ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އަށް އެނބުރި ގޮސް، އެ ދުވަހުގެ "ފަސްބައި ނަގައި ކޮނެ ހަދާ ނަމަ" ގައުމަށް ގެއްލުން ލިބިދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
29 އޯގަސްޓް 2019
ރައްޔިތުންގެ މަޖިލިހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާ އަށް އެނބުރި ގޮސް، އެ ދުވަހުގެ "ފަސްބައި ނަގައި ކޮނެ ހަދާ ނަމަ" ގައުމަށް ގެއްލުން ލިބިދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދިނުމަށް އެޅި ފިޔަވަޅުތައް ބަލަން ޑީއާރުޕީގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލާ ގުޅިގެން އިމްރާން ވިދާޅުވީ އެ ދުވަހުގެ ހާލަތަށް ދިވެހިން އެނބުރި ދާ ނަމަ، ގައުމަށް ލިބޭނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
އިމްރާން އެގޮތަށް ވިދާޅުވި އިރު، ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން އަބަދުވެސް ތުހުމަތުކުރެ އެވެ. އަދި އޭރު އެމްޑީޕީ ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ، މުޒާހަރާތަކުގެ އިސް އެއް ބޭފުޅަކީ ވެސް އިމްރާނެވެ.
ނަޝީދުގެ ވެރިކަން ބަދަލުވި ގޮތް ބަލައި އެކަމުގައި ބައިވެރިވި މީހުންނާ މެދު ފިޔަވަޅު އަޅަން އެމްޑީޕީގެ މަޖިލިހުގެ ގިނަ މެމްބަރުން ދާދި ފަހުން ވެސް ގޮވާލެއްވި އެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި. --- ފޮޓޯ: މަޖިލިސް
އިމްރާން ވިދާޅުވީ ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވި ގޮތް ބޭރުގެ މާހިރުން ވެސް ހިމެނޭ ހާއްސަ ކޮމިޝަނަކުން ތަހުގީގުކޮށް ނިންމާފައިވާ ކަމަށެވެ. އަދި އެކަމުގައި އިތުރު ތަހުގީގެއް ހިންގަން ޖެހޭ ނަމަ، ކަމާ ގުޅުން ހުރި މުއައްސަސާތަކުން ތަހުގީގު ހިންގިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ހޯމް މިނިސްޓަރު ވިދާޅުވީ ފެބްރުއަރީ 7 ގެ ވާހަކަ އަލުން ދައްކާ ނަމަ، ގައުމުގެ މަސްލަހަތު ގެއްލިދާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި 7 ފެބްރުއަރީގެ ވާހަކަ މިއަދު ދައްކަންވެއްޖެ ކަމަށްވާ ނަމަ، އަޅުގަނޑުމެން ގައުމުގައި އިތުރަށް ހަލަބޮލިކަމާއި ހަމަނުޖެހުން، މަސްލަހަތު ގެއްލުން ފިޔަވައި އިތުރު އެއްވެސް ކަމެއް ނުވާނެ،" ރިޔާސަތުގައި ނަޝީދު އިންނެވި ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 19 ވަނަ މަޖިލިހުގެ ތެރޭގައި ވެސް އެ ދުވަހު އެކި ކަންކަމުގައި އެކި ގޮތް ގޮތަށް އެކި ކޮޅުގައި ތިއްބެވި އެތައް ބޭފުޅުންނެއް ހިމެނެ އެވެ. އެބޭފުޅުންގެ މެދުގައި ގާއިމްވެފައިވާ އެކުވެރިކަމާއި މަސްލަހަތާއި އެއްބާރުލުން ގެއްލިގެން ނުދާ ގޮތަށް ކަންކަން ބައްޓަން ކުރުމަކީ ދިވެހި ހުރިހާ ރައްޔިތުންގެ މަސްއޫލިއްޔަތެއް ކަމަށް ވިދާޅުވި އެވެ.
"މިއަދު ގައުމު މިވަނީ އެކުވެރި ކުރަން ޖެހިފައި. އެއްބައި ކުރަން ޖެހިފައި. އެ ދުވަހަށް އެނބުރި ގޮސް، އެ ދުވަހުގެ ފަސްބައި ނަގައި ކޮނެ ހަދައި ގައުމަށް ގެއްލުން ލިބިދާނެ ފަދަ ގޮތަކަށް ކަންކަން ބައްޓަން ވެގެން ދިއުމަކީ އަޅުގަނޑުމެންގެ އެކަކު ވެސް ބޭނުންވާނެ އަދި ރުހޭނެ ކަމެއް ނޫން،" އިމްރާން ވިދާޅުވި އެވެ.
ނަޝީދުގެ ވެރިކަން "ބަޣާވާތަކުން" ވައްޓާލީ ކަމަށް އެމަނިކުފާނާއި އެމްޑީޕީން ތުހުމަތުކުރާތީ ހަ މަސްދުވަހުގެ މަސައްކަތަށް އޭރުގެ ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ވެސް ނެތް ކަމަށެވެ. އޭރުގެ ނައިބު ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ނަމަވެސް އެމްޑީޕީން އޭރު ވެސް އަދި މިހާރު ވެސް އެ ރިޕޯޓް ގަބޫލެއް ނުކުރެ އެވެ.
ފެބްރުއަރީ 7 އާ ގުޅިގެން ފުލުހުން ވަކިކުރި: އިމްރާން
ޕޮލިސް ބޯޑަށް ހުޅުވާލުން: ނަޝީދު އުފާފާޅުކުރައްވައިފި
ހަސަންގެ ވިސްނުމަށް ނަޝީދު ވެސް ތާއީދު!
ފެބްރުއަރީ 7 ތަކުރާރުވިޔަ ނުދޭން އެޅި ފިޔަވަޅު ބަލަނީ
ޕޮލިސް ސްޓޭޝަން މަޝްރޫއުގެ ފައިސާ އަދިވެސް ހަމަނުޖެހޭ
ފުލުހުންނަށް އެފަހަރަކު ޖެހުނު ވަޒީރެއް!
އިންކުއަރީ އަށް އިމްރާން މަޖިލީހަށް ހާޒިރުކޮށްފި
މޭޑޭގެ މުޒާހަރާ:ދެ ފުލުހަކު ޓްރެއިނިން ފުރިހަމަނުކުރޭ
މަޖިލިހުގެ އިދާރާ ބަގްކުރި މައްސަލަ ހުއްޓިއްޖެ
ނަޝީދަށް ދިން ހަމަލާގެ ތަހުގީގުގެ ކުރިއެރުން ރަނގަޅު