ރާއްޖޭން މި އަހަރު ފުރަތަމަ ފަހަރަށް ނަން-ރެސިޑެންޓް ސަފީރެއް ފަލަސްތީނަށް ކަނޑައަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
04 ފެބުރުއަރީ 2021
ރާއްޖޭން މި އަހަރު ފުރަތަމަ ފަހަރަށް ނަން-ރެސިޑެންޓް ސަފީރެއް ފަލަސްތީނަށް ކަނޑައަޅާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ދެއްވި ރިއާސީ ބަޔާނުގައި ރައީސް ވިދާޅުވީ ހީނަރުވެފައިވާ ހާރިޖީ ގުޅުންތައް އަލުން ބަދަހިކުރަން މިއަހަރު އިސްކަންދެއްވާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން މި އަހަރު ފަލަސްތީނަށް ނޮން-ރެސިޑެންޓް ސަފީރެއް އައްޔަނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ބޭރު ގައުމުތަކާ އެކު ހާރިޖީ ގުޅުން ދަމަހައްޓާ އިރު، ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުުރަން އަބަދުވެސް ދިވެހި ދައުލަތުން އިސްކަންދެއްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އިންސާނީ ހައްގުތަށް ހިމާޔަތްކޮށް، ޑިކޮކްރަސީގެ ހަމަތައް ނަގަހައްޓައި، ތިމާވެއްޓަށް އަންނަ ބަދަލުތަކުން ރާއްޖެ ރައްކާތެރިކުރުމަކީ ވެސް ރާއްޖޭގެ ހާރިޖީ ގުޅުންތައް އެ މައްޗަށް ބިނާވެފައިވާ ވަރަށް މުހިއްމު އަސާސެއް،" ރައީސް ވިދާޅުވި އެވެ.
ހާރިޖީ ގުޅުން ދަމަހައްޓަން ފޮޮރިން މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތުގެ ނަތީޖާ ފެންނަ ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ދިމާވި ދަތި ހާލަތުގައި އެކި ގައުމުތަކުން ރާއްޖެއަށް އެހީތެރިވީ އެ ގުޅުމުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވި އެވެ.
"ކޮވިޑް-19 ގެ ދަތިކަމުގައި ވެސް ރަހުމަތްތެރި ގައުމުތަކުންނާއި ބައިނަލްއަގްވާމީ ޖަމާއަތްތަކުން ފޯރުކޮށްދިން ދީލަތި އެހީތެރިކަމަކީ ހާރިޖީ ގުޅުން މިހާރު ބަދަހިވެފައިވާ މިންވަރު ދައްކުވައިދޭ އަލިގަދަ ހެއްކެއް،" ރައީސް ވިދާޅުވި އެވެ.
ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން އުޅޭ އިޒްރޭލުގެ އަމަލުތައް ރާއްޖޭން އަބަދުވެސް ކުށްވެރިކުރެ އެވެ. ފަލަސްތީނުގެ ރެފިއުޖީންނަށް ބައިނަލްއަގްވާމީ މުޖްތަމައުން، މިހާރު ދެމުން އަންނަ އެހީތެރިކަން އިތުރުކުރަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިދިޔަ އަހަރު ވަނީ ގޮވާލައްވައިފަ އެވެ.
ރާއްޖެއިން ފަލަސްތީނަށް ދެ މިލިއަން މަސްދަޅު ފޮނުވަނީ
ފުރަތަމަ ބައްދަލުކުރެއްވުން ފަލަސްތީނުގެ މިނިސްޓަރާ އެކު
އެމްޑީޕީ ވެރިކަމެއްގައި އިޒްރޭލު މީހުންނަށް ހުއްދަ ދޭނެ
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
ބިލު ބަދަލުކުރީ މަގްސަދު ހާސިލްނުވާ ގޮތަށް: މީކާއިލް
އިޒްރޭލު ޕާސްޕޯޓުގައި އެތެރެނުވެވޭ ގޮތަށް ފާސްކޮށްފި
މަޓާޓޯގެ ތާއީދު އޮތީ އިޒްރޭލް ވެރިން އައުން މަނާކުރަން
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ފަލަސްތީނުގެ ބަސް ހޯދަނީ
އިޒްރޭލް ޕާސްޕޯޓު މަނާކުރުން: އިދާރާތައް ހާޒިރުކުރަނީ
އިޒްރޭލު ޕާސްޕޯޓް ބިލުގެ މަސައްކަތް ކުރިއަށް ދާނެ