01 ފެބުރުއަރީ 2021
ރާއްޖެ އިން ކޮވިޑް-19ގެ ވެކްސިން އެންމެ ފުރަތަމަ ޖަހަން ފުރުސަތު ލިބުމަކީ ޑރ. ޝިރާނީ އަބްދުއްރަހްމާން ގަބޫލުކުރައްވާ ގޮތުގައި "ވަރަށް ބޮޑު ނަސީބެކެ"ވެ. އޭނާ އަށް މުހިއްމުވީ، މި ބަލިން އަރައިގަތުމުގައި ހަމައެކަނި އޮތް ގޮތަކީ ވެކްސިންކަން އެންމެންނަށް ޔަގީންކޮށް ދެއްވުމެވެ.
ރާއްޖެ އިން ކޮވިޑް-19ގެ ވެކްސިން އެންމެ ފުރަތަމަ ޖަހަން ފުރުސަތު ލިބުމަކީ ޑރ. ޝިރާނީ އަބްދުއްރަހްމާން ގަބޫލުކުރައްވާ ގޮތުގައި "ވަރަށް ބޮޑު ނަސީބެކެ"ވެ. އޭނާ އަށް މުހިއްމުވީ، މި ބަލިން އަރައިގަތުމުގައި ހަމައެކަނި އޮތް ގޮތަކީ ވެކްސިންކަން އެންމެންނަށް ޔަގީންކޮށް ދެއްވުމެވެ.
ޝިރާނީ 30، ވިދާޅުވީ ވެކްސިނުގެ ކަށިން ވީ ތަދު ފިޔަވައި އެހެން އެއްވެސް އުނދަގުލެއް ނުވާ ކަމަށެވެ. އެ ތަދަށް ވުރެން ލިބިވަޑައިގަތް އުފަލާއި ހިތްހަމަޖެހުން ބޮޑު ކަމަށް ވިދާޅުވި އެވެ.
ޝިރާނީ: ވެކްސިން ޖަހައިގެން އެއްވެސް ބިރެއް ނެތް ކަމަށް ވިދާޅުވެ އެންމެން ވެސް ވެކްސިން ޖަހަން އެއްބާރުލުން ދެއްވަން އެދިވަޑައިގަތް. --ފޮޓޯ: އަހްމަދު އަވްޝަން އިލްޔާސް/މިހާރު
އޭނާ ސިފަކުރެއްވި ގޮތުގައި ވެކްސިން ޖަހައިގެން ކުރެއްވުނީ ރައްކާތެރި ކަމުގެ އިހްސާސެކެވެ.
"ވެކްސިނަށް ފަހު އަޅުގަނޑު މިހާރު އެނބުރި މަސައްކަތުގައި މި އުޅެނީ. ހަމަ އާދައިގެ ދުވަހެއް،" ވެކްސިން ޖެހިތާ ތިން ގަޑިއެއްހާ އިރު ފަހުން "މިހާރު" އަށް ވިދާޅުވި އެވެ.
މުޅި ރާއްޖެ އަށް މިއަދު ފެށި ވެކްސިން ޕްރޮގްރާމްް ތަރުތީބުކޮށްފައި އޮތީ އެންމެ ފުރަތަމަ ސިއްހީ ޚިދުމަތްތެރިންނަށް ވެކްސިން ޖަހާށެވެ. އޭގެތެރެއިން އެންމެ ފުރަތަމަ ވެކްސިން ޖަހަން ލިބުނު ފުރުސަތު ދޫކޮށްލައްވަން ބޭނުން ނުވުމާ ގުޅިފައި ވަނީ ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތުން އެތައް ބައެއްގެ ދިރިއުޅުމަށް އައި ބަދަލެވެ. މީގެ އިތުރުން ވެކްސިން ޖަހައިގެން ބިރެއް ނެތް ކަން ސިއްހީ ޚިދުމަތްތެރިން ވިދާޅުވަމުން ގެންދިއުމާ އެކު އަމަލުން ދައްކަވަން ވެސް ބޭނުންވީ ކަމަށް ޝިރާނީ ވިދާޅުވި އެވެ.
Dr Shiraany Abdul Raheem, the first in Maldives to receive the COVID-19 vaccine, speaks about the inoculation drive that began today and urged everyone to get vaccinated.
— Mihaaru (@Mihaarunews) February 1, 2021
Follow our coverage: https://t.co/B7blPbACHi pic.twitter.com/dhmpdD41rB
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑު ވައިރަހުގެ ތެރޭގައި ކޮންމެ ދުވަހަކީ ވެސް ހިތްދަތި، އިހްސާސެކެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މަސައްކަތްކުރައްވާ ޝިރާނީ އަކީ ކޮވިޑުގައި އެންމެ ހާލު ބޮޑުވާ މީހުންނާއި އެޑްމިޓްކޮށް ފަރުވާ ދޭ ބަލި މީހުން އުފުލާ ތަކުލީފާއި ސިއްހީ ޚިދުމަތްތެރިން ވަރުބަލި ކަމެއް ނެތި ކުރި ހިތްވަރު އެންމެ ގާތުން ފެނިވަޑައިގަންނަވާ އެކަކެވެ. އާއިލާތަކާ ބައްދަލު ނުވެ ވަކިން އެކަހެރިވެ ތިބުމަކީ އެެހެން މީހުންނަށް އަދި އޭނާ އަށް ވެސް ފަސޭހަ ކަމެއް ނޫން ކަމަށް ޝިރާނީ ވިދާޅުވި އެވެ.
ސޯޝަލް ސެންޓަރުގައި، ކޮވިޑް ވެކްސިން ޖަހަން ނަރުހުން ތައްޔާރުވަނީ. --ފޮޓޯ: އަހްމަދު އަވްޝަން/އިލްޔާސް
"މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެން ޑިސެމްބަރާ ހަމައަށް އާއިލާގެ އެއްވެސް މީހަކު ނުފެނޭ، ދިމައެއް ނުވޭ. އެއީ ވަރަށް އުނދަގޫ ވި ކަމެއް. ހަމަ މިގޮތަށް ވަރަށް ބައިވަރު މީހުން ތިބި ކޮވިޑާ ހެދި އާއިލާއާ އާއި ރައްޓެހިންނާ ދިމާ ނުވެ. އެހެންވީމާ ނޯމަލް ލައިފަކަށް ދެވެން އޮތް ގޮތަކީ ވެކްސިން ޖަހައިގެން ބަލިން ރައްކާތެރިވެވިގެން،" ޑރ. ޝިރާނީ ވިދާޅުވި އެވެ.
އައިޖީއެމްއެޗާ 2017 ގައި ގުޅިވަޑައިގަތް ޑރ. ޝިރާނީ ޕްލޭން ކުރައްވާފައި އޮތީ މިދިޔަ އަހަރު އެޕްރީލް މަހުގެ ތެރޭގައި، އިތުރަށް ކިޔަވަން މެލޭޝިއާ އަށް ފުރާވަޑައިގަތުމަށެވެ. ހަލުވިކަމާ އެކު ގައުމުތަކުގައި ފެތުރެން ފެށި ވައިރަހާ ހެދި މެލޭޝިއާ ލޮކްޑައުންކުރީ ފުރަން ތިން ދުވަހަށް ވެފައި ވަނިކޮށް ކަމަށް ވިދާޅުވި އެވެ.
ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ތިއްބައި ވައިރަސް ރާއްޖެ ވަށާލުމާ އެކު ޝިރާނީ އަށް ޖެހިވަޑައިގަތީ ކިޔެވުން ފަސްކުރައްވައި ރާއްޖޭގައި މަޑުކުރައްވާށެވެ. އޭނާ އެންމެ ފުރަތަމަ އުޅުއްވީ ބަނޑޮހަށް ގެންދާ ބަލި މީހުންނަށް ފަރުވާ ދެއްވުމުގަ އެވެ. ބަލިޖެހޭ މީހުންގެ އަދަދު ގިނަވެ ހުޅުމާލެ މެޑިކަލް ފެސިލިޓީ ހެދުމުން ދެން ޖެހިވަޑައިގަތީ އެތަނަށް ބަދަލުވެވަޑައިގަންނަވާށެވެ.
ޑރ. ޝިރާނީ އައިޖީއެމްއެޗުގެ ނަރުހުންތަކަކާއެކު ފޮޓޯއަކަށް ހުއްޓިގެން
ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދުވެފައި އޮތުމަށް ފަހު އަނެއްކާ އިތުރުވާތީ ޝިރާނީ ކަންބޮޑުވެވަޑައިގަންނަވަ އެވެ. ސިއްހީ ޚިދުމަތްތެރިން ވަރުބަލިވެފައި ތިބި ވަރު އޭނާ އަށް އިހްސާސް ކުރެއްވޭތީ އެވެ.
މި ހާލަތުގައި ރައްކާތެރި ކަމުގެ އެހެން ފިޔަވަޅުތަކަށް ސަމާލުކަން ދިނުމާ އެކު އެންމެން ވެސް ވެކްސިން ޖެހުމަށް އޭނާ އެދިވަޑައިގަތެވެ.ރާއްޖެއާ ހަމައަށް ވެސް ވެކްސިން މި ލިބުނީ ރައްކާތެރިކަމުގެ ވަރަށް ގިނަ މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހުގައި ކަން ފާހަގަކުރައްވައި ވިދާޅުވީ ވެކްސިން ޖެހުމުގައި އެއްވެސް ބިރެއް ނެތް ކަމަށެވެ.
"މި ބަލީގައި ގެއްލިގެންދާ މީހުންގެ އަދަދު މަދުކުރެވޭނީ، އެނބުރި ނޯމަލް ލައިފަށް ދެވޭނީ ވެކްސިން ޖަހައި އަދަދު މަދުކޮށްގެން،" ޝިރާނީ ވިދާޅުވި އެވެ.
ޑރ. ޝިރާނީ ޕީޕީއީއާއެކު މަސައްކަތައް ތައްޔާރުވެހުރެ ފޮޓޯއަކަށް ހުއްޓިގެން
ވެކްސިންގެ ދެ ވަނަ ޑޯޒަށް ވެސް ޝިރާނީ ތައްޔާރެވެ. އޭނާގެ އުއްމީދަކީ ވެކްސިނާ އެކު ބަލި ޖެހޭ ނިސްބަތް މަދުވެ ވީހާވެސް އަވަހަކަށް ރާއްޖެ އަށް މި ބަލިން އަރައިގަނެވުމެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީން ނުކުމެވަޑައިގެން ކިޔެވުން ފުރިހަމަކުރައްވަން މެލޭޝިއާ އަށް ވަޑައިގެންނެވޭނީ އޭރުންނެވެ. އޭނާ އިންތިޒާރުކުރައްވާ އާއްމު ހާލަތަކީ އެ އެވެ.
ޚިދުމަތް ދިނުމުގައި، ވެކްސިން ޖެހި މީހުންނަށް ލުއިދެނީ
ރައީސްގެ އުއްމީދަކީ ހަ މަސްތެރޭ ކޮވިޑުން އަރައިގަތުން
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
ޕޮޒިޓިވް ފެސިލިޓީއަށް ބަލި ނޫން ދެ ކުއްޖަކު ގެންގޮސްފި
އަތޮޅުތަކުގައި އެކަށީގެންވާ ފަރުވާނުދެވޭތީ ކަންބޮޑުވުން!
ބަލި ފެތުރުނީ ތައްޔާރު ނުވެ ތިބީމައެއް ނޫން
އިތުރު ނުވަ މީހަކު ޕޮޒިޓިވްވެއްޖެ
ނުތަކާ ވަރަށް ފަރުވާދޭން ޖެހިދާނެތީ ބިރުއެބައޮތް: މޫސަ
ތައްޔާރުވާން މަޑުކުރި ނަމަ ރާއްޖެ ވެސް އަތުނުވީސް!
ޗައިނާ މީހާ އަށް ފަރުވާ ދެނީ ޝައްކުވާތީއެއް ނޫން