26 ނޮވެމްބަރ 2016
މެލޭޝިއާގެ ޔުނިވާސިޓީ އޮފް ސައިންސް، އިސްލާމް މެލޭޝިއާ(ޔުސިމް) އިން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖޭގައި ޕީއެޗްޑީ ކޯސްތަކެއް ފަށަން ނިންމައި، މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޑެޓް(އެމްސީއައިއެފްއެލް) އާ އެކު އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މެލޭޝިއާގެ ޔުނިވާސިޓީ އޮފް ސައިންސް، އިސްލާމް މެލޭޝިއާ(ޔުސިމް) އިން އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ރާއްޖޭގައި ޕީއެޗްޑީ ކޯސްތަކެއް ފަށަން ނިންމައި، މޯލްޑިވްސް ސެންޓަ ފޯ އިސްލާމިކް ފައިނޭންސް ލިމިޑެޓް(އެމްސީއައިއެފްއެލް) އާ އެކު އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޔުސިމްގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރީ އެތަނުގެ ވައިސް ޗާންސެލަރު ޕްރޮފެސާ ދާތޯ މޫސާ އަހުމަދެވެ. އެމްސީއައިއެފްއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ދީދީ އެވެ.
އެ އެއްބަސްވުމުގެ ދަށުން ފަށާ ޕީއެޗްޑީ ކޯސްތައް އަންނަ ޖެނުއަރީ މަހު ފަށާނެ ކަމަށާއި އެ ކޯހުގެ ފުރަތަމަ ބުރުގައި ފަސް މީހަކު އެ ކޯހުގައި ބައިވެރިވާނެ ކަމަށް އެމްސީއައިއެފްއެލުން ބުންޏެވެ.
އެ އެއްބަސްވުމުގެ ދަށުން ޔުސިމް އިން ރާއްޖޭގައި ޕީއެޗްޑީ އަދި މާސްޓާސް ފެންވަރުގެ ކޯސްތައް ހިންގާނެ އެވެ. އެމްސީއައިއެފްއެލްގެ ދައުރަކީ އެ ކޯސްތައް ރާއްޖޭގައި ހިންގުމުގަށް އެ ޔުނިވާސިޓީއަށް އެހީތެރިކަން ފޯރުކޮށް ދިނުމެވެ. އޭރުން އެމްސީއައިއެފްއެލް އިން ހިންގާ ކޯސްތަކަށާއި އެކި ދިރާސާތަކަށް ޔުސިމްގެ ފަންނީ އެހީތެރިކަން ލިބޭނެ ކަމަށް އެމްސީއައިއެފްއެލް އިން ބުންޏެވެ.
ރާއްޖޭގައި މިހާރު ޕީއެޗްޑީ ހެދެނީ ގާނޫނީ ދާއިރާއިންނާއި ތައުލީމީ ދާއިރާއިންނެވެ.
ޕީއެޗްޑީން ފަހުރުވެރި އާއިލާ؛ މިއީ ފާއިޒާގެ ހުވަފެން
ޓޭލާސް ޔުނިވާސިޓީގެ ކޯސްތަކެއް ވިލާ ކޮލެޖަށް
އެންމެ ވިސްނުން ތޫނު ލިސްޓަށް ތިން އަހަރުގެ ކުއްޖެއް
ވިސާމް، ލިމްކޮކްވިންގެ ރައީސްއާ ބައްދަލުކުރައްވައިފި
އަގުހެޔޮކޮށް މެޑިިސިން ކިޔަވައިދޭން އެއްބަސްވެއްޖެ
އެމްއެންޔޫން ސިއްހީ ދާއިރާގެ ޕީއެޗްޑީ ފަށަނީ
އެމްއައި ކޮލެޖުގައި މެލޭޝިޔާގެ ކޯސްތަކެއް ފަށަނީ
ޑރ.އައިޝާ، ތައުލީމީ ދާއިރާއަށް ޚާއްސަ ފޮތެއް ނެރެފި
މެލޭޝިޔާ ސަރުކާރުން ދޭ 250 ސްކޮލަޝިޕަށް ހުޅުވާލައިފި
ރައީސްގެ ސިޔާސަތަށް ޒުވާނުން ފަހުރުވެރިވާންޖެހޭ: ޝަހީމް