04 ފެބުރުއަރީ 2021
މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ދޫކުރާ ލޯނަށް އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މަތީ ތައުލީމު ހާސިލްކުރަން ސަރުކާރުން ދޫކުރާ ލޯނަށް އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމުގެ ގޮތުން ދެއްވި ރިޔާސީ ބަޔާނުގައި އެ މަނިކުފާނު ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ ފަލްސަފާއަކީ ގައުމު ކުރިއެރުވުމަށް ތަރައްގީގެ ވިސްނުން ހުރި ޒުވާން ތައުލީމީ ޖީލެއް ބިނާކުރުމެވެ. އެހެންވެ، މަތީ ތައުލީމުގެ ލޯނަށް މި ބުރު ހުޅުވާލާ އަދަދު ވެސް ވަނީ 770 އަށް އިތުރުކޮށްފަ އެވެ.
މަތީ ތައުލީމް ހާސިލްކުރަން މިދިޔަ އަހަރު ހުޅުވާލާފައިވަނީ ލޯނުގެ 550 ފުރުސަތެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި މި ފަހަރު އިތުރުކޮށްފައިވަނީ ވަޒީފާގެ ބާޒާރަށް މީހުން ބިނާކުރަން ބޭނުންވާ ދާއިރާތަކުން ތައުލީމާއި ތަމްރީނު ދިނުމަށް އިސްކަންދީގެން ހުޅުވާލާ ފުރުސަތުތަކެވެ. އަދި ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމާއި މަތީ ތައުލީމަށް ހުޅުވާލާ ލޯނުގެ ފުރުސަތުތަކަކީ އެފަދަ ޒުވާން ޖީލެއް އުފެއްދުމަށް ކުރާ ވަރަށް އަގުހުރި އިންވެސްޓްމަންޓެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 9،430 ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ފަހިކޮށްދީފައި ވެ އެވެ.
"ކޮވިޑްގެ ސަބަބުން އިގުތިސޯދު އެންމެ ބޮޑަށް ހީނަރުވެގެން ދިޔަ ވަގުތު ވެސް މަތީ ތައުލީމުގެ ސްކޮލަޝިޕްތަކާއި މަތީ ތައުލީމާއި ތަމްރީނުގެ ލޯނުތައް މެދުކަނޑާނުލައި ކުރިއަށް ގެންދިޔައީ އެ ސަބަބަށްޓަކައި. ފުރަބަންދުގެ ހާލަތުގައި ސްކޫލު މަދަރުސާތަކުގެ ކިޔެވުން މުޅިން ހުއްޓާނުލައި އޮންލައިންކޮށް ކުރިއަށް ގެންދަން ނިންމީ، ދަރިވަރުންނަށް ކިޔަވައިދިނުމަކީ ގައުމު ކުރިއެރުވުމުގެ ބިންގާކަމަށް ވާތީ،" ރައީސް ވިދާޅުވި އެވެ.
ލޯނުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި ކުދިންނަށް ހާއްސަ ކެޓަގަރީއެއް ހިމަނާފައި ވެ އެވެ. އެއީ ޒުވާނުން ބިނާކުރުމާއި ގައުމު އާރާސްތުކުރުމުގައި ބައިވެރިވުމުގައި ހަމަހަމަ ފުރުސަތު ފަހިކޮށްދިނުމަށް ނިންމި ނިންމުމެއް ކަމަށް ވިދާޅުވި އެވެ.
ސްޓޫޑެންޓް ލޯނުތައް މި އަހަރުގެ ނިޔަލަށް ފަސްކޮށްދީފި
ސްޓޫޑެންޓް ލޯނު ދެއްކުން ހަ މަހަށް ފަސްކޮށްފި
ދަރިވަރުންގެ ލޯނުގެ ބެކްލޮގް ހުސްކޮށްފިން: މިނިސްޓަރު
ޖަވާބު ދިނުން ލަސްވީ ދަރިވަރުން ގިނަވުމުން: މިނިސްޓަރު
ޝަރުތު ހަމަވި 1015 ދަރިވަރުންނަށް ސްޓޫޑެންޓް ލޯނު
މަތީތައުލީމް ލޯނުގެ 50 ޕަސެންޓް ޓެކްނިކަލް ދާއިރާއަށް
ސްޓޫޑެންޓް ލޯނަށް އެދޭ މުއްދަތު އިތުރު ކޮށްފި
ލޯނު ލަސްވަނީ އެއްފަހަރާ ގިނަ ފޯމުތަކެއް ހުށަހެޅުމުން
ކިޔެވުން މެދުކަނޑާލި 120 ދަރިވަރަކަށް ފުރުސަތު ދެނީ
ސްޓޫޑަންޓް ލޯންގެ ތަކުލީފް ކުޑަކޮށްދިނުމުގެ އިޝާރާތެއް