31 ޖެނުއަރީ 2021
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މާދަމާ ޖަހަން ފަށާ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖޭގައި މާދަމާ ޖަހަން ފަށާ ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އެދިވަޑައިގެންފި އެވެ.
އެ މަނިކުފާނު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ވެކްސިން ޖެހުމުގެ މަސައްކަތް ފެށޭއިރު މާތްﷲގެ ހަޟްރަތަށް ހަމްދާއި ޝުކުރާއެކު އުފާވެރި ދިރިއުޅުމަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ރާއްޖޭގައި މާދަމާ ޖަހަން ފަށަނީ އޮކްސްފޯޑް-އެސްޓްރަޒެނެކާގެ ކޮވިޑް-19 ވެކްސިން، "ކޮވިޝީލްޑް" އެވެ. އެ ވެކްސިނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ވަނީ ހުއްދަ ދީފަ އެވެ.
މާދަމާއަކީ ރާއްޖޭގައި ކޯވިޑް 19 އަށް ވެކްސިން ދޭން ފަށާ ދުވަސް. މާތް اللهُ ގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރުމާއެކު އަޅުގަނޑުގެ ދުޢާއަކީ މި ވެކްސިނާއެކު އުފާވެރި ދިރިއުޅުމަކަށް އެނބުރި ދިއުމުގެ ހެޔޮ ތައުފީޤު އަޅުގަނޑުމެންނަށް މިންވަރު ކޮށްދެއްވުން. އާމީން.
— Ibrahim Mohamed Solih (@ibusolih) January 31, 2021
އެ ވެކްސިނަކީ އޮކްސްފޯޑް ޔުނިވަސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން ތައްޔާރުކޮށްފައިވާ ވެކްސިންގެ ފޯމިއުލާއާ އެއްގޮތަށް، ދުނިޔޭގައި އެންމެ ގިނައިން ވެކްސިން އުފައްދާ ކުންފުނި، ސީރަމް އިންސްޓިޓިއުޓުން އުފައްދާ ވެކްސިނެވެ.
ވެކްސިން ދިނުމުގައި އިސްކަންދޭނެ ތަރުތީބެއް އެޗްޕީއޭ އިން ވަނީ ކަނޑައަޅައިފަ އެވެ. ފުރަތަމަ ވެކްސިން ދޭނީ ސިއްހީ ދާއިރާގައި އުޅޭ މީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުންނަށެވެ. ރާއްޖޭގައި މިހާރު ހުރީ 50،000 މީހުންނަށް ޖަހާ ވަރަށް "ކޮވިޝީލްޑް"ގެ 100،000 ޑޯޒެވެ.
ލުއި ނުދެވެނީ ވެކްސިން ފުރިހަމަ ނުވާތީ: ނަސީމް
ކަރަންޓީންނުވެ ރަށްރަށަށް ދަތުރުކުރެވޭ ގޮތް ހަމަޖެހޭނެ
ރައީސް ޖެއްސެވީ ކޮވިޝީލްޑް ވެކްސިން، ފައިޒާއެއް ނޫން
ރައީސްގެ އުއްމީދަކީ ހަ މަސްތެރޭ ކޮވިޑުން އަރައިގަތުން
5 އަހަރުން މަތީގެ ކުދިންނަށް ކޮވިޑް ވެކްސިން ފަށައިފި
ކޮވިޑް ވެކްސިންގެ ހަތަރުވަނަ ޑޯޒު ދޭން ފަށަނީ
އީދު ބަންދަށް ވެކްސިން ސެންޓަރުތައް ބަންދުވާނެ
ދުވަސްވީ މީހުންނަށް ކޮވިޑުގެ ހަތަރު ވަނަ ޑޯޒު ދެނީ
ގޭގެއަށް ގޮސް ކޮވިޑް ވެކްސިން ޖަހައިދޭން ފަށައިފި
ކޮވިޑް ބޫސްޓާ ޑޯޒް ޖެހުން މަޖުބޫރު