Roadha Mihaaru
ޕޮލިސް ބޯޑަށް ހުޅުވާލުން: ނަޝީދު އުފާފާޅުކުރައްވައިފި

"ފުލުހުން ރިފޯމްގެ ފަހު މަރުހަލާ" ފެބްރުއަރީ 8 އާ ދިމާވުމުން ނަޝީދު އުފާފާޅުކުރައްވައިފި

08 ފެބުރުއަރީ 2021

މިދިޔަ އަހަރު ފާސްކޮށް އަަމަލުކުރަން ފަށާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު"ގައި ބުނާ ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލުން، ފެބްރުއަރީ 8 އާ ދިމާވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފާފާޅުކުރައްވައިިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

މިދިޔަ އަހަރު ފާސްކޮށް އަަމަލުކުރަން ފަށާފައިވާ "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު"ގައި ބުނާ ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރާ މެމްބަރުންގެ މަގާމަށް ކުރިމަތިލާން މިއަދު ހުޅުވާލުން، ފެބްރުއަރީ 8 އާ ދިމާވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފާފާޅުކުރައްވައިިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައި އެޖެންޑާގެ ތަފްސީލު ދެއްވަމުން ޕޮލިސް ބޯޑަށް މެމްބަރުން އައްޔަން ކުރުމުގެ މައްސަލައާ ހިސާބަށް ވަޑައިގެން، ނަޝީދު ފުރަތަމަ ވެސް ދެއްވީ ފެބްރުއަރީ އަށެއްގެ ތަފްސީލެވެ. އެމަނިކުފާނަށް މި ދުވަސް ހާއްސަ ވަނީ އެއީ 2012 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަން ބަދަލުވުމާ ގުޅިގެން، އެ ބަަދަލަކީ ބަޣާވާތެެއް ކަމަށް ސިފަކޮށް އެމްޑީޕީން މުޒާހަރާ އަށް ނުކުތް ދުވަސް ކަމަށް ވާތީ އެވެ. އެމަނިކުފާނު ވިދާޅުވީ ފުލުހުންގެ ގާނޫނަށް މަޖިލީހުން އިސްލާހު ގެނައީ ފެބްރުއަރީ 8، 2012 ގައި ފުލުހުންގެ ތެރެއިން ބަޔަކު އެގޮތަށް ކަންތައް ކޮށްފައި ވާތީ އެ ސަބަބަށްޓަކައި ކަމަށެވެ.

"މިއަދު އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު އުފަލެއް، ހިތްހަމަޖެހުމެއް މި މަސައްކަތުގެ އެންނެ ފަހު ތުންފަތުގައި ތިބުމުގެ ވަގުތަށް އަޅުގަނޑުމެން އައިސް ހުއްޓޭކަމީ،" އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ފުލުހުންގެ ބޯޑަށް އާއްމުންގެ ތެރެއިން މެމްބަރުން ހޮވުމުގެ މަސަައްކަތަށްް ކުރިމަތިލާނީ "ބަޣާވާތުގެ މަސައްކަަތްތައް" ކޮށްފައިވާ ފުލުހުންނަށް ފިޔަވަޅު އަޅާފައި ކަމަށެވެ. ފުލުހުންގެ ހިދުމަތަކީ ދިވެހިންގެ އިހުތިރާމާއި ލޯބި ލިބިގެންވާ ހިދުމަތަކަށް، މި ބަދަލާ އެކު ވެގެން ދިއުން އެދިވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ފެބްރުއަރީ 8 ގައި ކުރި މުޒާހަރާ ފުލުހުން ރޫޅާލިއިރު އެކަމުގެ ތެރޭގައި އަނިޔާ ލިބިވަޑައިގަތް ބޭފުޅުން މިހާރު ތިއްބެވީ މަތީ މަގާމުތަކުގައި ކަމަށް ވިދާޅުވެ، އެކަމާ ވެސް އެމަނިކުފާނު އުފާ ފާޅުކުރެއްވި އެވެ.

ނަޝީދު މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު އަލަށް އަމަލުކުރަން ފެށި ފުލުހުންގެ ހިދުމަތުގެ ގާނޫނުން އުފައްދާ ބޯޑަށް އެ ގާނޫނުގައި ދީފައިވާ ބާރުތަކުގެ ތެރޭގައި މިހާރު ތިބި ފުލުހުންގެ އޮފިސަރުން މަސައްކަތް ކޮށްފައިވާ ގޮތް ބަލައި، މަގާމުގައި ދަމަހައްޓަން ނުވަތަ ވަކިކުރުމުގެ ބާރު ހިމެނެ އެވެ. އެކަން ނިންމުމުގައި ބޯޑުން ބަލާނެ ކަންތައްތަަކުގެ ތެރޭގައި އެ ފުުލުހުންގެ ސުލޫކީ މައްސަލައެއް އޮތްކަން ނުވަތަ ނެތްކަން އަދި އެ އޮފިސަރުންގެ އަރަންޏާއި ދަރަނީގެ ކަންތައައް ވެސް ހިމެނެ އެވެ.