވަރު ކޯޓުތައް ބަންދުކުރުން
- ކައުންސިލުން ދޫކުރާ ހާއްސަ ހުއްދައިގެ ދަށުން ފަރު މަސްވެރިކަމަަށް ނިކުންނަ އުޅަނދުފަހަރު ދިއުން
- ކައުންސިލާ އެކު އިގުރާރުވުމެއްގައި ސޮއިކުރުމަށް ފަހު ކަނޑު މަސްވެރިކަމަށް ދިއުން
މީގެ އިތުރުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ބޭރަށް ނުނިކުންނަން ވެސް ކައުންސިލުން ވަނީ އެދިފަ އެވެ. އަދި ރޯގާ އާއި ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ދާން ވެސް އެދިފައި ވެ އެވެ.
ތިނަދޫގައި ކީމޯ ތެރަޕީގެ ހިދުމަތް ފަށައިފި
"ދަރިފުޅު މަރުވީ ހޮސްޕިޓަލުގެ 100 ޕަސެންޓު އިހުމާލުން"
3 މަހުގެ ކުއްޖާގެ މަރާ ގުޅިގެން ޑޮކްޓަރު ސަސްޕެންޑް
ތިނަދޫ ހޮސްޕިޓަލްގައި ކަށީގެ ބޮޑު، ތާރީހީ އޮޕަރޭޝަނެއް
އެންދަމަން ފޭބި މީހަކު މަރުވެއްޖެ
ތިނަދޫން ސްވައިން ފްލޫއަށް ޝައްކުވާ ބަޔަކު ޓެސްޓުކުރަނީ
ތިނަދޫގައި ގޯތި ލާޖެއްސުމުގެ އުސޫލަށް ހަރުކަށި ބަދަލެއް
ތިނަދޫ ހޮސްޕިޓަލް ތަރައްގީކޮށް ރިފަރަލް ޕޮއިންޓަކަށް
ތިނަދޫން ގޯތި ލިބޭ މީހުންގެ މެދުގައި ގުރުނަގަނީ
ތިނަދޫގެ 200 ފްލެޓަށް ކުރިމަތިލުމަށް ހުޅުވާލަނީ