08 ނޮވެމްބަރ 2016
އިސްލާމިކް ކެޕިޓަލް މާކެޓު އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މޯލްޑިވްސް ސެންޓާ ފޯ ފައިނޭންސް (އެމްސީއައިއެފް) އާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނި (އެމްއެމްޑީސީ)، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
އިސްލާމިކް ކެޕިޓަލް މާކެޓު އުފެއްދުންތެރިކަން އިތުރުކުރުމަށްޓަކައި މޯލްޑިވްސް ސެންޓާ ފޯ ފައިނޭންސް (އެމްސީއައިއެފް) އާއި މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ ކުންފުނި (އެމްއެމްޑީސީ)، އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
މި އެއްބަސްވުމުގައި އެމްސީއައިއެފްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ އަދި އެމްއެމްޑީސީގެ ސީއީއޯ ހަސަން މަނިކު ވަނީ ސޮއިކުރައްވައިފަ އެވެ.
ރާއްޖޭގެ އިސްލާމިކް ކެޕިޓަލް މާކެޓް ތަރައްގީކޮށް ފުޅާކުރުމުގެ އިތުރުން އެކުލަވާލަންޖެހޭ މާލީ ވަސީލަތްތަކާއި ޕްރޮޑަކްޓުތައް އެކުލަވާލުމާއި، ކުންފުނިތަކަށާއި ތަފާތު މަޝްރޫއުތަކަށް ބޭނުންވާ ފަންޑު، އިސްލާމިކް ކެޕިޓަލް މާކެޓްގެ ތެރެއިން ހޯދޭނެ މަގުތަނަވަސް ކޮށްދިނުން މި އެއްބަސްވުމުގެ ތެރޭގައި ހިމެނެ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހުު ނޫސްވެރިންނާ ވާހަކަދައްކަވަމުން ހަސަން މަނިކު ވިދާޅުވީ އިސްލާމިކް ޕްރޮޑަކްޓުތައް ނެރުމަށް ކުންފުނިތަކަށް ދަތިތަކެއް ދިމާވާ ކަމަށެވެ. އެހެންކަމުން މިއަދު ސޮއިކުރި އެއްބަސްވުމުގެ ސަބަބުން، ޝަރީއާ ހުއްދަކުރާ އުފެއްދުންތައް މާކެޓަށް ނެރުމަށް ދެ ކުންފުނި ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އެމްއެމްޑީސީއަކީ ކެޕިޓަލް މާކެޓް މެދުވެރިކޮށް ފަންޑު ހޯދަން ބޭނުންވާ ކުންފުނިތައް، މާކެޓާ ހަމައަށް ގެނެސްދިނުމަށް ވާންޖެހޭ ތައްޔާރީތައް ވުމުގައި، ވިޔަފާރި އުސޫލުން މިހާރު ވެސް ހިދުމަތްތައް ފޯރުކޮށްދެމުުން އަންނަ ކުންފުންޏެކެވެ. އެއީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ 90 ޕަސެންޓް އަދި އެސްޓީއޯގެ 10 ޕަސެންޓު ހިއްސާ އޮންނަ ކުންފުންޏެވެ.
"އިސްލާމިކް ފައިނޭންސްގެ މަރުކަޒަކަށް ރާއްޖެ ހެދޭނެ"
އިސްލާމިކް ފައިނޭންސް ފޯރަމް ފުރަތަމަ ފަހަރަށް ރާއްޖޭގައި
އިސްލާމިކް ފައިނޭންސިން އިންސްޓިޓިއުޓް ގާއިމުކޮށްފި
އިސްލާމިކް ފައިނޭންސް ދާއިރާގައި އަންހެނުން ކުރިއަރުވަނީ
އިސްލާމިކް ފައިނޭންސުން ޕީއެޗްޑީ ކޯސް ރާއްޖޭގައި ފަށަނީ
އިސްލާމިކް ފައިނޭންސް ސެންޓަރު ހަރުދަނާކުރަނީ
ޑިޖިޓަލް ޓްރާންސްފޮމޭޝަން އެވޯޑް އެމްއައިބީއަށް
ގްލޯބަލް އިސްލާމިކް ފައިނޭންސްގެ އެވޯޑެއް އެލިއާއަށް
ބީއެމްއެލްގެ ހައުސިން ފައިނޭންސިންގެ މައުލޫމާތު ދެނީ
އައިޔޫއެމް އިން 60 މިލިއަން ރުފިޔާގެ ސުކޫކު ވިއްކަނީ